ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުކުރު ދުވަހު އިދިކޮޅުން ބޭއްވުމަށް ނިންމި ބޮޑު ހިނގާލުން ފަސްކޮށްފި

އިންޑިޔާ ސިފައިން ބޭރުކުރުމަށް ގޮވާލައި އިދިކޮޅުން އެންމެ ފަހުން ބޭއްވި ބޮޑު ހިނގަލުން
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވުމަށް ނިންމި ބޮޑު ހިނގާލުން ފަސްކޮށްފިއެވެ.

“މިނިވަންކަމުގެ ދިފާއުގައި ދިވެހިން” މިޝިއާރުގެ ދަށުން އިދިކޮޅު ޕީޕީއެމް ޕީއެންސީއިން ބާއްވަމުންގެންދާ ސިލްސިލާ އެއްވުންތަކުގެ ތެރެއިން ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެއްވުން ވަނީ ފަސްކޮށްފައެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅުގެ ހަރަކާތް ކޮމެޓީގެ ޗެއަރޕަރސަން އަދި ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ ހިނގާލުން ފަސްކުރީ މޫސުން ތަންނުދިނުމުގެ ސަބަބުން ކަމަށެވެ. އަދި ހިނގާލުން ބާއްވާނެ ތާރީހެއް ފަހުން ހާމަކުރާނެކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.

އިދިކޮޅުން ސިލްސިލާކޮށް ބާއްވަމުންގެންދާ އިހުތިޖާޖުތަކަކީ ރާއްޖޭގައި އިންޑިޔާ ސިފައިން ބޭތިއްބުމާއި ދެކޮޅަށް ކުރިއަށްގެންދާ އިހުތިޖާޖުތަކެކެވެ. އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމާއި ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކުރުމުގެ ހަރަކާތްތަކެއްވެސް އިދިކޮޅުން އަންނަނީ ކުރިއަށްގެންދަމުންނެވެ.

އިއްޔެ ފާހަގަކުރި ގައުމީ ނަސްރުގެ ދުވަހުގެ މުނާސަބާގައިވެސް އިދިކޮޅުން ވަނީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުން ވާނެ އެތައް ކަމަކާއި ކުރިމަތިލާންޖެހިފައިވާކަމަށެވެ. އެގޮތުން ރާއްޖޭގެ ހަރު މުދާ ވިއްކާ، އަޑި ނޭނގޭ ގޮތްގޮތަށް އިންޑިއާ ސަރުކާރާއެކު ދިވެހި ސަރުކާރުން ވަމުންދާ އެއްބަސްވުންތަކުގެ ސަބަބުން ޖެހެމުންދާ ދަންތުރަތަކާއި، އިންޑިއާގެ އަސްކަރިއްޔާއަށް ރާއްޖޭގައި ވަޒަންވެރިވެ ތިބެވޭ ގޮތަށް އިންތިޒާމުތައް ހަމަޖައްސަމުން ގެންދާ ގެންދިއުން ފަދަ އެތައް ކަމަކުން ޤައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ހިތަށްވެސް ގެންނާން ނޭނގޭ ފަދަ ގެއްލުންތައް ކުރިމަތިވަމުންދާ ކަމަށް އިދިކޮޅުން ބުނެފައިވެއެވެ.

ރާއްޖެގެ ހަރު މުދާ ވިއްކާ، އަޑި ނޭނގޭ ގޮތް ގޮތަށް އިންޑިއާ ސަރުކާރާ އެކު ދިވެހި ސަރުކާރުން ވަމުންދާ އެއްބަސްވުންތަކުގެ ސަބަބުން ޖެހެމުންދާ ދަންތުރަތަކާއި، އިންޑިއާގެ އަސްކަރިއްޔާއަށް ރާއްޖޭގައި ވަޒަރިންވެ ތިބެވޭ ގޮތަށް އިންތިޒާމުތައް ހަމަޖައްސަމުން ގެންދާ ގެންދިއުން ފަދަ އެތައް ކަމަކުން ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުން ކުރިމަތި ވަމުންދާ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން، ރާއްޖެއާއި އިންޑިޔާ ދެމެދު ވަމުންދާ ގޮތް ނޭންގޭ އެއްބަސްވުންތަކާއި އިންޑިޔާއިން ނަގަމުންދާ ލޯނުތަކުގެ ވާހަކަތައް އިދިކޮޅުން އަބަދުވެސް ފާހަގަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: