ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުރައިދޫގެ އަންނަ ހަފްތާގެ ނިޔަލަށް ނިންމާލުމަށް މަސައްކަތް ކުރަނީ

ރައީސް މުހައްމަދު ނަޝީދު— ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދައުލަތުން ކަނޑައެޅި ވަގުތީ ގެކޮޅުގެ މަސައްކަތް މި މަހުގެ 14 ވަނަ ދުވަހަށް ނިންމާލެވޭނެކަމަށް ލަފާ ކުރެވޭކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ޕްލޭނިން މިނިސްޓްރީން މީގެ ކުރިން މަސައްކަތް ކުރަމުން އައީ އޮކްޓޯބަރު މަހުގެ ނިޔަލަށް މަސައްކަތް ނިންމާލުމަށް ނަމަވެސް، ކަނޑައެޅި ތާރީހަށް މަސައްކަތް ނިންމާ ނުލެވުނެވެ. ރައީސް ނަޝީދު ދިރިއުޅުއްވަން ހާއްސަ ކުރި ގެކޮޅުގެ މަސައްކަތް ނުނިމި ލަސްވަނީ، މަރާމާތު ކުރަން ޖެހޭ ބައިތައް ގިނަ ވުމުންނެވެ. އެހެން ނަމަވެސް މިނިސްޓްރީގެ އަމާޒަކީ ގެކޮޅުގެ މަސައްކަތް މި މަހުގެ 14 ގައި ނިންމާލުމެވެ. މި މަސައްކަތް ކުރިޔަށް ގެންދަނީ، ސިފައިންގެ ކުންފުނި ސިފްކޯ އާއި ހަވާލުކޮށްގެންނެވެ.

މަޖިލީހުގެ ރައީސް، ރައީސް ނަޝީދާއި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ދިރިއުޅުއްވަން ރަސްމީ ގެކޮޅު ދައުލަތުގެ ހަރަދުގައި ހަމައްސަދޭ ގޮތަށް ގާނޫނަށް ވަނީ އިސްލާހު ގެނެސްފަ އެވެ. މިދިޔަ މޭއި މަހުގެ 06 ގައި ރައީސް ނަޝީދު އަވަހާރަކޮށްލުމަށް، ދިން ޓެރަރިސްޓު ހަމަލާއަށް ފަހު ދައުލަތުގެ ބާރުތަކުގެ ވެރިން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީއާއި މެދު ބޮޑެތި ސުވާލުތަކެއް އުފެއްދުނެވެ. އަދި އެ ބޭފުޅުންނަށް ދައުލަތުން ރައްކާތެރިކަން ފޯރުކޮށް ދިނުމަށް ގޮވާލަމުން ދަނިކޮށް، ރައީސް ނަޝީދު ދިރިއުޅުއްވާ ކެނެރީގޭގެ ބައެއް ސެކިއުރިޓީ ސިއްރު މައުލޫމާތުތަކެއް މީޑިއާ ރިޕޯޓެއްގައި ގެނެސްދިން މައްސަލަ ވެސް ފެންމަތިވި އެވެ.
ބަޖެޓުގައި ވާ ގޮތުން މަޖިލީހުގެ ރައީސް ދިރިއުޅުއްވުމަށް އަޅާ އިމާރާތުގެ ހަރަދަކީ 6.8 މިލިއަން ރުފިޔާ އެވެ. އެ އިމާރާތުގެ މަސައްކަތް ނިމެން ދެން އެމަނިކުފާނު ދިރިއުޅުއްވުމަށް ހަމަޖެހިފައި ވަނީ މުރައިދޫގެ އެވެ. އެ އިމާރާތުގެ ވެސް މަރާމާތުގެ މަސައްކަތްތައް ވަނީ ފަށާފަ އެވެ. ގާނޫނުގައި ވާ ގޮތުން މި އިމާރާތްތައް ސެކިއުރިޓީ ގޮތުން ވަރުގަދަ ވާން ޖެހޭނެ އެވެ.އުއްތަމަ ފަނޑިޔާރަށް ހާއްސަކޮށްފައިވާ ގެއަށް ހޭދަވާނެކަމަށް އަންދާޒާކޮށްފައި ވަނީ 5.3 މިލިއަން ރުފިޔާ އެވެ. އެ އިމާރާތުގެ މަސައްކަތް ނިމެން ދެން، އުއްތަމަ ފަނޑިޔަރު މުއުތަސިމް ދިރިއުޅުއްވުމަށް ހަމަޖެހިފައި ވަނީ ރެހެންދި ފްލެޓުގަ އެވެ.

ބަޖެޓުގައި ހިމަނާފައިވާ ހަރަދުތަކުގެ ތެރޭގައި ބިއުރޯގެ ހިދުމަތާއި، ކޯޕަރޭޓު ހިދުމަތް އަދި ހައުސްހޯލްޑު ހިދުމަތް ހިމެނެ އެވެ.

މަޖިލީހުގެ ރައީސަށް ހާއްސަކޮށްފައި ވަނީ ސުޕްރީމް ކޯޓު ކުރިމަތީ އޮންނަ ހުސް ބިމެވެ. މީގެ ކުރިން ޕާކިން ޒޯނެއްގެ ގޮތުގައި ބޭނުން ކުރަމުން އައި އެ ބިން މިހާރު ވަނީ ހުސްކޮށްފަ އެވެ. އުއްތަމަ ފަނޑިޔާރުގެ ގެކޮޅު އަޅަނީ ކުރީގެ ސްކައުޓް އެސޯސިއޭޝަން ހިންގި އިމާރާތުގަ އެވެ. ދެ ބޭފުޅުން ވެސް އާއިލާއާއި އެކު އެ އިމާރާތުގައި އުޅުއްވާއިރު ހުރިހާ ހަރަދެއް ބަލަހައްޓާނީ ދައުލަތުންނެވެ. އޭގެ ތެރޭގައި މުވައްޒަފުންނާއި، ތަނުގެ އެހެނިހެން ހަރަދުތައް ހިމެނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: