ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީފާއިން ވަކިކުރާކަމުގެ މައްސަލައެއް: އަނދުން ވިދާޅުވީ ދިވެހީންގެ ރާއްޖެ، “އަދުރޭގެ ރާއްޖެ” އަށް ވެއްޖެކަމަށް!

ހެންވޭރު ދެކުުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން).
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރައްޔިތުންގެ ހައްގުގައި ވެރިކަން ކޮށްދެވުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވަޑައިގެން ނަމަވެސް މިހާރު ވެރިކަން ކުރަންވަނީ ސަރުކާރުގެ އިސް ބޭފުޅުންގެ މަންފާއަށްކަމަށް ހެންވޭރު ދެކުުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) މިއަދު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަރަންޓާއި، އައިސްޕްލާންޓާއި، ނަރުދަމާއާއި، ފެނާއި އަދި އިތުރު ބައެއް އެހެން ހިދުމަތްތައްވެސް ދެމުން ގެންދާ ފެނަކައިގެ މުވައްޒަފުނ،ް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އެންގެވުމަށް ވަޒީފާއިން ވަކިކޮށް ޖައްސަމުންދާ ތުހުމަތުކޮށް އެކަން ކުށްވެރިކޮށް މިއަދު މަޖިލީހަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ ވަނީ ކުއްލި މައްސަލަ ހުށައަޅުއްވާފައެވެ.

މި މައްސަލައިގައި ބުނެފައިވަނީ މި ސަރުކާރުން ރާއްޖޭގެ އަތޮޅުތަކުގެ ރަށްތަކުގައި ފެނަކައިގައި މަސައްކަތް ކުރަމުންދާ މުވައްޒަފުން ވަކިކުރަމުން ދަނީ އަނިޔާވެރިކަމާއި ބޭ އިންސާފުންކަމަށެވެ. އަދި އެއީ ބަދަލު ހިފުމުގެ ރޫހުގައި ކުރާ ކަމެއްގެ ގޮތުގައި ފާހަގަކުރައްވާފައިވެއެވެ. މިކަން ހުއްޓާލުމަށް މި މައްސަލައިގައި އެދިފައިވެއެވެ.

33 މެންބަރުންގެ ވޯޓާއިއެކު މި މައްސަލަ މަޖީހަށް ބަލައިގަނެ ބަހުސްގެ މަރުހަލާގައި ވާހަކަދައްކަވަމުން ހުސައިން ވިދާޅުވީ މި މައްސަލައިގައި މި އޮތް ކަންބޮޑުވުމަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ކަންބޮޑުވުމެއްކަމަށެވެ.

މި ސަރުކާރު އައީ ދިވެހީންގެ ރާއްޖެކަމަށް ބުނެ، މިހާރު މި ރާއްޖެ ބަދަލުވެފައި މިވަނީ އަދުރޭގެ ރާއްޖެއަށް. އަދުރޭގެ އާއިލާއާއި، ވަންހަ ދިދަކޮޅު ފޯރި އެންމެންނަށް މަގާމުތައް ދޭން ޖެހިގެން މި ޖެހުނީ އަޅުގަނޑުމެންގެ އަތޮޅު ތެރޭގައި މަސައްކަތް ކުރައްވާ ލޮބުވެތި ރައްޔިތުންގެ ވަޒީފާ ގެއްލެން. އިއްޒަތްތެރި ރައީސް މިކަމެއް ބަލައެއް ނުގަނެވޭނެ.

ހުސައިން ވިދާޅުވިއެވެ.

މި ސަރުކާރު ވެރިކަމަށް އައީ ދިވެހިންނަށް ހިދުމަތް ކޮށްދިނުމަށް ނަމަވެސް، މިހާރު ސަރުކާރުގެ މިސްރާބު ހުރީ ބޮޑުންނަށް އަމިއްލަ މަންފާ ހޯދައިދިނުމަށްކަމަށް ދޭޙަކޮށް ހުސައިން ވަނީ ރައީސުލްޖުމްހުރިއްޔާގެ ހާއްސަ އެޑްވައިޒަރ އަބްދުލްރަހީމް އަބްދުﷲ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުފައެވެ. އެގޮތުން އާއިލާ މީހުންނަށް މަގާމުތައް ދިނުމަށްޓަކައި އާންމު ރައްޔިތުން ވަޒީފާއިން ވަކިކުރަމުންދާކަމަށް ވިދާޅުވިއެވެ. އަދި މިކަން ކުށްވެރި ކުރެއްވިއެވެ.

ބޭރުގެ ގައުމުތަކުގެ މީހުން ކެމިނެޓަށް ލާފައި ދިވެހި ރައްޔިތުންނަށް އެހެން ހެދުމުގެ ފުރުސަތު މަޖިލީހުން ނުދޭނެކަމަށް ހުސައިން ވިދާޅުވިއިރު، މި ސަރުކާރުގެ އެއްވެސް ވަޒީރެއްގެ އަތުގައި ބޭރުގެ ޕާސްޕޯޓެއް އޮތްތޯ ބެލުމުގެ މަސައްކަތެއްވެސް ކުރިއެވެ. ނަމަވެސް މިހާރު މިވަގުތު ބޭރުގެ ޕާސްޕޯޓެއް އޮތް އެއްވެސް ވަޒީރަކު ނެތެވެ. ގައުމީ ސަލާމަތީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެހެން ގައުމުތަކުގެ މީހުން އައްޔަނުކޮށްފައި އެބަތިބިކަމަށް ވިދާޅުވެ ހުސައިން ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ހުސައިން ވިދާޅުވީ ކެބިނެޓަށް މަޖިލީހުގެ ރުހުން ބޭނުންވާނަމަ، ރައްޔިތުން މަގާމުތަކުން ވަކިކޮށްގެން ނުވާނެކަމަށެވެ. މިއީ ގައުމަށް ކޮށްދޭކަމެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވިއެވެ. ޕީޕީއެމް/ޕީއެންސީގައި ތިބި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފެކްޝަނުގެ މީހުން މަޖިލީސް ދޮށަށް އައިސް ސަރުކާރުން ހަދާ ގޯސްތަކާއި ދެކޮޅަށް އަޑު އުފުލުމަށް ހުސައިން ގޮވާލިއެވެ. އަދި ރައްޔިތުންނާއިމެދު އަނިޔާވެރިވަނީނަމަ މި ސަރުކާރު ނުދެމެހެއްޓުމަށް އެމްޑީޕިއަށްވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: