ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޯދަ އާއި ދިމާކޮށް “އޭސް ހޯމް ސެންޓަރ” ގެ ނަމުގައި އާ ފިހާރައެއް!

އޭސް ހާޑްވެއާގެ އާފިހާރައެއް މަޖީދީމަގުގައި، ގަލޮޅު އަލިކިލޭގެ ފާނުމަގަށްވާ ކަންމަތީގައި، ހުޅުވުން
ޝެއާރކޮށްލާ ކަހަލަދޯ؟

އޭސް ހާޑްވެއާގެ އާ ފިހާރައެއް މަޖީދީމަގުގައި، ގަލޮޅު އަލިކިލޭގެ ފާނުމަގަށްވާ ކަންމަތީގައި، ހުޅުވައިފިއެވެ.

މިއީ މާލޭގެ އޭސް ހާޑްވެއާގެ ތިން ވަނަ ފިހާރަ އެވެ.

ރޯދަ ޕްރޮމޯޝަނާއި ދިމާކޮށް މި ފިހާރަ ހުޅުވައި ދެއްވީ ކޯލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓަޑްގެ މެނޭޖިން ޑިރެކްޓަރ އައްބާސް މުހައްމަދެވެ.

ހަތަރު ފަންގިފިލާ ހިމެނޭ މި ފިހާރައިން އޭސް ހާޑްވެއާގެ އެހެން ފިހާރަތަކުގައި ނުހުންނަ މުޅިން އާ ބާވަތްތަކުގެ މުދާ ލިބެން ހުންނާނެއެވެ. އޭގެތެރެއިން “ބެޑިންގެ” މުޅިން އާ ލައިނެއް ހިމެނެއެވެ.

ރޯދަ ޕްރޮމޯޝަނާ ދިމާކޮށް ހުޅުވި މިފިހާރާގައި ގިނަ އަދަދެއްގެ ބަދިގެ ސާމާނާއި، ގޭތެރެ ޒީނަތްތެރިކުރާ ސާމާނުގެ އިތުރުން ކުޑަކުދިންގެ ކުޅޭސާމާނު ހިމެނެއެވެ. އަދި ގޭތެރެ ސާފު ކުރާ ސާމާނާއި އިންސެކްޓިސައިޑްގެ ގިނަ ބާވަތްތައްވެސް ހިމެނެއެވެ.

މީގެ އިތުރުން އޭސް ހާޑްވެއާގެ އެހެން ފިހާރަތަކޭ އެއްގޮތަށް މި ފިހާރައިން ވެސް ދުނިޔޭގެ ނަން މަޝްހޫރު ކޮލިޓީ ބްރޭންޑްތަކުގެ ތަފާތު މުދާ ހެޔޮއަގެއްގައި ލިބެން ހުންނާނެ އެވެ.

މިއީ އެމެރިކާގެ ޗިކާގޯގެ އޭސް އިންޓަނޭޝަނަލް އާއި ރާއްޖޭގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ކޯލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓަޑް އާއި ގުޅިގެން ފެށި ވިޔަފާރި އެކެވެ.

އޭސް ހާޑްވެއާގެ ފިހާރައެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުޅުވާފައިވަނީ 20 ޑިސެމްބަރު 2011 ވަނަ އަހަރު އެވެ. މި ފިހާރައަކީ މުޅި ދެކުނު އޭޝިއާގައި އޭސް ފްރެންޗައިސްގެ ފުރަތަމަ ފިހާރައެވެ. އަދި އޭގެ ދެ އަހަރު ފަހުން 19 ޑިސެމްބަރު 2013 ގައި އޭސް ހާޑްވެއާގެ ދެވަނަ ފިހާރައެއް ހެންވޭރުގައި ހުޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: