ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަސްޓް ލޭޑީ “އޯނިންގް މައި ތޯޓްސް: އަ ތެރަޕިއުޓިކް ޖަރނަލް” ފޮތް އިފްތިތާޙްކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ފޮތް އިފްތިތާހު ކުރުމުގެ ރަސްމިއްޔަތުގައި/ ފޮޓޯ:- ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ރައީސްލުްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަޒްނާ އަހްމަދު، “އޯނިންގް މައި ތޯޓްސް: އަ ތެރަޕިއުޓިކް ޖަރނަލް” ފޮތް އިފްތިތާޙްކޮށްދެއްވައިފިއެވެ.

ބުރާސްފަތި ދުވަހު ޝައިންޓްރީ ބިލްޑިންގައި ބެއްވި ފޮތް އިފްތިތާހު ކުރުމުފެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން މެޑަމް ފަޒްނާ ވަނީ ތެރަޕިއުޓިކް ބޭނުމަށް ލިމުގެ މުހިންމުކަމަށް އަލިއަޅުވާލައި، އިފްތިތާހު ކުރެވުނު ފޮތުގެ ސަބަބުން އަލަށް ޖާނަލް ލިޔާ ފަރާތްތަކަށް ހިތްވަރު ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ.

ތެރަޕިއުޓިކް ބެނުމަށް ޖާނަލްއިން ލިބޭ ފައިދާ ތަކާއި ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް މަސައްކަތް ކުރާ ފަރާތްތަކަށް އެނގޭ މައުލޫމާތު ތަކާއި ވަސީލަތްތައް އެހެން ފަރާތްތަކާއި ހިއްސާކުރުމުގެ މުހިންމު ކަމާއި ބެހޭގޮތުންވެސް ފަޒްނާ ވާހަކަދެއްކެވިއެވެ.

12 އަހަރުން މަތީގެ ކުދިންނަށްއަމާޒު ކޮށްގެން މޯލްޑިވްސް އޮސްޓްރޭލިއާ އެލަމިނައިގެ ޗެއަޕަސަން ހައްވާ ލިއުޝާ ލިޔުނު މި ފޮތަކީ ކަންކަމާއި މެދު ރަނގަޅު ވިސްނުން ކުރިއެރުވުމަށް އަމިއްލަ ތަޖުރިބާތައް އެކުލަވައި އޭނާ ލިޔެފައިވާ ޖާނަލް އެކެވެ.

މި ފޮތަކީ އޮސްޓްރޭލިއާ އެވޯޑްސްގެ ގްރާންޓް ގެ އެހީގައި ޗާޕުކޮށްފައިވާ ފޮތެކެވެ. މި ފޮތުގެ 500 ކޮޕީ ސްކޫލްތަކަށާއި ޢާންމުން ނަށް ފޯރުކޮށްދެވޭނެފަދަ ތަންތަނަށް ހަދިޔާ ކުރެވިގެންދާއިރު، އަނެއް 500 ކޮޕީ ވަނީ ވިޔަފާރި އުސޫލުން ވިއްކުމަށް ހަމަޖެހިފައެވެ.

“އޯނިންގް މައި ތޯޓްސް: އަ ތެރަޕިއުޓިކް ޖަރނަލް”، މިފޮތް ވިއްކައިގެން ލިބޭ ލިބޭ ފައިސާ ޚާއްޞައެހީއަށް ބޭނުންވާ ކުދިންގެ10 ބެލެނިވެރިންނަށް ހަދިޔާކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: