ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލްގެ ނިންމުމާ ހެދި ހުރިހާ ލޯނެއް އެއްފަހަރާ ދައްކަން ޖެހިދާނެ: އެޗްޑީސީ

ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ ކައުންސިލްގެ ނިންމުމާ ހެދި ހުރިހާ ލޯނެއް އެއްފަހަރާ ދައްކަންޖެހިދާނެ ހާލަތެއް މެދުވެރިވެދާނެތީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ހުޅުމާލޭގެ އިންތިޒާމުތައް ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލު ކުރުމަށް ގޮވާލައި، މީގެ ކުރިން ވެސް އެކި ބައްދަލުވުންތައް ކުރިޔަށް ގެންގޮސްފައިވާއިރު އެންމެ ފަހުން ނިކުތް މައްސަލައަކީ ހުޅުމާލޭގެ ރެޖިސްޓްރީ އެޗްޑީސީގެ އަތުން ނެގުމަށް ބައްދަލުވެއްމަގައި ފާސް ކުރުމެވެ. މުޅި ހުޅުމާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރުމަށް، ނިންމި ދަނޑިވަޅަކީ ހުޅުމާލޭގެ ފޭސް ދޭއްގައި “ކޮތަރު ކޮށި” ނަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ޖަލްސާއެއް ބޭއްވުމަށް ނަގަން ޖެހޭ ހުއްދަ ނުނަގާތީ އެތަނުގައި އެއްވެސް ހަރަކާތެއް ނުބޭއްވޭނެކަމަށް އަންގާފައިވަނިކޮށް އައި ނިންމުމެކެވެ. މިއީ ސިޔާސީ ނިންމުމެއްގެ ގޮތުގައި ބުނެ، ސިޓީ ކައުންސިލަށް ފާޑުކިއުންތައް އަމާޒުވީ ނަމަވެސް ސިޓީ ކައުންސިލުން ތަކުރާރުކޮށް ބުނަމުން ދަނީ އެއީ ސައްހަ ނިންމުމެއް ކަމަށެވެ.

އެޗްޑީސީން މިރޭ އާއްމު ކުރި ބަޔާނުގައި ބުނީ، ރެޖިސްޓްރީ ބާތިލުކޮށް ކުރިޔަށް ދާ މައްސަލައިގެ ތެރެއިން ހުޅުމާލޭގެ ތަރައްގީއަށް ނަގާފައިވާ ހުރިހާ ލޯނުތައް ޑިފޯލްޓުވެ އެއް ފަހަރާ ދެއްކަން ޖެހުމުގެ ހާލަތެއް މެދުވެރިވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ކައުންސިލްގެ ނިންމުމަށް އަމަލު ކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދި އެޗްޑީސީން ވަނީ މި ނިންމުމުގެ ސަބަބުން ސަބަބުން އެޗް.ޑީ.ސީއިން ވެފައިވާ މަދަނީ އެއްބަސްވުންތަކާއި، ލޯނު އެއްބަސްވުންތަކާއި އެޗްޑީސީން ހިލާފުވެ، “ކްރޮސް-ޑިފޯލްޓް” ހާލުތަކަށް ދިއުމުގެ ބޮޑު އިހުތިމާލެއް އޮންނާނެ ކަމަށެވެ.

އެހެންކަމުން މައްސަލައަށް ގޮތެއް ކަނޑައެޅުމުގެ ކުރިން މާލެ ސިޓީކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރަން ނުޖެހޭނެ ކަމަށް ކަނޑައަޅައި ވަގުތީ އަމުރެއް ނެރެދިނުމަށް ސިޓީ ކައުންސިލަށް ހުށަހަޅާކަމަށް އެޗްޑީސީން ބުންޏެވެ. ހުޅުމާލޭގެ ދެވަނަ ފޭސްގެ ރަޖިސްޓްރީ ބާތިލުކުރަން ސިޓީ ކައުންސިިލުން ނިންނި ނިންމުމަކީ ގާނޫނުއަސާސީއާ ހިލާފު ނިންމުމެއް ކަމަށް ބުނެ، އެ ނިންމުން ބާތިލުކޮށްދޭން އެޗްޑީސީން ސިވިލް ކޯޓަށް ހުށަހެޅީ މިއަދި އެވެ.

އިތުރު ބަޔާނެއް އާއްމުކޮށް އެޗްޑީސީން ވަނީ މިއީ ގާނޫނާއި ހިލާފު ނިންމެވުމެއްކަމަށް ބުނެ، މައްސަލަ ކަމާއި ބެހޭ ފަރާތްތަކަށް ހުށަހަޅާނެކަން ފާހަގަކޮށްފަ އެވެ. އެޗްޑީސީން ބުނީ ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއް އަކީ ކުންފުނީގެ އަމިއްލަ ބިމެއްގެ ގޮތުގައި ރަޖިސްޓަރީ ކުރެވިފައިވާ ބިމެއް ކަމަށެވެ. އަދި ތަން ބެލެހެއްޓުމަށް ގިނަ ހިދުމަތްތަކެއް ކުރަންޖެހޭއިރު، އެފަދަ އެއްވެސް ހިދުމަތަކަށް ހުއްޓުމެއް ނާންނާނެ ކަމަށެވެ. އަދި ގާނޫނާއި ގަވާއިދުތަކާއި ހިލާފަށް ކުރެވޭ އެއްވެސް ކަމެއްގައި ރައްޔިތުންގެ ފަރާތުން ބައިވެރި ނުވުމަކީ
އެޗްޑީސީން ވަނީ ގޮވާލާފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ ބިން ހިއްކުމަށް ބޭނުންވާ ފައިނޭންސް ހޯދުމަށް ލޯނު ނެގީ ވެސްހުޅުމާލޭ ފޭސް އެކެއް މޯޖޭގްކޮށްފަ އެވެ. އެއަށް ފަހު ފޭސް ދޭއް ހިއްކައި ނިމުމުން ފޭސް އެކެއް އާ އެއްކޮށް ހުޅުމާލޭގެ އައު ރެޖިސްޓްރީއެއް ދެއްވީ ޑރ. މުއިއްޒުގެ ހައުސިން މިނިސްޓަރުކަމުގެ އެވެ. އޭގެ ފަހުން ފޭސް ދޭއް ގައި ފްލެޓް އެޅުމާއި އެހެން ކަންކަމަށް އެ ރަޖިސްޓްރީ ބޭނުންކޮށްގެން ލޯނު ނަގާފައި ވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: