ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެެއިން ތައިލޭންޑަށް ދަތުރުކުރުމުގައި އިތުރު ލުއިތަކެއް!

ތައިލޭންޑް އެއާވޭސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑު 19 އާ ގުޅިގެން ތައިލެންޑަށް އެތެރެވުމަށް ތައި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދީފިއެވެ.

1 ނޮވެމްބަރު 2021 އިން ފެށިގެން ދޭން ހަމަޖެހިފައިވާ ލުއިތައް ބަޔާންކޮށް ތައި ސަރުކާރުން ވަނީ މިދިޔަ ހޮނިހިރު ދުވަހު ނެރުނު އިސްލާހުކޮށްފައިވާ ގްރީން ކަންޓްރީ ލިސްޓުގައި ދިވެހިރާއްޖެ ހިމަނާފަ އެވެ.

ތައިލެންޑް ސަރުކާރުން އެކުލަވާފައިވާ ގްރީން ކަންޓްރީ ލިސްޓގައިވާ ގައުމުތަކަށް އަަމަލުކުރުމަށް ކަނޑައަޅާފައިވަނީ “ޓެސްޓް އެންޑް ގޯ” ސްކްރީގައި އެކުލަވާފައިވާ އުސޫލުތަކުގެ މައްޗަށެވެ.

ޓެސްޓް އެންޑް ގޯ ސްކީމްގެ ދަށުން ތައިލެންޑަށް އެތެރެވެވޭނީ ހަމައެކަނި ވައިގެ މަގުން ދަތުރުކުރާ ފަރާތްތަކަށެވެ. އެގޮތުން ތައިލޭންޑްގެ 7 އެއާޕޯޓެއް މެދުވެރިކޮށް ތައިލޭންޑްއަށް އެތެރެވެވޭނެއެވެ. އަަދި ތައިލޭންޑް ސަރުކާރުން ކަނޑާއަޅާފައިވާ ޓެސްޓް އެންޑް ގޯ ސްކީމް ގެ ދަށުން އެކުލަވާފައިވާ ޝާރުތުތަކެއް ހިމެނެއެވެ. 

ތައިލޭންޑަށް ދަތުރުކުރާ ފަރާތަކީ ގްރީން ލިސްޓްގައި ހިމެނޭ ގައުމަކުން ދަތުރުކުރާ، މި ލިސްޓްގައިވާ ގައުމުތަކުގެ ތެރެއިން ގައުމެއްގައި 21 ދުވަސްފެވައި ވާން ޖެހޭ ފާރަތަކަށް ވާނެޖެހެއެވެ. ގްރީން ލިސްޓްގައި ނުހިމެނޭ ގައުމެއްގައި ޓްރާންސިޓްކޮށްފައި ދަތުރުކުރާ ނަަމަ އެއާޕޯޓުގައި 12 ގަޑި އިރަށްވުރެ ގިނަ ވަގުތު ހޭދަވެގެން ނުވާނެ ކަމަށާއި ޓްރާންސިޓްގައި އެއާޕޯޓުން ބޭރުވެގެން ނުވާނެ ކަމަށް ވެސް ޝަރުތުތަކުގައި ހިމަނާފައިވެއެވެ.

ތައި ސަރުކާރުން ނުވަތަ ވޯލްޑް ހެލްތު އޯގަނައިޒޭޝަނުން އިން ހުއްދަ ދީފައިވާ ކޮވިޑު 19 ވެކްސިންގެ ފުރިހަމަ ޑޯޒް ހަމަކުރިތާ 14 ދުވަސް ހަމަވެފައިވާ ފަރާތަކަށް ތައި އަށް ދަތުރުކުރާ މީހާ ވާންޖެހެއެވެ. އަދި އެކުގައި 12 އަހަރުން ދަށޫގެ ކުޑަ ކުދިންނަށް ދަތުރުކުރެވޭނެކަމަށް މި އުސޫލުތަކުގައި ބަޔާން ކޮށްފައިވެއެވެ.

ތައިލޭންޑަށް އެތެރެ ވެވޭނީ ތައި ސަރުކާރުން ކަނޑައަޅާފައިވާ ހެލްތު ސަޓިފައިޑް ހޮޓަލެއްގައި 1 ރޭގެ ރިޒަވޭޝަން ހަދާފައިވާ، ހޮޓަލަށް ފައިސާ ދެއްކިކަން ކަށަވަރުވާ ލިޔުމެއް އޮވެގެންނެވެ. ތައި ސަރުކާރުން ކަނޑައަޅާފައިވާ ހޮޓެލް ލިސްޓްގެ ވެބްލިންކް އަކީ https://www.thailandsha.com/shalists/ އެވެ.

ކޮވިޑް 19 ގެ މެޑިކަލް ހެލްތު ކަވަރ ކުރެވޭ ވަރުގެ 50،000،000 ޔޫ.އެސް ޑޮލަރުގެ އިންޝޫރަންސެއް ނަގާފައި އޮތުމަކީ ދަތުކުރުމަށް ލާޒިމް ކަމެއްގެ ގޮތުގައި ކަނޑައަޅާފައިވެއެވެ. މި އަދަދު ހަމަވާ ކޮންމެ އިންޝޫރަންސެއް ވެސް ސަރުކާރުން ގަބޫލުކުރާނެ ކަމަށް ބުނެފައިވެއެވެ.

ތައިލެންޑަށް ފުރުމުގެ ކުރިން، 72 ގަޑިއިރު ހަމަނުވާ ޕީސީއާރު ޓެސްޓެއްގެ ނައްސި ނަތީޖާއެއް ދަތުރުކުރާ ފަރާތުގެ އަތުގައި އޮންނަން ވާނެއެވެ. އަދި ޓެސްޓް އެންޑް ގޯ ސްކީމުގެ ދަށުން ދަތުރުކުރާ ފަރާތްތައް ކަރަންތީނު ވާކަށް ނުޖެހޭނެއެވެ.

ވިސާ އެގްޒެމޕްޝަން ގެ ދަށުން ދިވެހިންނަށް ވިސާ އާއި ނުލާ ތައިލެންޑަށް އެތެރެވެވޭނެ ގޮތް ހަދާފައިވާއިރު، ސެޓްފިކެޓް އޮފް އެންޓްރީ (ސީއޯއީ) ގެ ބަދަލުގައި ތައިލެންޑް ޕާސް އޮންނަންވާނެކަމަށް ޝަރުތުތަކުގައި ހިމަނާފައިވެއެވެ. ނޮވެމްބަރު މަހުގެ 1 ދުވަހުން ފެށިގެން ސީއޯއީ ބަލައި ނުގަންނާނެ ކަމަށާއ، ދަތުރުކުރުމުގެ 7 ދުވަސް ކުރިން ތައިލެނޑް ޕާސް އެޕްރޫވަލް އަށް އެދި ހުށަހަޅަން ވާނެކަމަށް ވެސް ޝަރުތުތަކުގެ ތެރޭގައި ހިމަނާފައިވެއެވެ.

މި ޕާސްގައި 12 އަހަރުން މަތީގެ ފަރާތްތަކުން ވަކި ވަކިން ރަޖިސްޓްރީކޮށް އެކުގައި ދަތުރުކުރާ 12 އަހަރުން ދަށުގެ ކުދިންނަށް ބެލެނިވެރިންނާއި އެކު ރަޖިސްޓްރީ ކުރެވޭނެއެވެ.

ތައިލޭންޑަށް ދަތުރުކުރުމަށް ހޮޓެލް ރިޒަވޭޝަން ހަދައި، ޓިކެޓް ނަގައި، އިންޝޫރަންސް ހަމަޖެއްސުމުގެ އިތުރުން ތައިލޭންނެޑް ޕާސް އެޕްރޫވް ކުރެވުމަކީ މަޖުބޫރުކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: