ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ޑޯންޓް ބީ އޯވާވެލްމްޑް” ގެ މާނައަކީ ތިވަރު ނުވާށޭ، ތިކަން ނުކުރާށޭ އެއް ނޫން: އުމަރު

ޔާމީން ރަޝީދުގެ މަރަށް އިންސާފު ހޯދަމަށް ގޮވާލައި ބޭއްވި ހިނގާލުމެއްގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

2014 ވަނަ އަހަރުގެ އޯގަސްޓު މަސް ތެރޭގައި ވީނުވީއެއް ނޭނގި ގެއްލިފައިވާ ނޫސްވެރިުާ އަހުމަދު ރިލްވާން އަބްދުﷲ މައްސަލަައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް، އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ކުރެއްވި މެސެޖު މާނައަކީ މައްސަލަ ބެލުމަށް ތިވަރު ނުވާށޭ ކަމަށާއި، އޭގެ މާނައަކީ މައްސަލަ ބެލުން ހުއްޓާލަން ބުނުމެއް ނޫންކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

މީގެ އަހަރުތަކެއް ކުރިން، އަލްޖަޒީރާއިން ނެރުނު “ސްޓީލިން ޕެރަޑައިސް” ޑޮކިއުމަންޓްރީގައި އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ރައީސް ޔާމީން ފޮނުވިކަމަށް ބުނާ މެސެޖެއްގެ ވާހަކަ ދައްކަ އެވެ. އޭގައި ރައީސް ޔާމީން ވިދާޅުވަނީ، ރިޟްވާން ގެއްލުވާލި ހާދިސާއާއި ގުޅުވައި އުމަރު މާބޮޑަށް ޖަޒުބާތުގައި ޖެހިވަޑައިނުގަތުމަށެވެ.

2014 އޮގަސްޓު މަހުގެ 22 ގައި ފޮނުވިިކަމަށް ބުނާ އެ މެސެޖުގައި ވަނީ، “އުމަރު، ނޯ ނީޑް ޓު ބީ އޯވަވެލްމްޑް ބައި ރިލްވާން” މިހެންނެވެ. އަދި އެ މެސެޖަށް އުމަރު ވިދާޅުވީ “އޯކޭ.. ނޯޓެޑް ސާރ” ކަމަށް ޑޮކިއުމަންޓްރީގައި ބުނެ އެވެ. ނަމަވެސް އުމަރު ނަސީރު އެ ވާހަކަތައް ދޮގު ކުރައްވަ އެވެ. އަދި އެފަދަ އެއްވެސް ވާހަކައެއް ރައީސް ޔާމީނާއި ދެމެދު ދެކެވިފައި ނުވާނެކަމަށް ވަނީ ވިދާޅުވެފަ އެވެ.

ސަންގު ޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމުގައި އުމަރު ވިދާޅުވީ މިފަދައިން ރައީސް ޔާމީން ބުނުމުގެ މާނައަކީ ރިލްވާން އަހުމަދު މައްސަލަ ބެލުމުގައި ރިސޯސް ބޭނުންކުރުމާއި އޭރު ހޯމް މިނިސްޓަރަކަށް ހުންނަވައި އުމަރު މައްސަލަ ބެލުމުގައި އެވަރު ނުވާށޭ ކަމެވެ.

އެގޮތުން ރައީސް ޔާމީނަކީ އޭރުގެ ރައީސް ކަމަށްވުމާއި އެކު، ގައުމުގެ ރިސޯސް ބޭނުން ކުރަންޖެހޭ ވަރާއި، ތަންތަނަށް މީހުން ލާން ޖެހޭ މިންވަރު އެމަނިކުފާނަށް އެނގޭނެ ކަމަށް އުމަރު ވިދާޅުވިއެވެ. އެގޮތުގެ މަތިން، އޭރު މިނިސްޓަރު ކަމުގައި ހުންނަވައި ރިޟްވާނުގެ މައްސަލަ ބެލުމަށް ފުލުހުންގެ 200 މީހުން ޑިޕްލޮއި ކުރުމާއި އެކު، ޖެހިގެން އައި ދުވަހު ސިފައިންގެ 80 މީހަކު ޑިޕްލޮއި ކުރެވޭނެ ކަމަށް ބުނުމުން ރައީސް ޔާމީން މިފަދައިން ވިދާޅުވީކަން އުމަރު ފާހަގަކުރެއްވިއެވެ.

އުމަރު ވަނީ އެއްވެސް ދުވަހަކު ރައީސް ޔާމީން، ރިޟްވާންގެ މައްސަަލަ ނުބެލުމަށް އެއްވެސް ގޮތަކަށް ބުނެފައި ނުވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

އުމަރު ވިދާޅުވި ގޮތުގައި، ހަގީގަތުގައި އޭރު އެކި މަގާމުތަކުގައި ތިއްބެވި މި ސަރުކާރަކީ ރިޟްވާންގެ މައްސަލަ ވިއްކައި ރިޟްވާންގެ މައިންބަފައިންގެ ކޮނޑުގައި ބޯ އަޅައިގެން ރޯ މަންޒަރު އެކި ޓީވީތައް މެދުވެރިކޮށް ދައްކައިގެން ވެރިކަމަށް އައި ކަމަށެވެ. އަދި ވެރިކަމަށް އައިސް 3 އަހަރުވެ ނިމިގެން ދިޔަ އިރު، މައްސަލައިގައި އިތުރަށް ތަހުގީގުކޮށް ފެނުނީ ކޮން ކަމެއްތޯ އުމަރު ވަނީ ސުވާލު އުފައްދާފައެވެ.

ސަރުކާރާއި ހަވާލު ވުމަށް ފަހު، ރިޟްވާން ގެ މައްސަލަަ ބަލިނަމަވެސް އިތުރު ހޯދުނަތްކެއް ހޯދިފައި ނުވާ ކަމަށް އުމަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ އަދިވެސް ފެންނަން އޮތީ ރައީސް ޔާމީނު ވެރިކަމުގައި ހުންނެވި އިރު މައްސަލައިގައި ހޯދުނު ހޯދުންތައް ކަމަށެވެ.

މީގެ އިތުރުން ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ރައީސް ސޯލިހާއި ރައީސް ނަޝިދު ފަދަ ބޭފުޅުން ރިޟްވާންގެ މައްސަލަ ފެންމަތިވި ވަގުތު އޭނާގެ އާއިލާއާއި އެކު، ހިތާމަކޮށް އެބޭފުޅުން ރުއި ރުއިިމަކީ “ފޭކް ރުއިމެކެވެ”.

ރައީސް ޔާމީނުގެ ސަރުކާރުން ރިޟްވާން ގެއްލުނު މައްސަލަ ބެލުމުގައި އޮތީ އެންމެ ފުރިހަމަ ގޮތުގައި މަސައްކަތް ކޮށްފައިކަން އުމަރު ފާހަގަަ ކުރެއްވިއެވެ. އުމަރު ނަސީރް ފާހަގަކުރެއްވި ގޮތުގައި ކުރީގެ ސަރުކާރުން މި މައްސަލަ ތަހުގީގު ކުރުމަށް ނުފުރޮޅާ އެންމެ ގާ ކޮޅެއްވެސް ނެތެވެ. ވީއިރު މި ސަރުކާރުން ފުރޮޅަން ގާކޮޅެއް ނޯންނާނެ ކަމަށާއި މިހާރު މިއޮތް ސަރުކާރުން ކުރާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: