ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެންޕީގެ ޖީޕީ ލީޑަރަކަށް ރިޔާޒު، ނައިބަކަށް އުޝާމް

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ނޭޝަނަލް ޕާޓީ އެމްއެންޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރަކަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ހަމަޖައްސަވައިފިއެވެ.

އެމްއެންޕީން ބުނީ އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރަކަށް ރިޔާޒު ހަމަޖެއްސެވިއިރު، ނާއިބު ލީޑަރަކަށް ވިލިމާލެ ދާއިރާގެ މެންބަރ އަޙްމަދު އުޝާމް ހަމަޖައްސަވާފައިވާ ކަމަަށެވެ.

އެމްއެންޕީގެ މެމްބަރުންގެ ގޮތުގައި މަޖިލީހުގައި ތަމްސީލު ކުރައްވަނީ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް، ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އަދި ވިލިމާލެ ދާއިރާ މެންބަރު މުހައްމަދު އުޝާމެވެ.

އިއްޔެގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ، ކަމާ ބެހޭ ލިޔުންތައް މަޖިލީހަށް ފޮނުވާފައިވާތީ ތިން މެންބަރުންނަކީ މޯލްޑިވްސް ނޭޝަނަލް ޕާޓީއަށް ނިސްބަތްވާ ތިން މެންބަރުން ކަމަށް މަޖިލީހުގެ ދަފްތަރުގައި ރަޖިސްޓްރީކޮށް، މޯލްޑިވްސް ނޭޝަނަލް ޕާޓީއަކީ މަޖިލީހުގެ ސިޔާސީ ޕާޓީތަކުގައި ހިމެނޭ ޕާޓީއެއްކަމުގައި އިއުލާންު ކުރާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: