ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމިޓީން ނިންމީ ގަރާޖު ސިޓީ އުވާލާ އިސްލާހު ފާސް ނުކުރަން، ރިޕޯޓު ތަޅުމަށް!

މާލޭގައި އުޅަނދުތައް ގިނަވެ، އޭޖް ލިމިޓެއް ކަނޑެއެޅުމުގެ މަޝްވަރާ ވަނީ ފަށާފައި/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގަރާޖެއް ނެތި ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ނިންމައިފި އެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް މި އިސްލާހު ހުށަހަޅާފައި ވަނީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) އެވެ. ކޮމިޓީގެ މެމްބަރުންގެ މެދުގައި ކުރެވުނު މަޝްވަރާތަކަށް ފަހު، އެއްބަސްވީ ޕާކު ކުރުމުގައި ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށާއި، ރައްޔިތުންނަށް އެކަމުގައި ދިމާވާ މާލީ އުނދަގޫތަށް ކުޑަ ކުރުމަށް ކަމާއި ގުޅޭ މުވައްސަސާތަކާއި ގުޅިގެން އިންތިޒާމުތައް ހަމަޖެއްސުމަށެވެ. ކޮމިޓީގެ ނިންމުންތަކުގެ ތަފްސީލު ރިޕޯޓު ފާސްކޮ މަޖިލީހުގެ ތަޅުމަށް ފޮނުވަން ތައްޔާރުވެފަ އެވެ.

މޮސްޓާ އިސްލާހު ހުށަހެޅީ އޮތީ ހަތަރު ފުރޮޅުލީ އުޅަނދު ނުވަތަ ކާރެއް ރެޖިސްޓްރީ ކުރާއިރު، އެ އުޅަނދު ބާއްވާނެ ގަރާޖުގެ ތަފްސީލު ހުށަހެޅުން ލާޒިމް ނުވާ ގޮތަށެވެ. އެ ހުށަހެޅުމާއި މެދު މާލެ ސިޓީ ކައުންސިލާއި މަޝްވަރާ ކުރުމުން މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ގަރާޖު ލާޒިމް ކުރާ މާއްދާ އުވާލުމުން ނިކުންނަ މައްސަލަތައް އިތުރުވާނެ ކަމަށެވެ. އެގޮތުން ވެރިރަށް މާލެއަށް އެތެރެ ކުރާ އުޅަނދުތަކުގެ އަދަދު އިންތިހާއަށް އިތުރުވެ، މަގުތައް ތޮއްޖެހި ނިކުންނަ ނަތީޖާ ގޯސްވާނެ ކަމަށް ވިދާޅުވި އެވެ.

މާލޭގައި އެއް ގަރާޖަށް އެކަނި ވެސް 100 އަށް ވުރެ ގިނަ ކާރު ރެޖިސްޓްރީކޮށްފައި ވެއެވެ. އަދި އެއްވެސް ގަރާޖަކަށް ރެޖިސްޓްރީ ނުކޮށް މާލެއަށް އެތެރެ ކުރި 400 އެއްހާ އުޅަނދު ގެންގުޅޭކަމަށް މާލެ ސިޓީ ކައުންސިލުން ލަފާ ކުރެ އެވެ.

މާލޭގެ މަގުތަކުގައި ބޭނުން ނުކުރާ ކާރުތަކާއި، ޕިކަޕުތައް އިންތިހާއަށް ގިނައިރު އެ އުޅަނދުތައް ނައްތާލުމުގެ މަސައްކަތް ކުރަން ޖެހޭކަން މޭޔަރު ފާހަގަ ކުރެއްވި އެވެ.

މިހާރުވެސް ނައްތާލަން ޖެހޭ ވެހިކަލްތައް ވެސް މާލެތެރޭގައި އެކި ތަންތަނުގައި ޕާކްކޮށްފައި ހުރިކަން މުޢިއްޒު ފާހަގަކުރެއްވިއެވެ. މާލޭގައި ބޭނުން ކުރާ ވެހިކަލްތަކުގެ އޭޖް ލިމިޓެއް ނުވަތަ ބޭނުން ކުރެވޭނެ މުއްދަތެއް ކަނޑައެޅުމުގެ މަޝްވާރާތަކެއް ކުރި ނަމަވެސް މިހާތަނަށް ނިންމުމަކާއި ހަމައަށް އާދެވިފައި ނުވެއެވެ. ނަމަވެސް އަހަރެއްގެ މައްޗަށް އެތެރެ ކުރެވޭނެ އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ޓްރާންސްޕޯޓު މިނިސްޓްރީން ހިއްސާ ކުރި ތަފާސްހިސާބުތަކަށް ރިއާޔަތްކޮށް، އަދަދެއް ކަނޑައެޅުމުގެ މަސައްކަތް ކުރިޔަށްދާކަމަސް ކޮމިޓީ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވެފައި ވެއެވެ.

މަޖިލީހުގެ މެމްބަރުންގެ މެދުގައި ހޫނު ބަހުސްތަކެއް ކުރެވުނު މި މައުޟޫއަށް މެމްބަރު ނަޝީދު ވިދާޅުވީ އެއް ގަރާޖަށް ގިނަ ކާރުތައް ރެޖިސްޓްރީ ކުރުން ވިޔަފާރިއަކަށް ބަދަލުވެފައިވާ ކަމަށެވެ. އަދި ގަރާޖު ސިޓީ ބޮޑު އަގުގައި ވިއްކަމުން ގެންދާތީ، ދައުލަތަށް އޭގެ ސަބަބުން ކުރާ ގެއްލުން އަންދާޒާ ނުކުރެވޭހާ ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމިޓީ މަރުހަލާގައި މީގެ ކުރިން ނިންމީ އެ އިސްލާހު ފާސް ކުރުމަށެވެ. ކޮމިޓީ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ފޮނުވުމުން އެކަމާއި އެންމެ ބޮޑަށް ދެކޮޅު ހެއްދެވި ބޭފުޅުންގެ ތެރޭގައި މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ، މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ހިމެނެ އެވެ. 

މާލޭއަށް ހަތަރުފުރޮޅު ލީ އުޅަނދެއް ރެޖިސްޓްރީ ކުރެވޭނީ އެ އުޅަނދު ބާއްވާނެ ގަރާޖެއް ދެއްކުމުންނެވެ. އަހަރުތަކެއް ފަހުން ގަރާޖުތަކަށް ކާރުތައް ރެޖިސްޓްރީ ކުރުން ވިޔަފާރިއަކަށް ވެ، އެއް ގަރާޖަށް އެތައް ސަތޭކަ ކާރެއް ރެޖިސްޓްރީކޮށްފައި އެވެ.

މީގެ ކުރިން މި މަސައްކަތް ބަލަހައްޓަމުން އައީ ޓްރާންސްޕޯޓު މިނިސްޓްރީން ނަމަވެސް މިހާރު އެ ޒިންމާ ހަވާލު ކުރެވިފައި ވަނީ މާލެ ސިޓީ ކައުންސިލާއި އެވެ. ގަރާޖު ސިޓީ މައްސަލައިގައި ސިޓީ ކައުންސިލާއި، ޓްރާންސްޕޯޓާއި ދެމެދު ބަހުގެ ހަމަލާތައް ރައްދު ކުރެވުނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: