ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ އަހަރުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް 32 މިލިއަން!

ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ޕާޓީތަކަށް 32 މިލިއަން ރުފިޔާ ދޭން އަންދާޒާކޮށް އެ އަދަދު ދައުލަތުގެ ހަރަދެއްގެ ގޮތުގައި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފި އެވެ.

ސަރުކާރުން ހުށަހަޅާފައިވާ އަންނަ އަހަރުގެ ބަޖެޓުގައި ވާ ގޮތުން ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން 32،788،285 ރުފިޔާ ހޭދަ ކުރަން ޖެހޭނެ އެވެ. މިއީ ދައުލަތުގެ ޖުމްލަ ބަޖެޓުގެ 0.1 އިންސައްތަ އެވެ.

ރާއްޖޭގެ ގާނޫނު ބުނާ ގޮތުން 10،000 މެމްބަރުން ހަމަވާ ކޮންމެ ސިޔާސީ ޕާޓީއަކަށް ފައިސާ ދޫކުރަން ޖެހެ އެވެ. މިހާތަނަށް އައި އިރު އެންމެ ގިނައިން ފައިސާ ދޫކޮށްފައިވަނީ އެމްޑީޕީ އަށެވެ. އެ ޕާޓީއަށް ޕާޓީ އަށް 2019 ވަނަ އަހަރު އެކަނި ވެސް 12 މިލިއަން ރުފިޔާ ދޫކުރިއިރު، އިދިކޮޅު ޕީޕީއެމަށް ނުވަ މިލިއަން ރުފިޔާ ލިބުނެވެ. އަދި ޖުމްހޫރީ ޕާޓީ އާއި އެމްޑީއޭ އަށް ލިބުނީ ދެ މިލިއަން ރުފިޔާ އެވެ.

ޕާޓީތަކުގެ މެމްބަރުންނަށް ބޮލަކަށް 327.29 ދޫކުރުމުން، މިދިޔަ އަހަރު އެމްޑީޕީއަށް 17 މިލިއަން ރުފިޔާ، ޕީޕީއެމްއަށް 11 މިލިއަން އަދި ޖޭޕީއަށް 03 މިލިއަން ލިބުނެވެ.

ސިޔާސީ ޕާޓީޓަކުގެ ތެރެއިން ފައިސާ ދޫކުރަނީ 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ. މިވަގުތު 10،000 މެމްބަރުން ހަމަވެފައިވަނީ އިދިކޮޅު ޕީޕީއެމް، ވެރިކަން ކުރާ އެމްޑީޕީ އަދި ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ ޖޭޕީއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނުނުގައި ވާގޮތުން އަހަރުގެ ފުރަތަމަ 3 މަސް ދުވަހު ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަން ޖެހޭނެ އެވެ. އެ މަސައްކަތް ބަލަހައްޓާނޯ، ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތް އިލެކްޝަންސް ކޮމިޝަނުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: