ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިޖީއެމްއެޗް މޮބައިލް އެޕްލިކޭޝަން ތައާރަފުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ހޮސްޕިޓަލް މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމެއް (އެޗްއެމްއައިއެސް) ގާއިމު ކޮށްފި އެވެ.

އެ ހޮސްޕިޓަލުން ބުނީ ކަންކަން ހަރުދަނާކޮށް ފެންވަރު ރަނގަޅު ކުރުމަށް ގާއިމު ކޮށްފައިވާ މި ސިސްޓަމަކީ ޑިޖިޓަލްކޮށް ސިއްހީ ރިކޯޑުތައް މެނޭޖް ކުރުމަށް އެޅިފައިވާ މުހިއްމު ފިޔަވަޅަކަށް މި ޚިދުމަތްވާނެ ކަމަށެވެ.

އައިޖީއެމްއެޗުން ބުނީ އެ ހޮސްޕިޓަލުގެ ޚިދުމަތްތައް ރައްޔިތުންނަށް ފަސޭހަކަމާއެކު އޮންލައިންކޮށް ފޯރުކޮށްދިނުމަށްޓަކައި އެޗްއެމްއައިއެސްގެ ދަށުން އައިޖީއެމްއެޗް ޕޭޝަންޓް ޕޯޓަލްގެ ނަމުގައި އޮންލައިން ޕޯޓަލެއް ވެސް ތައާރަފު ކޮށްފައިވާ ކަމަށެވެ.

މި ޚިދުމަތާއެކު އޮންލައިންކޮށް އެޕޮއިންޓްމަންޓް ހެއްދުމާއި ބޭސް ސިޓީ، ލެބް ރިޕޯޓް އަދި އެހެނިހެން ރިޕޯޓުތައް ބަލައި، ޑައުންލޯޑު ކުރެވުމުގެ އިތުރަށް ބިލުތައް ވެސް ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ބައްލަވާލެއްވޭނެ އެވެ. އަދި އަމިއްލަ އެކައުންޓަށް އާއިލާގެ މެންބަރުން އެޑްކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެ އެވެ.

މިއަދުން ފެށިގެން އެންޑްރޮއިޑް ހުރިހާ ފޯނަކަށް ވެސް މި އެޕްލިކޭޝަން ޑައުންލޯޑު ކުރެއްވޭނެ ކަމަށާއި ކައިރި މުސްތަގުބަލެއްގައި އައިއޯއެސް ފޯނުތަކަށް ވެސް އައިޖީއެމްއެޗްގެ މޮބައިލް އެޕްލިކޭޝަން ޑައުންލޯޑު ކުރެއްވޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

މި އެޕްލިކޭޝަން އައިޖީއެމްއެޗްގެ ވެބްސައިޓުންވެސް ޑައުންލޯޑު ކުރެއްވޭނެ އެވެ.

މި ހޮސްޕިޓަލުން އަބަދުވެސް މަސައްކަތް ކުރަމުންދާނީ ޚިދުމަތް ލިބިގަންނަ ހުރިހާ ފަރާތްތަކާ ވެސް ގާތުން މަސައްކަތް ކުރުމާއެކު ލުއިފަސޭހަކަމާއެކު ޚިދުމަތް ލިބިގަނެވޭނެފަދަ ނިޒާމެއް ގާއިމްކުރުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: