ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޭސް ދޭއްގެ އާބާދީއަށް ބޭނުންވާ ހިދުމަތްތައް ގާއިމް ކުރުމުގެ މަސައްކަތް ދަނީ ކުރިޔަށް: ސުހެއިލް

ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު
ޝެއާރކޮށްލާ ކަހަލަދޯ؟
ހުޅުމާލޭގެ ދެވަނަ ފިޔަވަހިއަށް ގިނަ އަދަދެއްގެ ރައްޔިތުން ބަދަލުވަމުންދާއިރު، ތަނުގައި ގާއިމުވާ އާބާދީއަށް ހިދުމަތް ދިނުމުގެ ވަސީލަތް ގާއިމު ކުރެވޭނެކަމަށް ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ހަދަން ފެށި ރާއްޖޭގެ އެންމެ ބޮޑު ފެންއަރުވާވަޑާން ނިންމައި ހުޅުވުމުގެ ރަސްމިއްޔާތު ރޭ ވަނީ ބާއްވާފަ އެވެ. މިއުޒިކާއި ލައިޓިންއާ އެއްވަރަށް ފެންގަނޑުގެ ހަރަކާތްތައް ހިންގާ އިންޓަރެކްޓިވް ވޯޓާ ފައުންޓެއިން ހުޅުއްވައި ދެއްވީ އެކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނެވެ.

ޕާކުގެ ފެންގަނޑުގެ ހަރަކާތްތައް މިއުޒިކާއި، ލައިޓިން އާއި އެއްވަރަށް އޮޕަރޭޓު ވާނެ އެވެ. ޖުމްލަ 20،021 އަކަފޫޓުގެ ސަރަހައްދެއްގައި ހަދާފައިވާ މިތަނުގެ ފެންގަނޑު 15 މީޓަރާ ހަމައަށް މައްޗަށް އަރާނެ އެވެ.

މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އަލްކޭ އިންސާތު ސަނައީ ވެ ޓިކަރެޓް އޭއެސްއަށް ހަވާލުކުރެވިގެންނެވެ. ރޭ ރަސްމީކޮށް ހުޅުވި މި އިންޓަރެކްޓިވް ފައުންޓަން އަކީ ސެންޓްރަލް ޕާކު ތަރައްގީ ކުރުމަށް ބަހާލައިފާ ޒޯންތަކުގެ ތެރެއިން މުހިއްމު އެއް ޒޯނެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ސުހެއިލް އަހުމަދު ވިދާޅުވީ، ހުޅުމާލޭގައި އާއިލާ އާއި ގާތް ރަހުމަތްތެރިންނާ އެކު ވަގުތު ހޭދަކޮށްލާ ހިތްހަމަޖައްސާލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި ވިދާޅުވީ، މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ފަސޭހަކާމާއި އެކު ބޭނުން ކުރެވޭނެ ހުސް ޖާގަތަކެއް ކަނޑައަޅާފައިވާކަމަށާއި އެ ޖާގަތައް ބޭނުން ކުރާނީ ރައްޔިތުންނާއި ގުޅުން ހުރި ފައިދާވާ ހަރަކާތައް ކުރިޔަށް ގެންދިއުމަށް ކަމަށެވެ. 

ހުޅުމާލެއަކީ މިވަގުތު އާބާދީ ބޮޑުވަމުން އަންނަ ސިޓީއެއްކަން ފާހަގަ ކުރައްވައި ސުހެއިލް ވިދާޅުވީ، ހުޅުމާލޭގެ ފޭސް ދޭއްގައި އެކަނި ވެސް ކުރިޔަށް އޮތް ތަނުގައި އާބާދީ ބޮޑުވެގެން ދާނެ ކަމަށެވެ. އެހެން ކަމުން އާބާދީއަށް އަންނަމުން ދާ އަވަސް ބަދަލާއި އެކު އެއްވެސް މަޝްރޫއަކަށް އުނިކަމެއް ނައިސް ހިދުމަތް ދޭން ޖެހޭކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކުން ފެށިގެން، މުނިފޫހިފިލުވުމުގެ އިތުރުން ގިނަ ވަސީލަތްތައް ގާއިމް ކުރެވެމުންދާކަމަށް ސުހެއިލް ވިދާޅުވި އެވެ.

މީގެ އިތުރުން ރެކްރިއެޝަން ޒޯނާއި މިސްކިތެއް ހިމެނޭ ގޮތަށް ސަރަހައްދެއް ތަރައްގީ ކުރަމުން އަންނަކަން ފާހަގަކޮށް ސުހައިލް ވިދާޅުވީ އާބަން ފާމިންއަށް ހާއްސަ ކުރި ސަރަހައްދު ވެސް އިތުރަށް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: