ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންޓްރެކްޓު އާ ނުކުރުމަކީ ކުންފުންޏަށް ލިބިގެންވާ އިހުތިޔާރެއް: މުއާޒް

ޝެއާރކޮށްލާ ކަހަލަދޯ؟

ދެފަރާތުން އެއްބަސްވެގެން ވަކި މުއްދަތަކަށް ހަދާފައިވާ ކޮންޓްރެކްޓެއް އާ ނުކުރުމަކީ އެ ކުންފުންޏަކަށް ލިބިގެންވާ ހައްގެއްކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ” ހަބަރަށްފަހު ޕޮރޮގްރާމް” ގައި ހއ. ދިއްދޫގައި ގިނަ މުވައްޒަފުންތަކެއްގެ ކޮންޓްރެކްޓު އާ ނުކޮށް ވަޒީފާއިން ވަކިކޮށްފައިވާ މައްސަލައާއި ގުޅިގެން މުއާޒް ވިދާޅުވީ ގިނަ މުވައްޒަފުންތަކެއް ކޮންޓްރެކްޓު އާނުކޮށްވަނީ މިހާރު ކުރިއަށްދާ ޕްރޮޖެކްޓު ހުއްޓިފައި އޮތުމުންކަމަށެވެ. އެއްވެސް މުވައްޒަފެއްގެ ކޮންޓްރެކްޓު އުވާލާފައި ނުވާނެ ކަމަށާއި ހަމައެކަނި އެ ކޮންޓްރެކްޓެއް ހަމަ ވުމުން އެ ކޮންޓްރެކްޓު އާ ނުކުރެއްވީ ކަމަށް މުއާޒް ވަނީ ވިދާޅުވެފައެވެ.

ކޮންތްރެކްޓު އާކުރުމަކީ ކޮންޓްރެކްޓު ދިން ފަރާތުގެ ނިންމުމެއް ކަމަށާއި ކޮންޓްރެކްޓު ނިމުމުން އެ މުވައްޒަފަކަށް ނޯޓިސްވެސް ފޮނުވަން ނުޖެހޭނެ ކަމަށް މުއާޒް ވިދާޅުވިއެވެ. މުއާޒް ވިދާޅުވީ މިހާރު ތިބި ހުރިހާ މުވައްޒަފުންގެ ކޮންޓްރެކްޓު އާކުރަން ބޭނުންވާ ކަމަށާއި ނަމަވެސް ފެނަކައިގެ މާލީ ހާލަތަށް ބަލާއިރު އެކަން ކުރުމަށް ދަތިކަމަށް އެމްޑީ ފާހަގަކުރެއްވިއެވެ.

މިހާރު ކުރިއަށް ގެންގޮސްފައިވާ ގިނަ ޕްރޮޖެކްޓު ތަކަކީ ކުންފުންޏަށް ގެއްލުން ވާގޮތަށް ކުރިއަށް ގެންގޮސްފައިވާ ޕްރޮޖެކްޓުތަކެއްކަން މުއާޒް ވަނީ ފާހަގަކުރައްވާފައެވެ. ހއ. ދިއްދޫގެ ޕްރޮޖެކްޓު ތަކަށް ބެލި ނަމަވެސް 50 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި އަދި އެ ޕްރޮޖެކްޓުގެ ނިމިފައިވަނީ 69 އިންސައްތަކަމަށް މުއާޒް ފާހަގަކުރެއްވިއެވެ.

އެހެންކަމުން ދެން މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ވެސް އެންމެ އެފީޝިއެންޓު ގޮތެއް އެކަމުގައި ވޭތޯ ބަލައި އެގޮތަކަށް ކުރިއަށް ދާނެކަމަށް މުއާޒް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: