ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓުގައި ޕްރޮޖެކްޓްތައް ޖެހުމަށްފަހު، ބަލައި މެނޭޖްކުރަންޖެހޭ: އަހުމަދު ރަޝީދު

ހިދަތޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ބަޖެޓުގައި ޕްރޮޖެކްޓްތައް ޖެހުމަށްފަހު، އެޕްރޮޖްކެޓްތައް ބަލައި މެނޭޖްކުރަންޖެހޭނެކަމަށް ހިދަތޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

ބަޖެޓަށް ބަހުސްކުރައްވަމުން މެމްބަރު ވިދާޅުވީ އެތައް އަހަރެއް ވަންދެން ބަޖެޓުގައި ޖަހަމުން އައި ޕްރޮޖެކްޓްތައް މިފަހަރުގެ ބަޖެޓުގައިވެސް ހިމަނާފައި އެބަހުރިކަމަށެވެ. އޭގެ ތެރޭގައި އައްޑޫ ސިޓީގައި ނަރުދަމާގެ ނިޒާމްގެ މަސައްކަތް މިއަހަރުވެސް ބަޖެޓުގައި ހިމަނާފައިވާއިރު މިމަޝްރޫއަކީ ފާއިތުވި 11 އަހަރުވެސް ބަޖެޓުގައި ހިމަނަމުން އައި ކަމެއްގެ ގޮތުގައި މެމްބަރު ފާހަގަކުރެއްވިއެވެ. މިފަދަ މަޝްރޫއުތަކުގެ އަޕްޑޭޓެއް ދިނުމަށް މިނިސްޓަރުން ގާތު ސުވާލުކުރުމުން ވަރަށް އަވަހަށް ނިމޭނެކަމަށް އަބަދުވެސް ދަންނަވާކަމަށް މެމްބަރު ވިދާޅުވިއެވެ.

މެމްބަރު ވަނީ އައްޑޫ ސިޓީގައި ހުރި ތަފާތު އެކި މައްސަލަތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އައްޑޫ ސިޓީގެ އެއާޕޯޓުގެ ވާހަކައާއި ކޮވިޑާއިއެކު ބަންދުކޮށްފައިވާ ދެ ރިސޯޓުގެ ވާހަކަ އާންމު ރައްޔިތުންވެސް އަހަމުންދާކަން މެމްބަރު ފާހަގަކުރެއްވިއެވެ. އެއާޕޯޓުގެ ވާހަކަތައްވެސް ބަޖެޓުގައި ހިމަނާފައިވާއިރު، އެއާޕޯޓުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދަނީ ކީއްވެތޯ ސިޓީގެ ރައްޔިތުން ސުވާލުކުރަމުންދާކަމަށް މެމްބަރު ވިދާޅުވިއެވެ. އޭގެ އިތުރުން، ބިން ހިއްކުމުގެ މަޝްރޫއުގެ ވާހަކަތައްވެސް ބަޖެޓުގައި ހިމެނިގެންދާއިރުވެސް، ބިން ހިއްކުމަށްޓަކައި ކުރަމުންދާ އެއްވެސް މަސައްކަތެއް ނުފެންނާތީ އެކަމުގެ ކަންބޮޑުވުންތައް އާންމުން ފާޅުކުރާކަމަށް މެމްބަރު ވިދާޅުވިއެވެ.

އައްޑޫ ސިޓީއަކީ މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގައި އެންމެ އާބާދީ ބޮޑު ސަރަހައްދުކަން ފާހަގަކުރެއްވިއެވެ. އަދި ވަޒީފާ ނުލިބިފައި ތިބި އެތައް ޒުވާނުންނެއް މިއަަދުވެސް އައްޑޫ ސިޓީގައި ތިބިއިރު އިގްތިސާދީ އެއްވެސް ކުރިއެރުމެއް އެސިޓީއަށް ނާންނާތީ ސިޓީގެ ގިނަ ވިޔަފާރިތަކެއް ބަނގުރޫޓޫވަމުންދާކަމަށް ވިދާޅުވިއެވެ. އަދި ބަޖެޓުގައި މިކަންކަމަށް އަލިއަޅުވާލައި އިގްތިސާދު ކުރިއަރުވައި، ޒުވާނުންނަށް ދިމާވެފައިވާ މިފަދަ މައްސަލަތައް ހައްލުކުރުމަށް ބަޖެޓުގައި މިފަދަ ކަންކަން ހިމެނުމަކީ މުހިންމުކަމެއްގެ ގޮތުގައި މެމްބަރު ފާހަގަކުރެއްވިއެވެ.

އައްޑޫ ސިޓީގެ ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅިފައިވާ އެއާޕޯޓުތަކާއި ރިޒޯޓުތަކުގެ ކަންކަމަށް އަލިއަޅުއްވާލައްވައި މެމްބަރު އަހުމަދު ރަޝީދު ވިދާޅުވީ ބަޖެޓުގައި އެއާޕޯޓު ތަރައްގީކުރުމަށް 60 މިލިއަން ރުފިޔާއިން އަގުޖަހާފައި އޮތުމަކުން އެކަން ނުވާނެ ކަމަށެވެ. އަދި އެއާޕޯޓަށް ހަރަދުކުރުމަކީ އެހިސާބަށް އަންނާނެ ފްލައިޓްތަކާއި ފަތުރުވެރިންގެ އަދަދު އިތުރުވާނެކަމެއްކަމަށް ނުބެލެވޭކަމަށްވެސް މެމްބަރު ވިދާޅުވިއެވެ. އޭގެ ބަދަލުގައި ފަތުރުވެރިކަމުގެ އެނދުތައް އިތުރުކުރުމަށް އިސްކަމެއް ދިނުން މުހިންމުކަމަށް މެމްބަރު ވިދާޅުވިއެވެ. އަދި އިގްތިސާދަށް ކުރިއެރުން އަންނާނީ އެއާޕޯޓާއި އެއާޕޯޓާއި ގުޅިފައިވާ ވިޔަފާރިތަކާއި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވައިގެންކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

“ފަތުރުވެރިކަމުގެ ސިނާއަތަށް އަހުލުވެރިވެފައިވާ އައްޑޫ ސިޓީގައި މިއޮންނަނީ ތިން ރިޒޯޓު. އޭގެތެރެއިން ދެ ރިޒޯޓެއް ކޮވިޑާއި ގުޅިގެން މިވަނީ ބަންދުކޮށްފައި. ޝަންގްރިއްލާއަކީ ދައުލަތުގެ ހިިއްސާ އޮންނަ ތަނަކަށްވާއިރު ކޮންމެ އަގެއްގައިވެސް އެތަން ހުޅުވަންޖެހޭނެކަމަށް، އެތަން ހުޅުވައިދިނުމަކީ އައްޑޫ ސިޓީ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއް. ހެރެތެރެވެސް މިއޮންނަނީ ބަންދުކޮށްފައި. އެންމެ އިންވެސްޓަރެއްގެ ހައްގުގައި މުޅި އައްޑޫސިޓީއާއި ރާއްޖެ ގުރުބާންކުރުމަކީ ކުރެވޭނެކަމެއް ނޫން.”

މީގެ އިތުރަށް މެމްބަރު ވަނީ ތަކެތީގެ އަގު އުފުލުމާއި އިންފްލޭޝަން މައްޗަށް ދިޔުމުގެ ސަބަބުން ރާއްޖެއަށް ގެއްލުންތަކެއް ނުވަނީސް ވަޒީފާއެއް ނުލިބިފައި ތިބި ޒުވާނުންނަށް އެލަވަންސް ދިނުމަށް ގޮވާލާފަައެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ޒުވާނުންނަށާއި ވަޒީފާ ނުލިބިފައި ތިބި ޒުވާނުންނަށް ޚާއްސަ އެލަވަންސެއް ދިނުމަށް ބަޖެޓުގައި ކަނޑައެޅުމަށް ވަނީ ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: