ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރެޖިސްޓްރީ މައްސަލައިގައި ނެރުނު ވަގުތީ އަމުރު، ކައުންސިލުން އިސްތިއުނާފު ކުރަނީ!

މާލެ ސިޓީ ކައުންސިލްގެ މެޔަރ ޑރ. މުޙައްމަދު މައިއްޒު އަދި އެޗްޑީސީގެ އެމްޑީ ސުހެއިލް އަހްމަދު / ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ބަލަހައްޓަމުން ދާ ހުޅުމާލޭގެ ބިމުގެ ރަޖިސްޓަރީ ބާތިލުކުރުމަށް ނިންމި ނިންމުން ތަންފީޒުކުރުމުގެ ގޮތުން ދައުލަތުގެ އިދާރާއަކުން އެއްވެސް ކަމެއް ނުކުރުމަށް ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު އިސްތިއުނާފަށް ހުށަހެޅުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ހުޅުމާލޭގެ އިންތިޒާމުތައް ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލު ކުރުމަށް ގޮވާލައި، މީގެ ކުރިން ވެސް އެކި ބައްދަލުވުންތައް ކުރިޔަށް ގެންގޮސްފައިވާއިރު އެންމެ ފަހުން ނިކުތް މައްސަލައަކީ ހުޅުމާލޭގެ ރެޖިސްޓްރީ އެޗްޑީސީގެ އަތުން ނެގުމަށް ކައުންސިލްގެ ބައްދަލުވެއްމަގައި ފާސް ކުރުމެވެ. މުޅި ހުޅުމާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރުމަށް، ނިންމި ދަނޑިވަޅަކީ ހުޅުމާލޭގެ ފޭސް ދޭއްގައި “ކޮތަރު ކޮށި” ނަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ޖަލްސާއެއް ބޭއްވުމަށް ނަގަން ޖެހޭ ހުއްދަ ނުނަގާތީ އެ ތަނުގައި ޖަލްސާ ނުބޭއްވޭނެކަމަށް އަންގާފައިވަނިކޮށް އައި ނިންމުމެކެވެ.

މިއީ ސިޔާސީ ނިންމުމެއްގެ ގޮތުގައި ބަައެއް މީހުން ސިފަ ކުރި ނަމަވެސް، ކައުންސިލުން އެކަން ދޮގު ކުރެ އެވެ.، ސިޓީ ކައުންސިލަށް ބިންތައް ނަގަން ނިންމި މައްސަލަ އެޗްޑީސީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ހުކުމް ކުރީ ސިޓީ ކައުންސިލްގެ ނިންމުމަށް އަމަލުކުރުން ފަސް ކުރުމަށާއި، އެ ނިންމުން ތަންފީޒުކުރުމުގެ ގޮތުން ދައުލަތުގެ އެއްވެސް އިދާރާއަކުން އެއްވެސް ކަމެއް ނުކުރުމަށެވެ.

މި ނިންމުމާއި މެދު ކަންބޮޑުވުން ފާޅުކޮށް އެޗްޑީސީން ބުނީ، ސިޓީ ކައުންސިލްގެ މި ނިންމުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައި ވާ މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ހައްގާއިި ބިމާ ބެހޭ ގާނޫނު އަދި ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާ ވެސް ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

ކޯޓު އަމުރު އިސްތިއުނާފަށް ހުށަހެޅުމަށް ނިންމާފައިވާކަން ހާމަކޮށް، ސިޓީ ކައުންސިލުން މީޑިއާތަކަށް ބުނީ މައްސަލަ ހައިކޯޓަށް މި ހަފްތާގައި ފޮނުވާނެ ކަމަށެވެ. އަދި ގާނޫނީ ޓީމުން އެކަމަށް ވާން ޖެހޭ ތައްޔާރީތައް ވަމުންދާކަމަށް މައުލޫމާތު ދިނެވެ.

އެޗްޑީސީން މީޑިއާތަކަށް އާއްމުކުރި ބަޔާނެއްގައި ވަނީ ކައުންސިލްގެ ނިންމުމުގެ ސަބަބުން އެ ކޯޕަރޭޝަނަށް ފޫ ނުބެއްދޭ ވަރުގެ ގެއްލުންތަކާއި ކުރިމަތިވާނެ ކަމަށެވެ. އަދި އެޗްޑީސީން ނަގާފައިވާ ބައެއް ލޯނުތަކަކީ އެތަނުގެ އިހްތިސާސް ދަށުގައި ހުޅުމާލެ އޮތުމުން ލިބިފައިވާ ލޯނުތަކެއްކަން ބަޔާނުގައި ފާހަގަ ކުރި އެވެ. މީގެ ސަބަބުން ސަބަބުން މަދަނީ އެއްބަސްވުންތަކާއި، ލޯނު އެއްބަސްވުންތަކާއި އެޗްޑީސީން ހިލާފުވެ، “ކްރޮސް-ޑިފޯލްޓް” ހާލުތަކަށް ދިއުމުގެ ބޮޑު އިހުތިމާލެއް އޮންނާނެކަމަށް ވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.

އެޗްޑީސީން ބުނީ ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއް އަކީ ކުންފުނީގެ އަމިއްލަ ބިމެއްގެ ގޮތުގައި ރަޖިސްޓަރީ ކުރެވިފައިވާ ބިމެއް ކަމަށެވެ. އަދި ތަން ބެލެހެއްޓުމަށް ގިނަ ހިދުމަތްތަކެއް ކުރަންޖެހޭއިރު، އެފަދަ އެއްވެސް ހިދުމަތަކަށް ހުއްޓުމެއް ނާންނާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: