ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެންޓިލޭޓަރު މައްސަލަ އަނެއްކާވެސް އަނބުރާ އޭސީސީއަށް!

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަރިހު ކުރީގެ ހެލްތް މިނިސްޓަރ އަބްދުﷲ އަމީން
ޝެއާރކޮށްލާ ކަހަލަދޯ؟

2020 ވަނަ އަހަރު ރާއްޖޭގައި ކޮވިޑުގެ ހާލަތު އެންމެ ގޯސްވެގެން ދިޔަ ދުވަސްވަރު، ބަލީގައި ހާލު ބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް ގެންނަން އުޅުނު ވެންޓިލޭޓަރުތަކުގައި ކޮރަޕްޝަނަށް މަގުފައިވާ ގޮތަށް ހެލްތް މިނިސްޓްރީގެ ތެރެއިން އަމަލުކޮށްފައި ވާތީ ދައުވާކޮށްދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ހުށަހެޅި މައްސަލަ އަނެއްކާވެސް އަނބުރައި އެ ކޮމިޝަނަށް ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ފޮނުވައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ މައްސަލާގައި 11 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އޭސީސީން މައްސަލަ ފޮނުވީ ނޮވެމްބަރު މަހުގެ 01 ވަނަ ދުވަހު އެވެ. މީގެ ކުރިން ވެސް މި މައްސަލަ ދެ ފަހަރެއްގެ މަތީން ހުށަހެޅުން ބައެއް މަރުހަލާތައް ފުރިހަމަ ނުވާތީ ޕީޖީން ނިންމީ ދައުވާ ނުކުރުމަށެވެ. އަދި އިސްލާހު ކުރަން ޖެހޭ ކަންތަކަށް ފުރުސަަތުދީ މައްސަލަ އަނބުރާ ފޮނުވައިލީ އެވެ.

މީގެ ދެ ހަފްތާ ކުރިން ޕްރެސް އެއް ބާއްވައި ޕީޖީ ހުސެއިން ޝަމީމް ވިދާޅުވީ ވެންޓިލޭޓަރު މައްސަލައިގައި ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށެވެ. އޭރު ވެސް ޕީޖީގެ ކަންބޮޑުވުމަކަށް އޮތީ އޭސީސީން މައްސަލަތައް ފޮނުވާއިރު އޭގެ ބައެއް ބައިތައް ފުރިހަމަ ނުވުމެވެ. މިއަދު ޕީޖީން މީީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، އެ މައްސަލައިގައި އިސްލާހު ކުރަން ޖެހޭ ކަންކަން ފާހަގަކޮށް އަލުން އޭސީސީއަށް ފޮނުވާފައިވާ ކަމަށެވެ.

ވެންޓިލޭޓަރާ ގުޅޭ މައްސަލައިގައި، އެކި ކަންކަމަށް އިހުމާލު ވުމުގެ ސަބަބުން، އެކި މައްސަލަތަކުގައި ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުއްވި ބޭފުޅުން:
މިނިސްޓާ އޮފް ހެލްތު އަބުދުﷲ އަމީން
ޑެޕިޔުޓީ މިނިސްޓަރ، ނިޝާމާ މުހައްމަދު
ޑެޕިއުޓީ މިނިސްޓަރ، ޝިޔާމާ މުހައްމަދު،
ޑިރެކްޓަރ، ނައުޝާދު އަލީ
ޑިރެކްޓަރ (ފައިނޭންސް އެގްޒެކްޓިވް) އަހުމަދު އަސްލަމް
ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް، ޢަބްދުﷲ ޝަރީފް
އެސިސްޓެންޓް ޑިރެކްޓަރ ފާތިމަތު ލިމްޔާ
އެސިސްޓެންޓް ޑައިރެކްޓަރ އަބްދުﷲ ހަފީޒް
ލީގަލް އޮފިސަރު އަލީ ޝިހާމް
އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރު ހުސައިން ނިޔާޒް
ބިޑް ކޮމިޓީގެ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އާމިނަތު ޝައުފާ

އޭސީސިއިން ބުނީ މި މައްސަލާގައި ހިމެނޭ ފައިސާ ދައުރުވެފައިވާ ގޮތާއި އެ ފައިސާއިން އެއްވެސް މިންވަރެއް މި މައްސަލާގައި ތުހުމަތުކުރެވޭ މީހަކަށް ނުވަތަ އެއިން މީހަކާއި ގުޅުން އޮތް މީހަކަށް ލިބިފައިވޭތޯ ބެލުމަށް ކޮށްފައިވާ މަސައްކަތުން މިހާތަނަށް އޭގެތެރެއިން މީހަކަށް އެފަދަ ފައިސާއެއް ލިބިފައިވާކަން ފާހަގަކުރެވިފައިނުވާކަމަށެވެ. މިމައްސަލާގައި ހިމެނޭ އެއްވެސް މީހަކަށް ނުވަތަ އެފަދަ މީހަކާއި ގުޅުންހުރި މީހަކަށް، މިމައްސަލައާ ގުޅުންހުރި އެއްވެސް ފައިސާއެއް ލިބިފައިވޭތޯ ބެލުމަށް އަދިވެސް އިތުރަށް ބަލައި އެފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ، އެ މައްސަލައެއްގެ ތަހުގީގު ވަކިން ކުރިއަށް ގެންދާގޮތަށް ނިންމާފައިވާކަމަށްވެސް ކޮމިޝަނުން މައުލޫމާތުދެއެވެ.
މިވެންޓިލޭޓަރުތަކަކީ 2020 ވަނަ އަހަރުގެ މޭއި މަހުގެ ތެރޭގައި ރާއްޖެއަށް ލިބޭނެކަމަށް ބުނި ވެންޓިލޭޓަރުތަކެވެ. ކޮވިޑުގެ ދުވަސްވަރު ހެލްތް މިނިސްޓްރީން ކުރި މަސައްކަތްތަކުގެ ތަފްސީލުތައް ހިމެނޭހެން އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެކުލަވާލި ރިޕޯޓުގައި މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި މިނިސްޓްރީގެ މަސައްކަތްތަކުގައި ބޮޑެތި އޮޅުވާލުންތަކާއި، ނާޖާއިޒް ފައިދާ ހޯދައިދިނުން އަދި މަގާމުގެ ނުފޫޒު ބޭނުންކުރުމުގެ އިތުރުން ކޮރަޕްޝަނަށް މަގުފަހިވާ ގިނަ އަމަލުތަކެއް ހިންގާފައިވާކަން ވަނީ ހާމަވެފައެވެ. އޭގެ ތެރޭގައި ރާއްޖެއަށް ވެންޓިލޭޓަރު ގެނައުމުގައި ދުބާއީގެ ކުންފުންޏާއިއެކު ވީ އެއްބަސްވުން ފާހަގަކުރެވެ އެވެ.

އެއްބަސްވުމާއި އެއްގޮތަށް އެގްޒެކިއުޓާސް އިން ރާއްޖެއަށް 75 ވެންޓިލޭޓަރު ގެންނަންޖެހޭއިރު އެވެންޓިލޭޓަރުތައް މިހާތަނަށްއައިއިރު ރާއްޖެ ގެނެވިފައި ނުވެއެވެ. ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުސޫލުން 75 ވެންޓިލޭޓަރު ގަތުމުގެ މަސައްކަތް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުންޏާއި ހަވާލުކުރުމަށް، ހެލްތް މިނިސްޓްރީގެ ބިޑު ކޮމިޓީން ނިންމީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 01 ވަނަ ދުވަހު އެވެ. އެ ކުންފުންޏާއި ވެންޓިލޭޓަރު ގެނައުމަށް ހަވާލުކޮށް ވަނީ ދެ މިލިއަނަށް ވުރެ ގިނަ ޑޮލަރު ނުވަތަ ދިވެހި ފައިސާއިން 34 މިލިއަން ރުފިޔާ ދައްކާފައެވެ.

މާލިއްޔަތު ގާނޫނާއި ހިލާފަށް އެޑްވާންސް ޕޭމަންޓް ގެރެންޓީއަކާނުލައި ރާއްޖެއަށް ވެންޓިލޭޓަރުތައް ގެނައުމަށް ދުބާއީ ކުންފުންޏަކާއި ހަވާލު ކުރުމުގައި ކޮރަޕްޝަން ހިންގާފައިވާ މައްސަލާގައި އޭސީސީއިން ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް އެންމެ ފުރަތަމަ ފޮނުވަފައިވަނީ ހުސްވި އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އެހެންނަމަވެސް، މައްސަލައާއި ގުޅޭގޮތުން އެކަށީގެންވާ ހެއްކާއި ގަރީނާ ނެތްކަމަށް ބުނެ މައްސަލަ ނުބެލުމަށް ޕީޖީއިން ވަނީ ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: