ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުވައްޒަފުންނަށް މަސް ނިމޭއިރު ވެސް ހަރަދުތައް ބެލެހެއްޓޭ ވަރުގެ މުސާރައެއް: މައުސޫމް

ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޓޫރިޒަމް ދާއިރާގައި ބަލަން ވީ މަސް ނިމިގެން ދާއިރު ވެސް މުވައްޒަފުންގެ ޖީބުގައި ދިރިއުޅުމުގެ ހަރަދުތައް ބެލެހެއްޓޭވަރަށް މުސާރައެއް ދެވޭތޯކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ސަންގު ޓީވީގެ ”ރައީސް ސޯލިހާއި އެކު 3“ ކަވަރޭޖުގައި ވާހަކަދައްކަމުން މައުސޫމް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ރަނގަޅު މުސާރައެއް ކަށަވަރުކޮށްދޭން ޖެހެނީ މިނިމަމް ވޭޖުން ނޫން ކަމަށެވެ. އޭގެ ބަދަލުގައި، ކޮންމެ މަހެއް ވެސް ނިމިގެންދާއިރު ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ފައިސާ އެ މީހެއްގެ އަތުގައި ހުރޭތޯ ބެލުން މުހިންމުކަން މައުސޫމް ފާހަގަ ކުރެއްވި އެވެ.

ދާއިރާގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ރަނޅު އާމްދަނީއަކާއި މުސްތަގުބަލެއް ހޯދައިދޭން ގިނަ މަސައްކަތްތަކެއް ކުރެވޭކަން ފާހަގަކޮށް މައުސޫމް ވިދާޅުވީ، މިނިމަމް ވޭޖަކީ ގައުމެއްގައި ކަނޑައެޅޭ އެންމެ ކުޑަ އުޖޫރައަށް ވީ ނަމަވެސް، ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ އިތުރު އިސްލާހުތަކެއް އެބަހުރި ކަމަށެވެ.

މުވައްޒަފުން ކުރިއެރުވުމުގައި ކުރަން ޖެހޭ މުހިންމު މަސައްކަތްތަކަށް ބާރު އެޅުމުގެ ގޮތުން، ފަތުރުވެރިކަމަށް ރަށްތައް ކުއްޔަށް ދޫކުރާއިރު ތަމްރީނު ފަންޑަށް 10 އިންސައްތަ މާކްސް އެކުލަވާލައި، އަންހެނުން ވަޒީފާގައި ބައިވެރި ކުރުމާއި ދިވެހިންގެ ބައިވެރިކުރުމަށް ވެސް މާކްސް ހިމަނާފައިވާނެކަމަށް މައުސޫމް ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ބޮޑު އަމްދަނީ ލިބޭ ބޮޑު ވަޒީފާތަކަށް ދިވެހިން އައްޔަން ކުރަން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިކަަމަށް އެޅޭ ހުރަހަކީ އެކަމަށް ބޭޏުންވާ ސަނަދު ނެތުންކަން މިނިސްޓަރ ފާހަގަ ކުރެއްވި އެވެ.

މައުސޫމް ވަނީ މުސްތަގުބަލުގައި ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ރަނގަޅު ބޮޑެތި މަގާމުތަކާއި އެކު، މުސާރަ ބޮޑު ވެގެންދާނެކަމުގެ އުންމީދު އެބައޮތް ކަމަށް ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: