ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިޖީއެމްއެޗްގެ ބިއްދޮށް ފަރާތުގައި ފެން ބޮޑުވާތީ ކައުންސިލުން މައްސަލަ ހައްލުކުރަނީ

އައިޖީއެމްއެޗް ސަރަހައްދުގައި ފެން ބޮޑުވެފައި
ޝެއާރކޮށްލާ ކަހަލަދޯ؟

އައިޖީއެމްއެޗް ބިއްދޮށް ފަރާތުން ބޮޑުތަކުރުފާނު މަގުގައި ފެންބޮޑުވަނީ ކޫޅިންގް ޓަވަރުތަކަކުންބޭރުކުރާ ފެނުގެ ސަބަބުން ކަމަށާއި އެމައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުގެ މައި ހޮސްޕިޓަލްގެ ހުޅަނގު ފަރާތުމް ބޮޑުތަކުރުފާނު މަގު އިންފާރުގައި ހެދިފައި އޮންނަ ފެންގަނޑުގެ ސަބަބުން، އެ ސަރަހައްދުން ހިނގައިބިގާވެ އުޅޭ މީހުންނަށާއި އުޅަނދު ދުއްވާ ފަރާތްތަކަށް އުނދަގޫވާ ކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ.

އައިޖީއެމްއެޗް ސަރަހައްދުގައި ފެން ބޮޑުވެފައި

އެ ކަން ބެލިއިރު، ފެންގަނޑު ހެދެނީ ކޫލިން ޓަވަރުތަކުން ބޭރުކުރާ ފެންތަކެއްގެ ސަބަބުން ކަމަށް  ފާހަގަވެފައިވާއިރު، މިއީ އެ ކައުންސިލަށް އެނގިގެން ހިނގާކަމެއް ނޫންކަމަށް ބަޔާނުގައި ބުންޏެވެ.

މި މައްސަލަ ހައްލުކުރަން އައިޖީއެމްއެޗާއި އެމްޑަބްލިއުއެސްސީން ވެސް މަސައްކަތް ކުރި ނަމަވެސް، އެކަމަށް ހައްލެެއް ލިބިފައި ނުވާ ކަމަށް އައިޖީއެމްއެޗާ ހަވާލާދީ ބަޔާނުގައި ވެ އެވެ.

އައިޖީއެމްއެޗް ސަރަހައްދުގައި ފެން ބޮޑުވެފައި

އެހެންކަމުން އެ ފެންގަނޑު އެތާ ނުހެދޭނެ ގޮތް ހެދުމަށްޓަކައި މާލެ ސިޓީ ކައުންސިލުން އިސްވެ އައިޖީއެމްއެޗްއާއި އެކު ވާހަކަދައްކާ އެ މަސައްކަތް ކުރުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުން ސިޓީ ކައުންސިލުން މަސައްކަތްކުރާ ގޮތަށް އައިޖީއެމްއެޗުން ހުށަހަޅާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މާލެ ސިޓީގެ މަގުމައްޗަށް އެއްވެސް ފަރާތަކުން ފެން ދޫކުރުމަކީ ކައުންސިލުން ހުއްދަ ދޭ ކަަމެއް ނޫން ކަމަށާއި އާއްމު ރައްޔިތުންނަށް އުނދަގޫވާ ފަދަ އަމަލުތައް އެއްވެސް ފަރާތަކުން ނުކުރުމަށް ކައުންސިލުން ވަނީ ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: