ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްޑީސީގެ ބަޔާން ނެރުނީ ދަންވަރު އޮފީސް ހުޅުވައިގެން، ގާނޫނީ ޓީމުންވެސް އެކަމާ ދެކޮޅު: ޝުޖާއު

ހުޅުމާލޭ ދާއިރާގެ ކައުންސިލް މެމްބަރު އިބްރާހިމް ޝުޖާއު
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުން ބޭއްވުމަށް މަސައްކަތްކުރަމުންދާ “ކޮތަރު ކޮށި” ޖަލްސާ ނުބޭއްވޭނެކަމަށް ބުނެ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންއިން ނެރުނު ބަޔާނަކީ ދަންވަރު އޮފީސް ހުޅުވައިގެން ނެރުނު ބަޔާނެއްކަމަށް ހުޅުމާލޭ ދާއިރާގެ ކައުންސިލް މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގެ ދެވަނަ ފޭސްގައި ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ އާންމުންނަށް ޚާއްސަކޮށް ބޭއްވުމަށް ނިންމާފައިވާ ޖަލްސާ ބޭއްވުމަށް އެޗްޑީސީގެ ހުއްދަ ނަގާފައިނުވާ ކަމަށާއި ހުއްދަ ނެތި ހުޅުމާލޭގެ އެއްވެސް ސަރަހައްދެއްގައި އެއްވެސް ބަޔަކަށް ހަރަކާތެއް ކުރިއަށްނުގެންދެވޭނެކަމަށް މެނޭޖިން ޑިރެކްޓަރ ސުހެއިލް އަހުމަދު ސޮއިކުރައްވާ ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ. އަދި އެއްވެސް ހަރަކާތެއް ބޭއްވޭނީ އެޗްޑީސީގެ ހުއްދައާއެކު އެޗްޑީސީއިން ބުނާ ސަރަހައްދުތަކެއްގައި އެކަނިކަމަށް އެޗްޑީސީގެ ބަޔާނުގައިވެއެވެ.

މިކަމާއި ގުޅިގެން ޝުޖާއު ވިދާޅުވީ އެބަޔާނަކީ ދަންވަރު އޮފީސް ހުޅުވައިގެން ނެރުނު ބަޔާނެއް ކަމަށެވެ. ބަޔާނުގައި ސޮއިކުރާނެ މީހަކު ނުވެގެން ބަޔާނުގައި ސޮއިކުރީ ސީދާ އެމްޑީ ކަމަށާއި އަދި އެމްޑީ ހުންނެވީ ގޮތް ދޫކުރާ ފަދަ ގޮތަކަށް ނޫންކަމަށް ވިދާޅުވިއެވެ. އެމްޑީ ސުހެއިލް އަމަލުކުރައްވާފައިވަނީ ރަނގަޅަށް ނޫންކަމަށް ކުންފުނީގެ ގާނޫނީ ޓީމުންވެސް ގަބޫލުކުރާ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި ގާނޫނީ އިމުގެ ތެރެއިން ކަންކަން ކުރެއްވުމަށް ސުހެއިލްއަށް ގޮވާލެއްވިއެވެ.

އިދިކޮޅުން ބުނާ ގޮތުގައި އެޗްޑީސީ އާއި ހުޅުމާލޭގެ ކަންކަމަކީ ގާނޫނީ ގޮތުން ބަލާއިރު މާލެ ސިޓީ ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ޖަލްސާ ބޭއްވުމަށް މާލެ ސިޓީ ކައުންސިލުން ވަނީ ހުއްދަ ދީފައިކަމަށާއި ޖަލްސާ ކުރިއަށްދާނެ ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.

އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން ވަނީ އެޗްޑީސީގެ މިނިންމެވުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި އެމްޑީޕީގެ ވެރިކަމެއްގައި އެޗްޑީސީގެ މަސައްކަތްތަކާއި އިހްތިސާސް ލާމަރުކަޒީ ގާނޫނަށް ނުފެތެނީތޯ މެމްބަރުން ވަނީ ސުވާލުކުރައްވާފައެވެ.

ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެރެއެވެ. މިޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 17%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: