ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަނޑުވެރިކަން ކުރަން ބިންދޫކުރުމަށް އިއުލާން ކުރުމުން 106 ފަރާތަކުން ފޯމު ހުށަހަޅައިފި

ދަނޑުވެރިކަން ކުރަން ބިންދޫކުރުމަށް އިއުލާން ކުރުމުން 106 ފަރާތަކުން ފޯމު ހުށަހަޅައިފައިވޭ / އަވަސް އެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދަނޑުވެރިކަން ކުރުމަށް އިނގުރައިދޫ އިން ބިންދޫކުރުމަށް އިއުލާން ކުރުމުން 106 ފަރާތަކުން ފޯމު ހުށަހަޅައިފައިވާ ކަމަށް މާޅޮސްމަޑުލު އުތުރުބުރީ އިންގުރައިދޫ ކައުންސިލްގެ އިދާރާއިން ބުނެފިއެވެ.

މިކައުންސިލް އިދާރާއިން މިފަދައިން ވިދާޅުވީ މިއަދު ގެޡެޓުގައި އާންމުކޮށްފައިވާ އިއުލާނެއްގައެވެ.

ކައުންސިލް އިދާރާއަށް ހުށަހަޅައިފާވާ ފޯމްތަކުގެ ތެރެއިން ޝަރުތު ހަމަވި ގޯތިތަކާއި، ޝަރުތު ހަމަނުވާ ގޯިތަކުގެ ލިސްޓް މި އިއުލާނާއިއެކު ވަނީ އެއްކަރުދާސް ކުރެވިފައި ކަމަށް ބުނެފައިވެއެވެ. އަދި މި ލިސްޓްތަކާއި ގުލޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައި ކަމަށްވެސް އިނގުރައިދޫ ކައުންސިލް އިދާރާއިން ބުނފައިވެއެވެ.

އެގޮތުން އިނގުރައިދޫ ކައުންސިލް އިދާރާއިން ބުނެފައިވާ ގޮތުގައި، ފޯމް ބަހަލައިގަތުމުގެ އެންމެފަހު ތާރީހަކީ 28 ޑިސެންބަރ 2021 ވާ އަންގާރަ ދުވަހުގެ މެންދުރު 01:00 ގެ ނިޔަލަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: