ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމިއްލަ އެދުން ފުއްދުމަށްޓަކައި އަމިއްލަ ގައުމު ވިއްކާނުލުމަށް ގޮވާލައްވައިފި

އިދިކޮޅު ޕީއެންސީ ރައީސް އަބްދުއްރަހީމް އަބްދުالله (އަދުރޭ)
ޝެއާރކޮށްލާ ކަހަލަދޯ؟

އަމިއްލަ އެދުން ފުއްދުމަށްޓަކައި އަމިއްލަ ގައުމު ވިއްކާނުލުމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله (އަދުރޭ) ގޮވާލައްވައިފިއެވެ.

އިދިކޮޅު ކޮންގްރެސް ކޯލިޝަންއިން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ ބައެއް ސިޔާސީ ބޭފުޅުން ސިޔާސީ މަގްސަދެއް ހާސިލްކުރުމައްޓަކައި އަވަށްޓެރި ގައުމުތަކާއި އޮންނަ ގުޅުމަށް ބުރުއަރާ ކަންތައްތައް ނުކުރުމަށް ގޮވާލައްވާ ކަމަށެވެ. އެހެންނަމަވެސް އެއީ ރަނގަޅު ގޮތް ނޫން ކަމަށާއި އަމިއްލަ އެދުން ހާސިލްކުރުމަށްޓަކައި އަމިއްލަ ގައުމު ވިއްކާނުލުމަށް ވަނީ ގޮވާލައްވާފައެވެ.

އެއްބައިވަންތަކަމުގެ ދުވަހާއި ގުޅުވައި މިއީ އެއްބައިވަންތަކަން އާލާކުރަންވީ ވަގުތުކަމާއި، ގައުމަށްޓަކާއި އެއްބައިވާންވީ ވަގުތުކަމަށް ބުނެ ސިޔާސީ ޕާޓީތަކުންނާއި ފާޓީތަކުގެ ބޭފުޅުން އެތައް ވާހަކައެއް ދައްކަވާފައިވާކަން އަދުރޭ ފާހަގަކުރެއްވިއެވެ. އަދި މިއީ ދިވެހި ގައުމަށް އެއްބައިވަންތަކަން އިންތިހާއަށް ބޭނުންވާ ވަގުތެއް ކަމަށް އަދުރޭ ފާހަގަކުރެއްވިއެވެ.

ގިނަ ސިޔާސީ ބޭފުޅުން އެއްބައިވަންތަކަން ދައްކަން ކެރިވަޑައިނުގެން ގައުމު ބައިބައި ކުރުމުގެ ފަޅީގައި ތިއްބަވައިގެން ގައުމުގެ މިނިވަންކަމާއި އިސްތިގްލާލް ނަގާލަން ޖާގަ ދީގެން، އަޅުވެތިކުރަން މަގު ފަހި ކޮށްދެއްވައި ތިއްބަވައިގެން އެއްބައިވަންތަ ކަމުގެ ވާހަކަ ދައްކަވަމުންދާކަން އަދުރޭ ފާހަގަކުރެއްވިއެވެ. އަދުރޭ ވިދާޅުވީ އެއްބައިވަންތަ ވާންވީ ރައްޔިތުންނާއި އެކީގައި ކަމަށާއި ރައްޔިތުން ބޭނުންވާ ކަންކަމުގައި ދެކޮޅު ހެއްދެވުމަށް ނޫން ކަމަށެވެ.

”އެއްބައިވަންތަ ވާންވީ ބޭރުމީހުންނާއި އެކީގައެއް ނޫން. އިންތިހާބެއް ވަގައް ނަގައިފައިވާ މީހުންނާއި އެކީގައެއް ނޫން. އެއްބައިވަންތަ ވާންވީ ދިވެހި ރައްޔިތުންނާއި އެކީ. އަޅުގަނޑުމެން މިއަދުވެސް ހިނގައިދާނަން. އެހެންނަމަވެސް މިގައުމު އޮންނާނެ. އަޅުގަނޑުމެންގެ ދަރިން މިތާ މި ދިރިއުޅެނީ. އެދަރިންގެ ދަރިން މިގައުމުގައި ދިރިއުޅޭނީ“ އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ގައުމު އަމާނާތްތެރިކަމާއެކު ދަރިންނާއި ހަމައަށް ގެންގޮސްދޭން ޖެހޭ ކަމަށެވެ. އަދި އެއީ މުޖުތަމައުގެ މަސްއޫލިއްޔަތެއްކަމަށް އަދުރޭ ވިދާޅުވިއެވެ. މިކަމުގެ ޒިންމާ ނަގަން ޖެހޭނީ މިއަދުގެ ރައްޔިތުން ކަމަށްވާއިރު، މިއަދު ފެންނަމުންދަނީ އިސްސަފުގައި މަސައްތަކުކުރަމުންދާ ލީޑަރުން އެޒިންމާ އަދާނުކުރައްވާ އަމިއްލަ އެދުމުން ފޯވެތިބެ އަޅުވެތިކަމަށް ޖާގަދީގެން ތިބޭތަން ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވަނީ ދިވެހި ގައުމުދެކެ ލޯބިވާނަމަ އަދި ރައްޔިތުންނަށް ހެޔޮއެދޭނަމަ ޕީޕީއެމް އާއިއެކީ މަސައްކަތް ކުރައްވަން ވަޑައިގެންނެވުމަށް ގޮވާލައްވާފައެވެ. އަދި އަމިއްލަ އެދުން އެއްފަރާތްކޮށް ގައުމަށްޓަކައި، ދީނަށްޓަކައި އަދި ރައްޔިތުންނަށްޓަކައި ވާންޖެހޭ ގުރުބާނީތައްވުމަށް ލަދުގަންނަން ނުޖެހޭކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: