ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑު 19 ގެ ތެރޭގައި އާއްމުންނާއި ކުންފުނިތަކަށް ބޮޑެތި އެހީތަކެއް!

އިންޑިއާ އިން އިއްޔެ ރާއްޖެ ގެނައި ވެކްސިންގެ ފުރަތަމަ ޝިޕްމެންޓު/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

15 އޭޕްރީލް 2020 ގައި ކޮވިޑު-19 ގެ ފުރަތަމަ ކޮމިއުނިޓީ ޓްރާންސްމިޝަނަށް ފަހު ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރެވިގެން ދިޔަ އެވެ. ދުނިޔެއަށް ދިމާވި މި ބޮޑު ބަލިމަޑުކަމުގެ ސަބަބުން، ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސާދީ ގޮތުން ގޮންޖެހުންތަކާއި ދިމާވެ، ކުޑަކުދިންގެ ތަޢުލީމަށް އަސަރުކޮށް، ނަފްސާނީ އިޖްތިމާއީ އެހީއަށް ބޭނުންވާ މިންވަރު ބޭނުންތައް އިތުރުވެ، ގެވެށި އަނިޔާއާއި، ނިކަމެތިކަމާއި، ތަފާތުކުރުން އިންތިހާއަށް އިތުރުވެގެން ދިޔައެވެ. ވެރިރަށް މާލޭގެ މި ސަރަހައްދަކީ ދުނިޔޭގެ ނިސްބަތުން ވެސް އެންމެ ތޮއްޖެހިފައިވާ އެއް ސަރަހައްދެވެ.

2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 18 ގެ ނިޔަލަށް ރާއްޖޭގައި ކޮވިޑު ޖެހުނު މީހުންގެ އަދަދު 90،340 އަށް އަރަ އެވެ. ސިއްހީ ކާރިސާއަށް ތައްޔާރުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ސަރަހައްދީ ފަސް ސިއްހީ ފެސިލިޓީއެއް ގާއިމްކޮށްފަ އެވެ. ސަރުކާރުގެ ހިދުމަތްތަކަށް ބުރޫއެރުމުން، އޮންލައިންކޮށް ހިދުމަތްތައް ދޭން ފެށުނެވެ. ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު ގާއިމްކޮށް، އެ ތަނުގެ ދަށުން ހުރިހާ އިންތިޒާމެއް ބެލެހެއްޓި އެވެ.

ކޮވިޑު-19 އިން އަރައިގަތުމަށް ސަރުކާރުން ކުރި މަސައްކަތްތަކުގެ ތެރެއިން، އިކޮނޮމިކް ރެސްޕޮންސް ޕެކޭޖުގެ ދަށުން އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކަށް ޖުލައި މަހުގެ ނިޔަލަށް 2 ބިލިއަނަށް ވުރެ ބޮޑު އެހީއެއް ދީފައި ވެއެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ދޫކޮށްފައިވާ ކޮވިޑު ރިކަވަރީ ލޯނުގެ ގޮތުގައި ޖުމްލަ 709.2 މިލިއަން ރުފިޔާ ދޫކުރި އެވެ. އަދި އީއައިބީ ރިކަވަރީ ލޯނު ސްކީމް، ފޭސް އެކެއްގެ ދަށުން ދޫކުރީ 354.1 މިލިއަން ރުފިޔާ އެވެ.

މީގެ އިތުރުން އެސްޑީއެފްސީ މެދުވެރިކޮށް ދޫކޮށްފައިވާ ކޮވިޑު-19 ގެ ރިކަވަރީ ލޯނުގެ އަދަދަކީ 363 މިލިއަން ރުފިޔާ އެވެ.

Covid-19 jehunu meehunge adhadhu ginavejje - Dhiyares
ރާއްޖޭގައި ކޮވިޑުގެ ހާލަތު ގޯސްވުމުން، ސަރުކާރުން ވަނީ އާއްމުންނަށް އެހީތެރިކަން ފޯރުކޮށްދީފައި

ވަޒީފާ ގެއްލުނު ފަރާތްތަކަށް ސަރުކާރުގެ ފަރާތުން އިންކަމް ސަޕޯޓު އެލަވަންސް

ކޮވިޑުގެ ތެރޭގައި ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ބޮޑެތި ބަދަލުތަކެއް އައިސް، ގިނަ ބައެއްގެ ވަޒީފާ ގެއްލުނެވެ. އަދި މުސާރައިން ވަކި އިންސައްތައެއް ވަކި ކުރުމާއި އެކު މުސާރަ ނުހިނގާ ގޮތަށް ވެސް ބައެއް މުވައްޒަފުން މަސައްކަތް ކުރަން ޖެހުނެވެ. މިކަން ހައްލު ކުރުމަށް އިންސަމް ސަޕޯޓުގެ ނަމުގައި އެލަވެންސްއެއް ދޫކޮށް ސަރުކާރުން ވަނީ 421 މިލިއަން ރުފިޔާ ދޫކޮށްފަ އެވެ.

ކަރަންޓާއި ފެން ބިލުން ދޫކުރި ސަބްސިޑީ

ދެވަނަ ބޮޑު ހަނގުރާމައަށް ފަހު މުޅި ދުނިޔެ ކުރިމަތިލާން ޖެހުނު އެންމެ ބޮޑު އިގްތިސޯދީ ކާރިސާ އަކީ ކޮވިޑު-19 އެވެ. އަދި ރާއްޖޭގެ މުޅި އިގްތިސޯދު ޓޫރިޒަމަށް ބަރޯސާ ވެފައިވާއިރު ގިނަ ގައުމުތަކުގެ ބޯޑަރު އޮތީ ބަންދުކޮށްފަ އެވެ.

މި ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އެތައް ކުންފުންޏެއް ބަނގުރޫޓުވެ، މާލީ ހާލަތު ދަށް ވި އެވެ. އާއްމު ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކުގައި ގިނަ އުނދަގޫތަކަކާއި ކުރިމަތި ލާން ޖެހުނެވެ. ދުނިޔޭގެ ބޮޑެތި އަދި ކުރިއަރާފައިވާ ގައުމުތަކުގައި އަމަލު ކުރި ގޮތަށް، ސަރުކާރުން މިދިޔަ އަހަރު ކަރަންޓާއި ފެންބިލުން ޑިސްކައުންޓެއް ފޯރުކޮށްދީފައި ވެއެވެ. އަދި ބިލު ބަހާލައިގެން ދެކެއްނޭ އިންތިޒާމު ހަމަޖެހުނެވެ.

2021 ވަނަ އަހަރުގެ ތެރޭގައި މާލޭގައި ދެވަނަ ފަހަރަށް ކޮވިޑުގެ ހާލަތު ވަރަށް ބޮޑުތަނުން ގޯސްވެ، ދިމާވި ހާލަތާއި އެކު ސަރުކާރުން ނިންމީ ބިލުން ޑިސްކައުންޓެއް ދޭށެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ކަރަންޓު ބިލުން ދީފައިވަނީ 145.7 މިލިއަންގެ ޑިސްކައުންޓެވެ. އަދި އެ އަހަރު ފެންބިލުން 25.9 މިލިއަންގެ ޑިސްކައުންޓެއް ދެވުނެވެ.

ކަރަންޓު ބިލުތަކުގެ ހިސާބުތައް ދައްކާ ގޮތުގައި މި އަހަރު ކަރަންޓު ބިލުން 51 މިލިއަން ރުފިޔާ އަދި ފެންބިލުން 14 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ވަނީ ދީފަ އެވެ.

މި ޑިސްކައުންޓުތަކަކީ ހަމައެކަނި އަމިއްލަ ފަރުފުންނަށް ދީފައިވާ ޑިސްކައުންޓެވެ.

ހުރިހާ ހަރަދެއްގެ ޖުމްލަ ދެ ބިލިއަން ރުފިޔާއިން މައްޗަށް އަރަ އެވެ.

Covid aa gulhigen eheege gothugai 520 Million Dollar vanee hamajehifai:  Minister Ameer - One Online
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު/ ފޮޓޯ: މަޖިލިސް

ކޮވިޑުގެ ހޭދައިގެ ތަފްސީލުތައް

ކޮވިޑު މެނޭޖު ކުރުމަށްޓަކާ ސަރުކާރުން ކުރި ހޭދަތަކުގެ އަދަދު 3.5 ބިލިއަން ރުފިޔާއަށް އަރަ އެވެ. މީގެ ތެރޭގައި ހިމެނެނީ ފްރަންޓްލައިން އެލަވަންސާއި އެހެންނިހެން މުވައްޒަފުންގެ 160 މިލިއަން ރުފިޔާގެ ހޭދަ އާއި، މެޑިކަލް ކޮންޒިއުމެބެލްސްއަށް 817 މިލިއަން ރުފިޔާ އަދި ކެޕިޓަލް، އިންފްރާސްޓްރަކްޗާގެ ހަރަދުގެ ގޮތުގައި 273 މިލިއަން ރުފިޔާގެ އިތުރުން އޮޕަރޭޝަނަލް ހަރަދެއްގެ ގޮތުން 196 މިލިއަން ރިފިޔާ އަދި މަރާމާތުތަކުގެ ހަރަދަށް 23.9 މިލިއަން ރުފިޔާ އެވެ.

އިންކަމް ސަޕޯޓު އެލަވެންސް

ކޮވިޑުގެ ތެރޭގައި ކުރިމަތިވި އިގްތިސޯދީ ދަތިކަމުގައި ވަޒީފާ ގެއްލި އަދި ވަޒީފާގެ ހާލަތަށް އަސަރު ކޮށްފައިވާ މީހުންނަށް އެހީގެ ގޮތުގައި ދޭ އިންކަމް ސްޕޯޓްގެ ގޮތުގައި 22،943 ފަރާތަކަށް 421.7 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

2020 ވަނަ އަހަރު އެކުލަވާލި އިކޮނޮމިކް ރެސްޕޯންސް ޕެކޭޖުގެ ތަފްސީލުތައް

ވަނަ އަހަރު އެކުލަވާލާފައިވާ ރިލީފް އަދި ސްޓިމިއުލަސް ޕެކޭޖްތަކުން 31 މޭ 2021 ގެ ނިޔަލަށް ބީއެމްއެލް މެދުވެރިކޮށް 419 ވިޔަފާރިއަކަށް 585 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ. އަދި އެސްޑީއެފްސީ މެދިވެރިކޮށް 2121 ފަރާތަކަށް ދޫކުރި 363 މިލިއަން ރުފިޔާގެ ތެރޭގައި ހިމެނެނީ 1457 ވިޔަފާރިއަކަށް 343 މިލިއަން ރުފިޔާގެ ލޯނު އެހީ އާއި އަމިއްލަ މަސައްކަތް ކުރާ 664 ފަރާތަކަށް ދޫކުރި 19.8 މިލިއަން ރުފިޔާގެ ލޯނެވެ.

ގެސްޓްހައުސްތަކާއި ރެސްޓޯރަންޓުތަކަށް ދޫކުރި ލޯނު އެހީތައް

އެސްޑީއެފްސީ މެދުވެރިކޮސް ގެސްޓު ހައުސްވިޔަފާރިތަކުން 112 އެޕްލިކޭޝަނެއް އެޕްރޫވްކޮށް ދޫކޮށްފައި ވަނީ 22 މިލިއަން ރުފިޔާ އެވެ. އަދި ރެސްޓޯރަންޓުތަކުން 156 ފަރާތެއްގެ އެޕްލިކޭޝަނެއް އެޕްރޫވީއިރު ލޯނު އެހީގެ ގޮތުގައި 33 މިލިއަން ރުފިޔާ ދޫކުރި އެވެ.

ސަރުކާރުން ދިން އިތުރު ބައެއް ލުއިތައް

  • ކޮވިޑު 19 އާ ގުޅިގެން ބީ.އެމް.އެލް އަދި އެސް.ޑީ.އެފް.ސީ މެދުވެރިކޮށް ލޯނު ނަގާފައިވާ ފަރާތްތަކުގެ ލޯނަށް އިތުރު 6 މަހުގެ މުއްދަތަކަށް ގްރޭސް ޕީރިއަށް އިތުރުކުރެވުނު.
  • ޖުމުލަ 12 މަހުގެ ގްރޭސް ޕީރިއަޑަކަށް އެދުމުގެ ފުރުސަތު ހުޅުވާލެވުނު.
  • ސަރުކާރުން ދޫކޮށްފައިވާ ޢިމާރާތްތަކާއި ބިންތަކަށް ޖޫން 2020 އިން ޑިސެންބަރު 2020 ގައި ދައްކަންޖެހޭ ބިމު ކުލި ޖޫން 2021 އިން ފެށިގެން ދެއްކުން ވަނީ
    ފަސްކޮށްފައި
  • ފަސްކޮށްދޭ ކުލި 1 އަހަރުގެ މުއްދަތަށް ބަލާހައިގެން އަނބުރާ ދެއްކުމަށް.
  • ކުލި ދެއްކުން ފަސްކޮށްދިން މުއްދަތުގައި ޖޫރިމަނާއާއި އިންޓްރެސްޓް ނުހިނގާނެ ގޮތަށް ވަނީ ހަމަޖައްސާފައި
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: