ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްލައިން ސްކޫލުގެ ދަރިވަރުންނާއި މޯލްޑިވިއަންއިން ބައްދަލުކޮށްފި

މޮލްޑިވިއަން އިން ފްލައިން ސްކޫލުގެ ދަރިވަރުންނާއި ބައްދަލު ކުރުން/ ފޮޓޯ:- މޮލްޑިވިއަން
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީ ގަން ފްލައިން ސްކޫލުގައި ކިޔަވަމުން ދިޔަ ބައެއް ދަރިވަރުންނާއި މޯލްޑިވިއަން އިން ބައްދަލުކޮށްފިއެވެ.

މި ބައްދަލުވުމަކީ ގަމުގައި ގާއިމު ކުރާ ފްލައިން ސްކޫލާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ދަރިވަރުންނާއި ހިއްސާ ކުރުމުގެ ގޮތުން ބޭއްވި ބައްދަލުވުމެކެވެ. ބައްދަލުވުމުގައި ވީހާވެސް އަވަހަށް ސްކޫލު ހުޅުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އަވަސް މުއްދަތެއްގެ ތެރޭގައި ފްލައިން ސްކޫލު ހުޅުވާނެ ކަމަށް މޯލްޑިވިއަން އިން ބުނެއެވެ.

އައިއެސްއޭއެލް އިން ގަން ފްލައިން ސްކޫލު ހުޅުވުމަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށާއި ކުންފުނީގެ މަގްސަދަކީ ކުރު މުއްދަތެއްގެ ތެރޭގައި ދަރިވަރުންނަށް ސްކޫލު ހުޅުވުން ކަމަށް މޯލްޑިވިއަންއިން ބުނެއެވެ.

ފްލައިން ސްކޫލުގައި ކިޔެވަމުން އައި ދަރިވަރަކު ”ސަންގު“ އަށް މައުލޫމާތު ހިއްސާ ކުރަމުން ބުނީ ގިނަ ދަރިވަރުންތަކެއްގެ ކޯސް ދިގު ދެމިގެން ދިޔަ ކަމަށާއި، މިވަގުތު ބޭނުމީ އަވަހަށް ކޯސް ނިންމައި ވަޒީފާއަކަށް ދިއުން ކަމަށެވެ. އަދި ސަރުކާރުން ސްކޫލު ހިންގުމަށް މޮލްޑިވިއަން އާއި ހަވާލުކޮސް ސްކޫލާއި މެދު ފަހި އުއްމީދުތަކެއް ހުރިހާ ދަރިވަރުން ކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހަމައެއާއި އެކު ދަރިވަރުންގެ ކަންބޮޑުވުންތަކާއި ގޮންޖެހުންތައް ބަޔާން ކުރަމުން ކަމާއި ބެހޭ އިދަރާތަތްކަށް ހުށައެޅި ނަމަވެސް ދަރިވަރުން އެންމެ ބޭނުންވި ޖަވާބު ލިބިފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އައްޑޫ ފްލައިން ސްކޫލްގެ މައްސަލައަށް ހައްްލެއް ގެނައުމަށް ސިވިލް އޭވިއޭޝަންް އާއި ރައްޔިތުންގެ މަޖިލީހުގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓްރީން އެކި މަސައްކަތްތައް ކުރި ނަމަވެސް މިކަމަށް އެދެވޭ ހައްލެއް މިއަދާ ހަމައަށް ލިބިފައެއް ނެތެވެ. އައްޑޫ ފްލައިން ސްކޫލްގެ ކިޔެވުން ހުއްޓިފައި އޮތުމުގެ އިތުރުން އެތަނުން ކިޔަވަމުން އަންނަ ދަރިވަރުންނަށް ފިއްތުންތައް ކުރިމަތިކޮށް ކަނޑާލާފައިވެސް ވެއެވެ.

މީގެ އިތުރުން ބިދޭސީ އަދި ދިވެހި ދަރިވަރުންނާއި މެދު ތަފާތުކުރުން ގެންގުޅުންފަދަ އެތައް މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެއްވެސް ކަހަލަ ގަވާއިދެއް ނުވަތަ އުސޫލެއް ނެތުމާއި، ޗެކް ރައިޑް ޝެޑިޔުލްކޮށް ނުދިނުމާއި، އެކަންކަމަށް އެދި ދަރިވަރުން އާދޭސްކުރަންޖެހުންފަދަ އެތައް މައްސަލައެއް ދަރިވަރުން ވަނީ ފެންމަތިކޮށްފައެވެ.

ފާއިތުވެދިޔަ މެއި މަހުގެ 11 ވަނަ ދުވަހުން ފެށިގެން ފްލައިން ސްކޫލް އެއްކޮށް ހުއްޓުމަކަށް އައިސްފައިވާއިރު، މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ސްކޫލްގައި ދުއްވާނެ އެއްވެސް ބޯޓެއް ނެތެވެ.

ސްކޫލްގައި ހުރި މައްސަލަތަކެއް ހައްލެއް ނުލިބި ދިގުލައި، ހާލަތު އިތުރަށް ގޯސްވެފައިވާތީ ދަރިވަރުން އަންނަނީ ސޯޝަލް މީޑިއާގައި ޝުއޫރުތައް ފާޅުކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: