ދިރާގުގެ އައު ”މަމެން ޑޭޓާ އެޑް-އޮން“ ތަކެއް ތައާރަފްކޮށްފި އެވެ.
ދިރާގުއިން މި ޑޭޓާ އެޑް-އޮންތައް ތައާރާފުކޮށްފައިވާއިރު، މީގެ ތެރެއިން ދެ އެޑް-އޮން އެއް ބޭނުންކޮށްގެން ޗެޓް އެޕްތައް ހިލޭ ބޭނުން ކުރެވޭނެ އެވެ. އެގޮތުން 2 ޖީބީ އަދި 20 ޖީބީ ގެ ޑޭޓާ އެޑްއޮން ބޭނުންކޮށްގެން ވައިބަރ، ޓެލެގްރާމް، މެސެންޖަރ ގެ އިތުރުން ވީ-ޗެޓް ހިލޭ ބޭނުންކުރެވޭނެ އެވެ.
އަލަށް ތައާރަފް ކުރެވުނު އެޑްއޮން ތަކުގެ އެހީގައި ކަސްޓަމަރުންނަށް އެކި އަގުތަކުގެ މި ހިދުމަތް ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާއިރު، މަމެން ގެ ޑޭޓާ އެޑް-އޮންތަކާއި އެކު ކަސްޓަމަރުންނަށް ޑޭޓާ ބޭނުންކުރުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.
ދިރާގުއިން ތައާރަފުކުރެވި ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ ’މަމެން‘ ގެ ހިދުމަތަކީ ރާއްޖޭގައި ޑިޖިޓަލްކޮށް މިފަދަ ހިދުމަތެއް ދެވޭ ފުރަތަމަ ފަހަރެވެ. ކަސްޓަމަރުންގެ މެދުގައި ’މަމެން‘ މަގުބޫލު ވެގެންދިޔައީ ކަސްޓަމަރުންނަށް މަމެން ގެ އެހީގައި ފަސޭހަތަކާއި އެކު، ރަނގަޅު އަގެއްގައި މި ހިދުމަތް ފޯރުކޮށްދެވުމުންނެވެ.

