ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލިޓަސްގެ ފަރާތުން އެމްއެންޑީއެފް މެޑިކަލް ކޯއަށް ދެ ސައިކަލު ހަދިޔާކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެންޑީއެފް ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލްގެ ފަސްޓް ރެސްޕޮންޑަރުން ހާދިސާތަކުގައި ހަރަކާތްތެރިވުމަށް، ލިޓަސް އޮޓޯމޯބައިލްގެ ފަރާތުން އެމްއެންޑީއެފް މެޑިކަލް ކޯރއަށް ދެ ސައިކަލު ހަދިޔާކޮށްފިއެވެ.

ސެނަހިޔަ މިޓަރީ ހޮސްޕިޓަލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ލިޓަސް އޮޓޯމޯބައިލްގެ ފަރާތުން މި ދެ ސައިކަލު އެމްއެންޑީއެފާއި ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އޮފް ސޭލްސް އެންޑް މާކެޓިން އަލްފާޟިލް އާޞިފް ރަޝީދެވެ. އެމްއެންޑީއެފްގެ ފަރާތުން މި ސައިކަލާއި ހަވާލުވެެވަޑައިގެންނެވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.

ލިޓަސް އޮޓޯމޯބައިލްގެ ފަރާތުން އެމްއެންޑީއެފް މެޑިކަލް ކޯރއަށް ހަދިޔާކޮށްފައި ވަނީ ”ހައޮޖެވް“ ބްރޭންޑްގެ ދެ ސައިކަލެވެ.

މިރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުއްލަތީފްގެ އިތުރުން ޖެނެރަލް އޮފިސަރުންނާއި އެމްއެންޑީއެފް މެޑިކަލް ކޯރގެ ސާޖަން ޖެނެރަލް ކާނަލް ޑރ.ޢަލީ ޝާހިދު މުޙައްމަދާއި މެޑިކަލް ކޯރގެ އެހެނިހެން އޮފިސަރުން ބައިވެރިވެލެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: