ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއާ ޓްރެފިކް ކޮންޓްރޯލަރުންގެ ހިމޭން އިހުތިޖާޖެއް!

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެއާ ޓްރެފިކް ކޮންޓްރޯލަރުންތަކެއް/ ފޮޓޯ: އޭވިއޭޓާސް މޯލްޑީވްސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެއާ ޓްރެފިކް ކޮންޓްރޯލާސް (އޭޓީސީ) ގެ މުވައްޒަފުންގެ ކަންބޮޑުވުންތައް ބަޔާންކޮށް، އެމްއޭސީއެލަށް ހުށަހެޅި ޕެޓިޝަންގައި ސޮއިކުރި މުވައްޒަފުންނާ މެދު ފިޔަވަޅު އެޅުމަށް ނިންފާފައިވާތީ އެކަމާއި ގުޅިގެން މުވައްޒަފުން ހިމޭން އިހުތިޖާޖެއްކޮށްފި އެވެ.

މިއީ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހު، އެއާ ޓްރެފިކް ކޮންޓްރޯލްގެ މުވައްޒަފުންތަކެއް ތަނުގެ އެތެރޭގައި ހުރި މައްސަލަތައް ފާހަގަކޮށް ޕެޓިޝަނެއް ތައްޔާރު ކުރުމުން އެ މީހުންގެ މައްސަލަ ބަލައި ފިޔަވަޅު އަޅަމުން ގެންދާކަމަށް ބުނެ ކުރިޔަށް ގެންދިޔަ އިހުތިޖާޖެކެވެ. ޕެޓިޝަންގައި ސޮއި ކުރި މުވައްޒަފުނާއި މެދު އަޅަނީ ކޮން ފިޔަވަޅެއްކަން ސީދާ ސާފެއް ނޫނެވެ.

އެނގިފައިވާ ގޮތުން މި ޕެޓިޝަން ހުށަހަޅާފައި ވަނީ، ތަނުގައި ހުރި ގިނަ މައްސަލަތަކާއި އެކު އެވެ. އަދި އެ މައްސަލަތައް ވީހާވެސް އަވަށް ހައްލުކޮށް ދީ، މުވައްޒަފުންނަށް ދޭން ޖެހޭ ތަމްރީނުތައް އެ ތާރީހުތަކުގައި ކުރިޔަށް ގެންދިއުމަށް އެދިފައި ވެއެވެ.

މީގެ އިތުރުން މުސާރައިގެ ބައެއް މައްސަލަތާއި، ތަނުގެ ގިނަ ދުވަސްވާ މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުންތައް ނުލިބޭތީ އެކަމުގެ ކަންބޮޑުވުންތައް ޕެޓިޝަންގައި ހިމަނާފައި ވެއެވެ. އެހެން ކަމުން އޭޓީސީގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ލިބި، މަސައްކަތާއި އެކަށީގެންވާ ރަނގަޅު މުސާރައެއް ލިބޭ އޮނިގަނޑެއް ގާއިމް ކުރުމަށް އެދޭކަމަށް މުވައްޒަފުން ބުންޏެވެ.

މި ކަންބޮޑުވުންތަކަކީ ފާއިތުވެ ދިޔަ ތިން އަހަރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ޓްރާންސްޕޯޓް މިނިސްޓްރީ އަދި ސިވިލް އޭވިއޭޝަންގެ އިތުރުން އެމްއޭސީލްއަށް ވެސް ހުށަހަޅާފައިވާ މައްސަލަތަކެއްގެ ގޮތުގައި ޕެޓިޝަނުގައި ވެއެވެ. މިކަންކަން ހުށަހެޅުމުން އޭރު އެމްއޭސީއެލްގެ އެކްޓިން އެމްޑީއަކަށް ހުންނެވި މޫސާ ސާލިހުގެ އެދުމުގެ މަތީން ތަނުގެ އެޗްއާރުން މުސާރައިގެ އޮނގަނޑެއް އެކުލަވާލައި އެ ފާސްކޮށްދޭން އެދި ރައީސް އޮފީހަށް ހުށަހެޅި ނަމަވެސް ކޮވިޑު-19 ގެ ސަބަބުން އެކަން މަޑުޖެހުނުކަން ޕެޓިޝަންގައި ފާހަގަކުރި އެވެ.

އެއާޓްރެފިކް ކޮންޓްރޯލްގެ ގަވައިދާ އުސޫލުތަކަށް އަމަލު ނުކުރުން އެއީ ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށް ޕެޓިޝަނުގައި ބުނެފައި ވަނީ އެ މީހުންނަކީ ޕައިލެޓުންނާއި އަދި އިންޖީނިއަރުންނާއި ވެސް މުއާމަލާތް ކުރަން ޖެހޭ ބައެއް ކަމަށެވެ.

މީގެ އިތުރުން އޭޓީސީ ކޮންޓްރޯލަރު ގިންތި ކުރެވިފައި ވަނީ ޕައިލެޓުންނާއި، އިންޖީނިއަރުންނާއި ސީމަނުންނާއި ޑަކްޓަރުން އަދި މިފަދަ އެހެނިހެން ޕްރޮފެޝަން ތަކާއި އެއް ގިންތިއެއްގައި ނަމަވެސް، މުސާރައާއި އެހެނިހެން އިނާޔަތްތައް ދިނުމުގައި އެ ޕްރޮފެޝަންތަކާއި އެއްހަމައަ އަކުން އޭޓީސީއަށް ޢަމަލުކުރަމުން ނުދާކަން މުވައްޒަފުން ފާހަގަ ކުރި އެވެ. އަދި މުވައްޒަފުންގެ އެންމެ ބޮޑު ޝަކުވާއެއްގެ ގޮތުގައި ވަނީ، މި މައްސަލަތަކަށް ހައްލެއް ނުލިބި ވަނިކޮށް އެމްއޭސީއެލްގެ، އެއާ ޓްރެފިކް ސާވިސަސްގެ އައު އޮނިގަނޑެއް މިދިޔަ ސެޕްޓެމްބަރު މަހު ފާސްކޮށް އެ އޮނިގަނޑުގެ ދަށުން ތަނުގެ ވެރިންނަށް މަގާމުގެ ކުރިއެރުން ދީފައިވުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: