ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުކުޅަހުގައި ކްރިމަސްޑޭ ފާހަގަ ކުރަން އުޅެނިކޮށް ރައްޔިތުން ނިކުމެ ހުއްޓުވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އުކުޅަހު ގެސްޓު ހައުސްއެއްގައި ކްރިސްޓިއަނުން ކޮންމެ އަހަރެއްގެ ފަހުކޮޅު ފާހަގަކުރާ އެމީހުންގެ ހާއްސަ ދުވަސް “ކްރިސްމަސް ޑޭ” ފާހަގަ ކުރަން އުޅެނިކޮށް ރައްޔިތުން ނިކުމެ އެކަން ހުއްޓުވައިފިއެވެ.

އެނގިފައިވާ ގޮތުގައި ކްރިސްމަސް ގަހެއް ބަހައްޓައި ކްރިސްމަސް ފާހަގަކޮށްފައިވަނީ އުކުޅަހު ރަންތަރި ގެސްޓްހައުސްގައެވެ. އެ ގެސްޓްހައުސްގައި ހުރި ކްރިސްމަސް ގަސް ނުނަގައިގެން އެރަށުގެ އާންމު ރައްޔިތުން ވަނީ އެ ގެސްޓްހައުސް ހުންނަ ސަރަހައްދަށް މިރޭ އެއްވެ އިހުތިޖާޖުކޮށްފައެވެ.

ފުލުހުން ބުނީ، އުކުޅަހު ގެސްޓްހައުސެއްގައި ކްރިސްމަސް ފާހަގަކުރަމުންދާކަމުގެ މައުލޫމާތެއް ލިބިފައިވާތީ އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

ކްރިސްޓިއަނުން ކޮންމެ އަހަރެއްގެ ފަހުކޮޅު ފާހަގަކުރާ އެމީހުންގެ ހާއްސަ ދުވަސް “ކްރިސްމަސް ޑޭ” ފާޙަގަ ކުރުމަށް ގިނަ އަދަދެއްގެ ޓުވަރިސްޓުން މިދުވަސްވަރު ރާއްޖެ ދަނީ އަންނަމުންނެވެ. ކްރިމަސްޑޭ ރިސޯޓްތަކުގެ އިތުރުން މީހުން ދިރިއުޅޭ ރަށްތަކުގައި ފާހަގަ ކުރުމުގެ މައްސަލައަކީ މިދުވަސްވަރު ކޮންމެ އަހަރަކުވެސް ނިކުންނަ މައްސަލައެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 14%ވަރަށް ދެރަ 86%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: