ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދާންދޫ އާއި ނިލަންދޫ ބްރިޖަކުން ގުޅާލުމަށް ގޮވާލައި ގަރާރެއް

ޝެއާރކޮށްލާ ކަހަލަދޯ؟

ގއ. ދާންދޫ އާއި ގއ. ނިލަންދޫ ބްރިޖަކުން ގުޅާލުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލައި ދާންދޫ ކައުންސިލުން ގަރާރެއް ހުށަހަޅައިފިއެވެ.

ދާންދޫ ކައުންސިލްގައި ހިމެނޭ ފަސް މެމްބަރުންގެ އިއްތިފާގުން މިއަދު ފާސްކޮށް ނެރުނު ގަރާރުގައި ވަނީ ދާންދޫއާއި ނިލަންދޫ ބްރިޖަކުން ގުޅާލައި މި ދެރަށުގައި ޤާއިމްކުރެވޭ ތަރައްޤީގެ ފުރުޞަތުތައް އެއްގަމުމަގުން އެއްހިސާސާއެއް ކުރެވޭނެ ގޮތް ހެދުމަށް ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން ދާންދޫއިން ފެށިގެން ގއ. ވިލިނގިއްޔާ ހަމައަށް ބްރިޖަކުން ގުޅާލައި އެ ސަރަހައްދު އެއްގަމު މަގުން އެއްފަސްކުރުމަށް އެ ސަރަހައްދުގައި ހިމެނޭ ރަށްރަށުގެ ކައުންސިލްތަކުގެ މެދުގައި މަޝްވަރާ ކުރެވެމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށްވެސް އެގަރާރުގައި ވަނީ ގޮވާލާފައެވެ.

ދާންދޫއާއި ނިލަންދޫގެ ދުރުމިނަކީ 1390 މީޓަރުކަމާއި، ފުރަތަމަ މަރުހަލާގައި އެންމެ ފަސޭހައި އެއްފަސްކުރެވެން އޮތީ ދާންދޫއާއި ނިލަންދޫކަން އެ ގަރާރުގައި ބުނެފައި ވެއެވެ. އެގޮތުން ދާންދޫއާ ނިލަންދޫ ބްރިޖަކުން ގުޅާލުމަށް ކުރަން ޖެހޭ މަސައްކަތަކީ އެހާބޮޑު މަސައްކަތެއްކަމުގައި ދާންދޫ ކައުންސިލުން ނުދެކޭކަމަށްވެސް ބުނެފައިވެއެވެ.

ދާންދޫ ކައުންސިލުން ބުނީ، އެއްގަމު މަގުން އެރަށާއި ނިލަންދޫ ގުޅާލެވިއްޖެނަމަ ފުރަތަމަ މި ދެރަށުގެ އާބާދީ ދެރަށުގައި ކުރިއަރައިދާން ލިބޭނެ ފުރުޞަތަކަށް މިކަންވެގެންދާނެ ކަމަށެވެ. އެގަރާރުގައިވަނީ އެ ދެރަށް ބްރިޖަކުން ގުޅާކުމަށް ކުރަންޖެހޭކަންކަން ކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ދިވެހި ސަރުކާރަށް ގޮވާލާފައެވެ.

ވަރަށް ގަދަ
63%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 13%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: