ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭސް ހާޑްވެއާގެ 10 ވަނަ އަހަރީ ދުވަސް ފާހަގަަކުރުމަށް ޕްރޮމޯޝަންއެއް!

އޭސް ހާޑުވެއާ ޕްރޮމޯޝަން ޕޯސްޓަރ
ޝެއާރކޮށްލާ ކަހަލަދޯ؟

އޭސް ހާޑްވެއާގެ 10 ވަނ ައަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ޑިސެމްބަރު މަހުގެ 1 އިން މަސް ނިމެންދެން ކުރިއަށްދާ މި ޕްރޮމޯޝަން އަކީ އޭސް ހާޑްވެއާއިން ވިޔަފާރި ކުރާ ފަރާތްތަކަށް ހާއްސަކޮށްފައިވާ ޕްރޮމޯޝަނެކެވެ. އަދި އޮންލައިންކޮށް ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ވަކިން ހާއްސަ ޕްރޮމޯޝަނެއް ވެސް ކުރިއަށްދާނެ އެވެ.

އެގޮތުން، 500 ރުފިޔާއަށް ވުރެ މަތީގެ ވިޔަފާރިއެއް ކޮށްފިނަމަ ކޫޕަނެއް ލިބިގެންދާއިރު، ކޮންމެ ހަފްތާއަކު ހޮވާ ހާއްސަ ނަސީބުވެރިއަކަށް 5،000 ރުފިޔާ ލިބިގެންދާނެ އެވެ.

މި ޕްރޮމޯޝަންގައި، އޭސް ހާޑްވެއާއިން ވިޔަފާރި ކުރާ ފަރާތްތަކަށް 80 އިންސައްތާއި ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ. ގޭތެރެއަށް ބޭނުންވާ ސާމާނާއި ބަދިގެ އަދި ޒީނަތްތެރި ކުރުމަށް ބޭނުންވާ ސާމާނުންވެސް ބޮޑު ޑިސްކައުންޓެއް ލިބޭނެއެވެ. އަދި ޑިސްކައުންޓް ލިބޭ ސާމާނުތަކުގެ ތެރޭގައި، ކުދަކުދިން ކުޅޭ ތަކެއްޗާއި ބާބަކިއު ސާމާނުވެސް ހިމެނެެ އެވެ.

މީގެ 10 އަހަރު ކުރިން ހުޅުވުނު މި ފިހާރައަކީ އެމެރިކާގެ ޗިކާކޯގެ އޭސް އިންޓަނޭޝަނަލް އާއި ރާއްޖޭގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ކޯ-ލޯޑް މޯލްޑިވްސް ޕްރައިވެޓު ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ފެށި ވިޔަފާރިއެކެވެ. މި އެއްބަސްވުމަށް ފަހު އޭސް ހާޑްވެއާ އެންޑް ހޯމް ސެންޓަރުގެ ފުރަތަމަ ފިހާރަ މާލޭގައި ހުޅުވާފައި ވަނީ 2011 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: