ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެންއަރުވާ ވަޑާން ހުޅުވުމުން މޭޔަރުގެ ޝުކުރު ރައީސް ޔާމީނަށް!

ސެންޓްރަލް ޕާކުގައި ހުޅުވި ރާއްޖޭގެ އެންމެ ބޮޑު ފެންއަރުވާ ވަޑާން/ ފޮޓޯ: އެޗްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސެންޓްރަލް ޕާކުގައި ރޭ ހުޅުވި ފެންއަރުވާ ވަނޑާމުގެ ބޮޑު ބައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އޮތީ ނިމިފައިކަމަށް އެ ސަރުކާރުގެ ހައުސިން މިނިސްޓަރު އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެޗްޑީސީން ރޭ ހުޅުވީ، ރާއްޖޭގައި މިހާތަނަށް ގާއިމު ކުރި އެންމެ ބޮޑު ފެންއަރުވާ ވަޑާމެވެ. ސެންޓްރަލް ސަރައްހައްދުގައި ބޭއްވި ކުލަ ގަދަ ރަސްމިއްޔާތަކާއި އެކު ހުޅުވި ފެންއަރުވަ ވަޑާމުގައި 20،021 އަކަފޫޓުގެ ޖާގައެއް ހުރެ އެވެ. ޕާކުގެ ފެންގަނޑުގެ ހަރަކާތްތައް މިއުޒިކާއި، ލައިޓިން އާއި އެއްވަރަށް އޮޕަރޭޓު ވާއިރު ތަނުގެ ފެންގަނޑު 15 މީޓަރާ ހަމައަށް މައްޗަށް އަރާނެ އެވެ.

މިއީ ރައީސް ޔާމީންގެ ތަރައްގީގެ މަޝްރޫއުއެއްކަން ފާހަގަ ކުރައްވައި ޑރ. މުއިއްޒު ވިދާޅުވީ އެ ފެންއަރުވާ ވަނޑާމުގެ އަމަލީ މަސައްކަތް ފެށުނީ 2017 ވަނަ އަހަރު ކަަމަށެވެ. އަދި ވިދާޅުވީ ރައީސް ޔާމީންގެ ފަސް އަހަރުގެ ދައުރު ނިމުނުއިރު މަޝްރޫއުގެ 80 އިންސައްރަ މަސައްކަތް އޮތީ ނިމިފައި ކަަމަށް މުއިއްޒު ވިދާޅުވި އެވެއަސ ތހެ ..

ވެރިކަން ބަދަލުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރާއި ހަވާލުވުމާއި އެކު ފެންއަރުވާ ވަޑާމުގެ މަސައްކަތް މަޑުޖެހިގެން ދިޔަކަމަށް މުއިއްޒު ވިދާޅުވި އެވެ. އެހެން ކަމުން އަހަރުތަކެއް ފަހުން ނަމަވެސް ރައީސް ޔާމީންގެ ތަރައްގީ އާއި އެމަނިކުފާނުގެ ލީޑާޝިޕްގެ ތަސައްވުރުން ޕްރޮޖެކްޓެއް އައުމަކީ ޝުކުރު ހައްގު މަސައްކަތެއްކަމަށް އޭނާ ވިދާޅުވި އެވެ.

މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ތުރުކީގެ ކުންފުންޏެއް ކަމަށްވާ އަލްކޭ އިންސާތު ސަނައީ ވެ ޓިކަރެޓް އޭއެސް އާއި ހަވާލުކޮށްގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: