ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރެޖިސްޓްރީ ބާތިލު ކުރި މައްސަލައިގައި އެޗްޑީސީން ކޯޓަށް!

އެޗްޑީސީގެ އެމްޑީއަކަށް ހުންނެވި ސުހައިލް/ ފޮޓޯ: އެޗްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ބަލަހައްޓަމުން ދާ ހުޅުމާލޭގެ ބިމުގެ ރަޖިސްޓަރީ ބާތިލުކޮށްފައިވާކަމަށް ބުނެ މާލެ ސިޓީ ކައުންސިލުން އާއްމު ކުރި އެންގުމުގެ މައްސަލައިގައި ސިވިލް ކޯޓަށް ދާން އެ ކޯޕަރޭޝަނުން ނިންމައިފި އެވެ.

ހުޅުމާލޭގެ އިންތިޒާމުތައް ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލު ކުރުމަށް ގޮވާލައި، މީގެ ކުރިން ވެސް އެކި ބައްދަލުވުންތައް ކުރިޔަށް ގެންގޮސްފައިވާއިރު އެންމެ ފަހުން ނިކުތް މައްސަލައަކީ ހުޅުމާލޭގެ ރެޖިސްޓްރީ އެޗްޑީސީގެ އަތުން ނެގުމަށް ބައްދަލުވެއްމަގައި ފާސް ކުރުމެވެ. މުޅި ހުޅުމާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރުމަށް، ނިންމި ދަނޑިވަޅަކީ ހުޅުމާލޭގެ ފޭސް ދޭއްގައި “ކޮތަރު ކޮށި” ނަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ޖަލްސާއެއް ބޭއްވުމަށް ނަގަން ޖެހޭ ހުއްދަ ނުނަގާތީ އެތަނުގައި އެއްވެސް ހަރަކާތެއް ނުބޭއްވޭނެކަމަށް އަންގާފައިވަނިކޮށް އައި ނިންމުމެކެވެ. މިއީ ސިޔާސީ ނިންމުމެއްގެ ގޮތުގައި ބުނެ، ސިޓީ ކައުންސިލަށް ފާޑުކިއުންތައް އަމާޒުވީ ނަމަވެސް ސިޓީ ކައުންސިލުން ތަކުރާރުކޮށް ބުނަމުން ދަނީ އެއީ ސައްހަ ނިންމުމެއް ކަމަށެވެ.

މާލެ ސިޓީ ޑެޕިއުޓީ މޭޔަރު އަދި މާލެ ސިޓީ ކައުންސިލްގެ މެމްބަރު އަހުމަދު ނަރީޝްގެ މި ހުށަހެޅުން ފާސްވީ އިދިކޮޅު ޕީޕީއެމްގެ މެޖޯރިޓީ އޮންނަ ކައުންސިލްގެ 12 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ހުށަހެޅުމަށް އެމްޑީޕީންގެ މެމްބަރުންގެ ތެރެއިން ވޯޓު ދެއްވީ ހެންވޭރު އުތުރު ދާއިރާގެ އައިޝަތު ނިޒްލީ ރަޝީދާއި މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަހުމަދު ޒަމީރެވެ.

މި ނިންމުން މީޑީއާތަކުގައި ކަވަރު ކުރުމާއި އެކު ކަންބޮޑުވުންފާޅުކޮށް އެޗްޑީސީން ބުނީ، ސިޓީ ކައުންސިލްގެ މި ނިންމުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައި ވާ މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ހައްގާއިި ބިމާ ބެހޭ ގާނޫނު އަދި ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާ ވެސް ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އެ ނިންމުން ބާތިލުކޮށްދޭން އެދި ސިޓީ ކައުންސިލަށާއި ލޯކަލް ގަވަމެންޓު އޮތޯރިޓީއަށް މައްސަލަ ހުށަހަޅައި އެޗްޑީސީން ބުނީ ސިޓީ ކައުންސިލްގެ ނިންމުމުގެ ސަބަބުން އެ ކޯޕަރޭޝަނަށް ފޫ ނުބެއްދޭ ވަރުގެ ގެއްލުންތަކާއި ކުރިމަތިވާނެ ކަމަށެވެ. އަދި އެޗްޑީސީން ނަގާފައިވާ ބައެއް ލޯނުތަކަކީ އެތަނުގެ އިހްތިސާސް ދަށުގައި ހުޅުމާލެ އޮތުމުން ލިބިފައިވާ ލޯނުތަކެއްކަން ބަޔާނުގައި ފާހަގަ ކުރި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކާފައިވާ ސަރަހައްދު ތަރައްގީކޮށް ފްލެޓް އަޅައި ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަން އެޗްޑީސީއާ ހަވާލުކޮށްފައިވަނީ ޑރ. މުއިއްޒުގެ މިނިސްޓަރު ކަމުގެ ދަށުން ކުރީގެ ހައުސިން މިނިސްޓްރީންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: