ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަސްޓް ލޭޑީ ވިދާޅުވީ ތެދެއް، އިބޫގެ މައްސަލައަކީ ރިއެކްޓް ނުކުރުން

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) ފަސްތް ލޭޑީ ފަޒްނާ އާއިއެކު.
ޝެއާރކޮށްލާ ކަހަލަދޯ؟

ފަސްޓް ލޭޑީ ވިދާޅުވީ ގައުމުގެ ވެރިއަކަށް ހުންނެވި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) ރިއެކްޓެއް ނުކުރައްވާނެކަމަށެވެ. އެއީ ފަހަތަށް ޖެހިލައްވާ އޮށޯވެލައްވައިގެން އޮންނަ ބޭފުޅެއްކަމަށް ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ވިދާޅުވިއެވެ.

” އިބޫއެއް ރިއެކްޓެއް ނުކުރައްވާނެ. އަޅުގަނޑަށް ފާހަގަކުރެވޭ އިބޫ ރިއެކްޓް ނުކުރައްވާކަން، މީ ފަހަތަށް ޖެހިލައްވާކަން އިގޭތޯ! ދެން އިބޫ ނަންގަވާނެ ދުވަސްކޮޅެއް ނޫނިއްޔާ ހަމަ މިހެން އޮޝޯވެ ލައްވައިގެން އޮންނަވާނެ”

ފަޒްނާ ވިދާޅުވިއެވެ.

އާއެކެވެ. އިބޫއެއް ރިއެކްޓެއް ނުކުރައްވައެވެ.

ގައުމުގެ އިޖުތިމާއީ ފޭރާން ވީދިއްޖެއެވެ. އިގްތިސާދު ފުޑިޖެއްއެވެ. ދީނާއި ހިލާފު ކަންތައް ކުރުން ފެޝަނަކަށް ބަދަލުވެއްޖެއެވެ. މަރުތައް އާންމު ވެއްޖެއެވެ. ގާނޫނު އަސާސީ ފަސްއަޅައި ފޮރުވިއްޖެއެވެ.

ދިވެހިރާއްޖެ ކުރިއަށް އޮތް އަހަަރުގެ ތެރޭގައި ބަގުރޫޓޫވެދާނެކަމުގެ އިންޒާރު ބައިނަލްއަގުވާމީ މާލީ އިދާރާއެއްކަމަށްވާ ޖޭޕީ މޯގަންއިން ދިނުމުންވެސް އިބޫއެއް ރިއެކްޓެއް ނުކުރައްވައެވެ. އަދި އިބޫގެ ކެބިނެޓުންވެސް ރިއެކްޓެއް ނުކުރައްވައެވެ. އެއްކޮޅުން ބޮޑު ތަދު އަންނަކަމަށް ބުނާއިރު، އިބޫ އާއި ކެބިނެޓުންވެސް ބުނަމުން އައީ އެފަދަ ކަންބޮޑުވުމެއް ނެތްކަމަށެވެ.

ދެން ފެނިގެންދިޔައީ ބަގުރޫޓުވާން ދާންކަމުގެ ކޮޅުމަތި ގައުމުގެ ގައުމުގެ ހުރިހާ ހިސާބަކުން ދައްކާލި މަންޒަރެވެ.

ޒިންމާ މަތިކުރެއްވީ ހަމަ ފަސްޓް ލޭޑީ ވިދާޅުވިހެން އިބޫ ރިއެކްޓް ނުކުރެއްވި، އާދައިގެ ރޯގާއެއްކަމަށް ބުނި ޗައިނާއިން ނަގާ ރާއްޖެ ވަށާލި ބޯ ކަޅު ވިލާގަނޑަށެވެ.

އާދެ! ކޯވިޑް 19 އާއިއެވެ.

ކޮވިޑުގެ ވާހަކަ ބާއްވަމާ ހިނގާށެވެ. އިބޫ ވިދާޅުވިހެން އެއީ ހުރިހާ ގައުމަކާއިވެސް ކުރިމަތިވި އާލަމީ ވަބާއެކެވެ.

ގައުމުގެ އިޖުތިމާއީ ފޭރާން ވީދި، ކުދިކުދިވެގެންދާފަދަ ހަޑިމުޑުދާރު އަމަލުތަކަށް އަރައިގަތުމާާއި ދީނުގައި ނަހީ ކުރެއްވި ބިރުވެރި ކުށްތަކަށް އަރައިގަތުންވެސް މިއީ ހަމަ އާލަމީ ވަބާއެއް ހެއްޔެވެ؟

ގައުމެއް ނެތިދިއުމުގެ ސަބަބެއްކަމަށްވާ ލިވާތުކުރުމުގެ އެ ބިރުވެރި ކުށަށް ރާއްޖޭގައި އެތައް ބަޔަކު ފާޅުކަން ބޮޑު ގޮތެއްގައި އަރައިގަންނަ މަންޒަރު ފެންނަ ފަހަރަކު ވީޑިއޯއެއް ދަނީ ސޯޝަލް މީޑިއާގައި އާންމުވަނީއެވެ. އެ ފާފައަށް އަރައިގަތްކަމުގެ ތުހުމަތު ކުރެވެނީ، ނަން ހިގާ ދާއިރާތަކުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށެވެ.

މުދިމެއް، ޓީޗަރެއް، ވަކީލެއް، ގާޒީއެއް، ސިފައިން، ފުލުހުން، ސިޔާސީ މީހުންނެވެ.

ސަރުކާރުން އެކަށީގެންވާ ފިޔަވަޅު އަޅާ މަންޒަރު ނުފެންނާތީ ރައްޔިތުން ދަނީ އާންމުވެގެންވާ ކޯފާއެއް މުޅި ގައުމަށް އައިސްދާނެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ގައުމެއް ނެތެވެ.

ނަމަވެސް ފަސްޓް ލޭޑީ ވިދާޅުވިފަދައިން އިބޫއެއް ރިއެކްޓެއް ނުކުރައްވައެވެ.

މިވަރުގެ ވެރިއަކަށް ދެން މީހަކު މެރުން ބޮޑުކަމަކަށް ވާނީ ކިހިނެއް ހެއްޔެވެ. ބައެއްގެ ހައްގެއް ގެއްލި، އެތައް ބަޔެއްގެ ހައްގުތަކަކަށް އެރިގަތެއްކަމަކު ރިއެކްޓް ކުރައްވާނެ ހެއްޔެވެ.

ވެރިކަމަށް ވަޑައިގަތުމަށްޓަކައި ރައްޔިތުންގެ ލޮލުގައި އެޅުވި އަދުނަކީ، ހައްގުތައް ހޯދައިދިނުމެވެ.

ވާނުވާ ނޭގި މަރުވެފައިވާ މީހުންގެ އާއިލާތަކަށް އިންސާފު ހޯދައިދީ އެކަށީގެންވާ ތަހުގީގެއް ހިންގާ އެ ފަރާތްތަކަށް މިނިވަން ފަނޑިޔާރުގެއެއް ގާއިމް ކޮށްދެއްވަން ވައުދުވެވަޑައިގެން އިބޫ، އަނިޔާވެރި އަނެއް މަރު ހިގައި ދިޔައިރުވެސް ފަސްޓް ލޭޑީ ވިދާޅުވިހެން ރިއެކްޓެއް ނުކުރައްވައެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު މައްސަލައަށް މިއަދަށް 8 އަހަރުވެގެން ދިޔައިރުވެސް ވީނުވީއެއް ނޭގެއެވެ. ބްލޮގަރު ޔާމީން ރަޝީދުގެ މަރާލި މައްސަލަ އަދިވެސް ހަމަ ރިލްވާންގެ މައްސަލައެކޭ އެއްފަދައިން ބޭނުންކުރާނީ ސިޔާސީ މަންފާތަކަށެވެ.

ރައްޔިތުން ގޮވަމުން ދަނީ މިފަދަ މަރުތަކުގެ ގާތިލުންނަށް ހައްގު އަދަބު ދިނުމަށެވެ. މަރަށް މަރުހިފުމަށެވެ.

ސައުދީގައި ޔޯގާ ހަދާތީ ޔޯގާގެ ދިފާއުގައި ވަގުތުން ވަގުތަށް ރިއެކްޓް ކުރެއްވިފަދައިން، ސައުދީގައި މަރަށް މަރުހިފާ ކުށްވެރިޔާއަށް ހައްގު އަދަބުދޭތީ އެކަމަށް އިބޫ ރިއެކްޓުނުކުރައްވަނީ ކީއްވެ ހެއްޔެވެ؟

ވަރަށް ގަދަ
55%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 20%ބޮޑު ޖޯކެއް 2%ހައިރާންވެއްޖެ 0%ވަރަށް ދެރަ 23%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: