ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައިސާ ޗާޕްކުރާނަމަ އިގްތިސާދު ބްލީޑްވާނެ، މިވެވެނީ ރައްޔިތުންނަށް ހިޔާނާތް: އާދަމް ޝަރީފް

ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ތިންވަނަ ފަހަރަށް ފައިސާ ޗާޕްކޮށްފިނަމަ އިގްތިސާދު ބްލީޑްވާނެ ކަމަށާއި، އެމްޑީޕީގެ ސުޕަ މެޖޯރިޓީއަކާއެކުވެސް އެހިސާބުން އެވެވެނީ ރައްޔިތުންނަށް ޚިޔާނާތްކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ފައިސާ ޗާޕްކުރުމަށް މަޖިލީހުން ދީފައިވާ ހުއްދަ އަނެއްކާވެސް އިތުރުކޮށްދިނުމަށް އެދި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ސޮއިކުރައްވާ ފޮނުވި ސިޓީގައިވާ ކަންކަމަށް އިޝާރާތްކުރައްވައި މެމްބަރު އާދަމް ޝަރީފް ވިދާޅުވީ މިއީ އެމްޑީޕީގެ ސުޕަމެޖޯރިޓީއެއް އޮތަސް ކުރަން ހެޔޮވާވަރުގެ ކަމެއް ނޫންކަމަށެވެ. އެގޮތުން ކޮވިޑަށްފަހު ބޯޑަރު ހުޅުވާލައި، ފަތުރުވެރިން އަންނަމުންދާ މިންވަރު އިތުރުވެ އިގްތިސާދީ ހާލަތު ރަނގަޅުވަމުން އަންނަކަން ސަރުކާރުންވެސް ފާހަގަކުރައްވާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި ބޭރުގެ ހިލޭ އެހީތައްވެސް ލިބޭނެކަމަށް ސަރުކާރުންވެސް ފާހަގަކުރައްވާއިރު މިހާލަތުގައި މިކަން ކުރަންޖެހޭ ސަބަބެއް ރައްޔިތުންނަށްވެސް ވިޔަފާރިވެރިންނަށްވެސް ނުވިސްނޭކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ސަރުކާރަށް ބަޖެޓް މެނޭޖްކުރަން ދަތިވާނަމަ. ކުރަންޖެހޭ އެހެނިހެން ކަންކަން އެބަހުރިކަމަށެވެ. އެންމެ ފުރަތަމަ ކުރަންޖެހޭ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ސިޔާސީ މަގާމުތަކުގައި ތިބި މީހުން މަދުކުރުމެވެ. އަދި އެއަށްފަހު ދައުލަތުގެ ރިކަރަންޓް ހަރަދުތައް ކުޑަކޮށް، މަޖިލީހުގެ މެމްބަރުންނާއި ސިޔާސީ އެކި މަގާމުތަކުގައި ތިބި މީހުންގެ މުސާރަތައް ކުޑަކުރުމަށް ސަރުކާރަށް ވަނީ ގޮވާލާފައެވެ. އެކަންކަން ނުކޮށް، ފައިސާ ޗާޕްކުރުމަކީ މިވަގުތު ދައުލަތުގެ ދަރަނި އިތުރުވަމުންދާ މައިގަނޑު އެއް ސަބަބުކަމަށް ވިދާޅުވިއެވެ. އަދި މިހިސާބުން މިކަންކަމަކީ ތާހިރު ކަންކަމުގެ ގޮތުގައި ނުބުނެވޭނެ ކަމަށާއި މިކަންކަމަކީ މުޑުދާރު ކަންކަމުގެ ގޮތުގައި އާދަމް ޝަރީފް ސިފަކުރެއްވިއެވެ.

އެމްޑީޕީގެ ވެރިކަމަކަށް ތިން އަހަރު ވެގެންދާއިރު، މިއަދު އެމްޑީޕީ ސަރުކާރުން ދިވެހި ރައްޔިތުންނަށް މިދެނީ ބޮނޑިއެއް ކަމަށް ވިދާޅުވިއެވެ. އަދި މިއީ އެއްވެސް ހާލެއްގައި ރައްޔިތުންނަށް ފައިދާހުރި ކަމެއްނޫންކަމަށް މެމްބަރު ވިދާޅުވިއެވެ. މިކަންކަމަކީ ދަރަނި ހަމަޖައްސަން ނޭނގި، ސަރުކާރަށް މިކަން ކުރަން ނޭނގޭތީ ކުރަމުންދާ ކަންތައްތަކެއްކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. މިކަމުގައި މަޖިލީހަށް އޮންނާނެ ދައުރަކީ ސަރުކާރަށް މިކަމުގައި އޮތް ރަނގަޅު ގޮތް ބުނެދިނުން ކަމަށާއި މިކަމަށް ފަރުޥާއެއް ހޯދައިދިނުން ކަމަށެވެ. އެކަންކަމަކީ ސަރުކާރަށް އެނގޭ ކަންކަމެއް ނޫންކަމަށް ވިދާޅުވިއެވެ.

“އާދޭސްކުރަން މަޖިލިސް މެމްބަރުންނަށް ސަރުކާރަށް ދަންނަވައިދޭން މިކަން މިހެން ނުކުރުމަށް. މިކަން ނުކޮށް ސަރުކާރަށް ވިދާޅުވެދެއްވާ އަންނަން އޮތް ޖީލުތަކުގެ ބޮލުގައި މިދަރަނި ނާޅުވައި ދެން އަންނަ ސަރުކާރަކަށްވެސް މިކަމުގެ ޒިންމާ ނަގަންނުޖެހޭނެ ފަދަ ގޮތަކަށް މިކަން މެނޭޖްކުރުމަށް ސަރުކާރަށް ގޮވާލަން” އާދަމް ޝަރީފް

މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ މިއީ ވަރަށް ކަންބޮޑުވާކަމެއް ކަމަށެވެ. މަޖިލީހުގައި ތިއްބެވީ ރައްޔިތުންނަށް އިހްލާސްތެރި ހާދިމުން ނުވަތަ މެމްބަރުންތަކެއް ކަމުގައިވާނަމަ، މިމައްސަލާގައި ވަރަށް ރަނގަޅަށް ވިސްނާނެކަމަށެވެ. މިހާރު މިގޮތަށް އަބަދު އުޅެންވެއްޖެނަމަ، ތާހިރު ދިރިއުޅުމެއް ދުވަހަކުވެސް ނުލިބޭނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި ސަރުކާރުން މިކުރާ ކަންކަން ހުއްޓުވޭނީ މަޖިލީހުން މިކަމުގައި ހަރުދަނާ ސިޔާސަތުތަކެއް ގެންގުޅެގެންކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި ތިންވަނަ ފަހަރަކަށް ފައިސާ ޗާޕްނުކުރުމަށް ތަކުރާރުކޮށް ގޮވާލެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: