ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީއައިއޭ ފުރިހަމަ ނުކުރުމުން 28 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އދ ހުރުއެޅި (ރެޑިސަންސް ބްލޫ މޯލްޑިވްސް) ގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން އދ ހުރުއެޅި ބަނދަރުގެ މަސައްކަތުގެ އީއައިއޭ  ފުރިހަމަ ނުކޮށް ކުރިއަށް ގެންދިއުމުން ހުރުއެޅި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް 28 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކޮށްފިއެވެ.

އީޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުރުއެޅި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް އިން އދ ހުރުއެޅި (ރެޑިސަންސް ބްލޫ މޯލްޑިވްސް) ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ބައެއް މަސައްކަތްތައް އީއައިއޭގެ މަރުހަލާ ނުނިންމާ ކުރިއަށްގެންގޮސްފައިވާ ކަން ފާހަގަކުރެވިފައި ވުމާ ގުޅިގެން މައްސަލަ ބަލާފައިވާ ކަމަށެވެ.

އެ މައްސަލައިގައި ކަންހިނގާފައިވާ ގޮތުގެ ރިޕޯޓެއް ހިއްސާކޮށްދިނުމަށް އެދުމާ ގުޅިގެން ގުޅިގެން 28 ނޮވެމްބަރ 2022 ގައި އެ ފަރާތުން ފޮނުވާފައިވާ އިންސިޑެންޓް ރިޕޯޓުގައި އދ. ހުރުއެޅި ބަނދަރު ތަރައްޤީކުރުމުގެ ތެރޭގައި 1055 އަކަމީޓަރުގެ ގެ ސަރަޙައްދެއްކޮނެ، 1582 ކޮޑިމީޓަރުގެ ވެލި ނަގައި، 60 މީޓަރުގެ ބަނދަރެއް ޤާއިމްކޮށްފައިވާކަމާއި، މި މަސައްކަތުގައި ނެގުނު ވެލިތައް އަލަށް ޤާއިމްކުރެވުނު ބަނދަރާއި އިންވެގެން ބަނދަރުގެ “ކީ ވޯލްގެ” ފަހަތަށް އަޅާފައިވާކަމަށް ބަޔާންކޮށް، އދ. ހުރުއެޅި ބަނދަރުގެ މަސައްކަތްތައް 15 ޖުލައި 2022 ގައި ފަށައި، 30 ސެޕްޓެމްބަރ 2022 ގައި ނިންމާފައިވާކަމަށް އިޢުތިރާފްވެފައިވާ ކަމަށް އީޕީއޭ އިން ބުނެ އެވެ.

އެގޮތުން އދ. ހުރުއެޅި (ރެޑިސަން ބްލޫ މޯލްޑިވްސް) ގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން އދ. ހުރުއެޅި ބަނދަރުގެ މަސައްކަތް އީ.އައި.އޭ މަރުޙަލާ ފުރިހަމަނުކޮށް ކުރިޔަށް ގެންދިޔުމާ ގުޅިގެން ޤާނޫނު ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު ގެ ދަށުން 20,000ރ. އިން ޖޫރިމަނާކޮށް އަދި، ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން 28,469,525.00 ރުފިޔާ ހުރުއެޅި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާ ކުރެވިފައިވާ ކަމަށް އީޕީއޭ އިން ބުނެ އެވެ.

ޖޫރިމަނާގެ ޖުމްލަ ފައިސާގެ ޢަދަދު ކަމުގައިވާ 28,489,525.00ރ. ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ތެރޭގައި ދެއްކުމަށް ވަނީ އަންގާފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ސޮނެވާޖާނީގަވެސް ތިކަހަލަ ކަމެއް އެބަހިނގާ. ނިކަންމައްސަލަ ބަލާފަ ޖުރިމަނާ ކޮށްބަލަ. ނުކުރެވޭނެ. މިސަރުކާރަކު ނުކުރެވޭނެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: