ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްޕީއާރުސީ މައްސަލަ ބަލަން އޭސީސީން ބޭނުންވަނީ 04 މިލިއަންގެ ބަޖެޓެއް!

އެންޓި ކޮރަޕްޝަން ކޮމިޝަނުން ބޭއްވި ޖަލްސާއެއްގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ތާރީހުގައި ވެސް ހިނގައިދިޔަ އެންމެ ބޮޑު ހިޔާނާތުގެ އެއް މައްސަލަ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ވަކިވަކި މައްސަލަތަކުގެ ތަހުގީގު ލަސްވަނީ ބަޖެޓުގެ ދަތިކަމާއި ހުރެކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީއާއި އެކު މިއަދު ކުރިޔަށް ގެންދިޔަ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ ހިޔާނާތުގެ ތަހުގީގު ކުރިޔަށް ގެންދިއުމުގައި އެންމެ ބޮޑަށް ދިމާވަނީ މުވައްޒަފުންގެ ދަތިކަން ކަމަށެވެ. ހިޔާނާތުގެ މައްސަލައެއް ބެލުމުގައި ޖުމްލަކޮށް އަށް މަސް ދުވަސް ހޭދަވާއިރު، ތަހުގީގުގެ ސްޕީޑު އަވަސް ކުރެވޭނީ އެކަށީގެންވާ ބަޖެޓެއް ލިބިގެންކަމަށް ޝިއުނާ ވިދާޅުވި އެވެ.

ސަރުކާރުން އެދޭ ދުވެލީގައި މިވަގުތު ދޫކޮށްފައިވާ ބަޖެޓުން ކުރިޔަށް ނުދެވޭނެކަން ފާހަގަކޮށް، ޝިއުނާ އެދުނީ ކޮމިޝަނަށް އިތުރު ހަތަރު މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސައި ދިނުމަށެވެ.

އެމްއެމްޕީއާރުސީ މައްސަލައިގެ ތަހުގީގު ސްޕީޑު ލަސްކަމަށް އިއުތިރާފުވެ ޝިއުނާ ވިދާޅުވީ، އިތުރު ވަސީލަތްތައް ކޮމިޝަނަށް ފޯރުކޮށްދޭން އެދޭ ސަބަބަކީ ވެސް އެއީ ކަމަށެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވަނީ މިހާތަނަށް އޭސީސީން ހިޔާނާތާއި ގުޅިގެން ކުރިޔަށް ގެންދިޔަ ތަހުގީގުތަކުގެ ތަފްސީލަށް އެދިވަޑައިގެންފަ އެވެ. ސުވާލުގެ ޖަވާބުގައި ޝިއުނާ ވިދާޅުވީ އެމްއެމްޕީއާރުސީ މައްސަލައިގައި 338 މައްސަލައެއް ބަލަން ނިންމާފައިވާ ކަމަށެވެ. އޭގެ ތެރެއިން ނިންމާލެވިފައި ވަނީ އޭނާ ވިދާޅުވި ގޮތުން އެންމެ 38 މައްސަލަ އެވެ. މީގެ ތެރެއިން ޕީޖީގައި އޮތީ 08 މައްސަލަ އެވެ. އެހެން ކަމުން ބާކީ އަދި 223 މައްސަލައެއް އެބައޮތެވެ.

މުސާރައިގެ ބައެއް މައްސަލަތަކެއްގައި ހިޔާނާތުގެ މައްސަލައިގެ ތަހުގީގުގައި ހިމެނޭ ބައެއް އިންވެސްޓިގޭޝަން އޮފިސަރުން އޭސީސީން ވަކިވެފައިވާތީ އެކަން ޝިއުނާ ފާހަގަ ކުރެއްވި އެވެ. އޭގެ ސަބަބުން އާ މުވައްޒަފުން ނަގައި، އެ މީހުންނަށް ޓްރެއިނިން ދީ، ކޭސްގެ ތެރެއަށް ވެއްދުމުގައި ދަތިތަކެއް ހުންނާނެކަމަށް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މީހުންގެ އަދަދު އަދިވެސް އިތުރުވުމަކީ އެކަށީގެންވާ ކަމެއްގެ ގޮތުގައި އޭސީސީން ވަނީ ހާމަކޮށްފަ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތް ފަޅާއެރީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނު ދަތުރުކުރި ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާގައި އޭރުގެ ނައިބް ރައީސް އަހުމަދު އަދީބް އަބްދުލްޣަފޫރުއަށް ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ ވަގުތެއްގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: