ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ފްލައިންގ ސްކޫލްގެ ޕްރެކްޓިކަލް ބައި މިމަހު 10 ގައި ފަށަނީ

އައްޑޫ ފްލައިން ސްކޫލު
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ފްލައިންގ ސްކޫލްގެ ޕްރެކްޓިކަލް ބައި މިމަހުގެ 10 ވަނަ ދުވަހު ފެށުމަށް ނިންމައިފިއެވެ.

މޯލްޑިވިއަން އާއި ގައުމީ ޔުނިވަރސިޓީ ގުޅިގެން އުފައްދާފައިވާ މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީ އަކީ ދިވެހި ސަރުކާރުގެ ފުރިހަމަ ހިއްސާ އޮވެގެން ހިންގާ އެކަޑަމީ އެކެވެ. މޯލްޑިިވިއަން އޭވިއޭޝަން އެކަމަޑަމީ މެނޭޖްކުރަން ހަވާލްކޮށްފައިވަނީ ޗެކް ރިޕަބްލިކްގެ ފްލައިން އެކަޑަމީއާ އެވެ.

މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީން ބުނީ އައްޑޫގައި ގާއިމްކޮށްފައިވާ ފްލައިން ސްކޫލްގައި ޕްރެކްޓިކަލް ސެޝަންތައް މިމަހު 10 ވަނަ ދުވަހު ފަށާނެ ކަމަށެވެ. ޕްރެކްޓިކަލްގެ ބައި ފެށުމަށް ހަމަޖެހިފައިވަނީ ކުރިން އައްޑޫގައި ސްރީ ލަންކާގެ އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) ގައި ކޯސް ހަދަމުން ދިޔަ ދަރިވަރުންގެ ތެރެއިން 35 ދަރިވަރަކާ އެކުގައެވެ.

އޭވިއޭޝަން އެކަޑަމީން ބުނީ އެކަޑަމީގެ ދެވަނަ ބެޗްގައި ހިމެނޭ 39 ދަރިވަރެއްގެ ރިފްރެޝާ ޕްރޮގްރާމް ވެސް މިހާރު ކުރިއަށް ދާކަމަށެވެ. އަދި މި މަހުގެ ތެރޭގައި ތިންވަނަ ބެޗްގެ ރިފްރެޝާ ޕްރޮގްރާމް ވެސް ފަށާނެ ކަމަށް މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީ އިން މައުލޫމާތު ދީފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: