ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލަންކާ މެޗުގައި ދިވެހި ސަޕޯޓަރުންނަށް ވިއްކާ ޓިކެޓްގެ އަގު ހެޔޮކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހީމް މުޙައްމަދު ސޯލިގެ އެދިވަޑައިގަތުމުގެ މަތިން މަހިންދަ ރާޖަޕަކްސަ ޓްރޮފީ ފޯ ނޭޝަންސް ކަޕްގައި ލަންކާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗަށް ދިވެހި ސަޕޯޓަރުންނަށް ވިއްކާ ޓިކެޓްގެ އަގު ހެޔޮކޮށްފިއެވެ.

މީގެ ކުރިން ޓިކެޓެއް ވިއްކަން ހަމަޖެހިފައިވަނީ 5000 ލަންކާ ރުޕީސް (385 ރުފިޔާ)އަށެވެ.

ނަމަވެސް އާންމުންގެ ޝަކުވާތަކާ ގުޅިގެން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ދެންމެ ވިދާޅުވީ ރައީސްގެ އެދުމުގެ މަތިން މިހާރު ޓިކެޓެއްގެ އަގު 3000 ލަންކާ ރުޕީސް (231 ރުފިޔާ) އަށް ބަދަލުކޮށްފައިވާ ކަމަށެވެ.
މާދަމާ ކުޅޭ މެޗުގައި ދިވެހިންނަށް ޚާއްޞަކޮށްފައިވާ ޓިކެޓު ވިއްކުމަށް ހަމަޖެހިފައި ވަނީ ލަންކާގައި ހުންނަ ދިވެހި އެމްބަސީއާއި ކޮލަމްބޯގައި ހުންނަ ދިވެހި އިޖުތިމާޢީ މަރުކަޒުންނެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: