ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އދގެ އާންމު މަޖިލީހުގެ މަސައްކަތްތައް ހަރުދަނާކޮށް، ނަތީޖާ ނެރެންޖެހޭ: ޝާހިދު

އދގެ އާންމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ޝެއާރކޮށްލާ ކަހަލަދޯ؟

އދގެ އާންމު މަޖިލީހުގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކޮށް، ނަތީޖާ ނެރުމަށް މަސައްކަތްކުރުމަށް އެމަޖިލީހުގެ ރައީސް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

އދގެ އާއްމު މަޖިލީހުގައި އިއްޔެ މިކަމާ ބެހޭ ގޮތުން ކުރިއަށްދިޔަ ބަހުސްގައި، މިނިސްޓަރ ޝާހިދު ވަނީ އާއްމު މަޖިލީހުގެ ރިޔާސަތަށް ވާދަކުރެއްވި އިރު ވައުދުވެވަޑައިގެންނެވި ފަދައިން، އެމަޖިލީހުހެ އޮނިގަނޑާއި މަސައްކަތްތައް ހަރުދަނާކުރުމާ ގުޅޭ ބައެއް ކަންކަން ހުށަހަޅުއްވައިފިއެވެ.

ޝާހިދު ވިދާޅުވީ އދގެ އާއްމު މަޖިލީހަކީ ދުނިޔޭގައި އޮތް އެންމެ ބޮޑު މަލްޓިލޭޓަރަލް ޕްލެޓްފޯމްކަމަށާއި، މުހިއްމު އެކި ދާއިރާތަކުން އެމަޖިލީހުން ކަނޑައަޅާ ސިޔާސަތުތަކަކީ މުޅި އިންސާނިއްޔަތަށް މުހިއްމު ނިންމުންތަކެއް ކަމަށެވެ. އެހެންކަމުން، އާއްމު މަޖިލީހުގެ މަސައްކަތްތައް ތަރުތީބުކުރެވެނީ އިންސާނިއްޔަތާއި އިންސާނުންނައް އެވަގުތަކަށް ދިމާވެފައިވާ އެންމެ މުހިއްމު މައްސަލަތަކާއި މެދު ބަހުސްކުރެވި، އެމައްސަލަތަކަށް އަވަސް ހައްލެއް ގެނެވޭނެ އިންތިޒާމަކުން ކަން ކަށަވަރުކުރަން ޖެހޭކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

އަދި އެކަމަށްޓަކައި ކަނޑައަޅާފައިވާ އާއްމު މަޖިލީހުގެ އެޑްހޮކް ވަރކިން ގްރޫޕުން ދެ ކަމަކަށް އިސްކަން ދެއްވުމަށް މިނިސްޓަރ އިރުޝާދު ދެއްވިއެވެ. އެގޮތުން އދގެ ޗާޓަރު އެކުލަވާލިއިރު އާއްމު މަޖިލީހާއި ސަލާމާތީ މަޖިލީހުގެ ބާރުތަކަށް އެއްވަރަކަށް މުހިއްމުކަން ދިން ނަމަވެސް، މިހާރު އާއްމު މަޖިލިސް ކުރިއަށް ދާގޮތުން މުހިއްމު ކަންކަމާ މެދު މަޝްވަރާނުކުރެވި، ދިގު ބަހުސްތަކެއް ކުރިއަށް ގޮސް، ފިޔަވަޅުތައް އެޅުން ވަރަށް ބޮޑުތަކުން ދިގުދެމިގެންދާކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން އާއްމު މަޖިލީހަށް ލިބިފައިވާ މަޝްވަރާކޮށްގެން ހައްލު ނެރުމުގެ ބާރުގެ ބޭނުން ހިފޭނެ ގޮތަކަށް މަސައްކަތްތައް އަތުރާލުމަށް މެމްބަރު ގައުމުތަކަށް ގޮވާލެއްވިއެވެ.

މީގެ އިތުރުން އާއްމު މަޖިލީހުގައި ކުރެވޭ ބައެއް މަސައްކަތްތައް ތަކުރާރުކޮށް ދެވަނަ ފަހަރަށް ނުވަތަ ތިން ވަރަށް ފަހަރަށްވެސް ކުރެވޭ ތަން އަންނަކަމަށާއި، ބައެއް ގަރާރުތައް ކޮންމެ އަހަރަކު ހުށަހެޅޭއިރު އެއަށް އެކަށީގެންވާ ބަދަލުތަކެއް ގެނެވިފައި ނުހުންނަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންކަމުން އާއްމު މަޖިލީހުގެ މަސައްކަތް ކުރިއަށްދާގޮތް މިހާރަށްވުރެ ހަރުދަނާކޮށް، ނަތީޖާ ނެރުމަށް މަސައްކަތްކުރުމަށް މިނިސްޓަރ ލަފާދެއްވިއެވެ.

މިނިސްޓަރ ޝާހިދުގެ ވާހަކަތަކަށް ގިނަ ގައުމުތަކުން ތާއީދުކުރިއިރު، އެމެރިކާ އަދި ސިންގަޕޯރ ފަދަ ޤައުމުތަކުން ވަނީ މިނިސްޓަރގެ އުއްމީދުގެ ރިޔާސަތުގެ ވާހަކަ ފާހަގަކޮށް، އެގައުމުތަކުން އެމަސައްކަތް ބަލައިގަންނަކަން އިއްޔެގެ ބަހުސްގައި ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: