ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން ބައިވެރިވާ ޖަލްސާއެއް ހުކުރު ދުވަހުގެރޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ހުކުމް ކުރުމުގެ ކުރިން އިދިކޮޅުން ބޭއްވި ޖަލްސާއެއްގެ ތެރެއިން/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް ހުކުރު ދުވަހު ބޭއްވުމަށް އިދިކޮޅުން ތައްޔާރު ވެއްޖެއެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވޯ މި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ވާހަކަފުޅު ދައްކަވާނެކަމަށެވެ. މީގެ އިތުރުން ޕީޕީއެމް ޕީއެންސީގެ އިސް ބޭފުޅުންވެސް ޖަލްސާގައި ބައިވެރިވެ ވާހަކަ ދައްކަވާނެކަމަށެވެ.

ޝުޖާ ވަނީ މިޖަލްސާގައި ވީހަވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެދިވަޑައިގެންފައެވެ.

”މިއީ ރައީސް ޔާމީން އެތައް ދުވަހަކަށްފަހު އަޅުގަނޑުމެންނާއި ބައްދަލު ކުރައްވާރޭ. މިޖަލްސާއަކީ ވަރަށް ޚާއްސަ ޖަލްސާއެއް.“ ޝުޖާ ވިދާޅުވިއެވެ.

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ އެ މައްސަލައިގައި ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން އަންނަވަނިކޮށް ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް އިއްޔެ ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެން އެމަނިކުފާނު ވަނީ މިނިވަން ވެފައެވެ.

އެހެންނަމަވެސް އެމަނިކުފާނުގެ މައްޗަށް އިތުރު ދެ ރަށެއްގެ މައްސަލައިގައި މިހާރުވެސް އޮތީ ދައުވާ އުފުލާފައެވެ. ވ. އާރަށް އަދި ރ. ފުއްގިރިގެ މައްސަލައިގައިވެސް ރައީސް ޔާމީންގެ މައްޗަށްވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: