ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމާލައިފި

އެޗްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

މަސައްކަތުގެ މައުހައުލުގައި ބިނާކުރެނެވި ހުނަރުވެރި ޒުވާނުންތަކެއް އުފައްދާ ވަޒީފާގެ ބާޒާރަށް ނެރުމުގެ ގޮތުން އެޗް.ޑީ.ސީ ގެ ފަރާތުން ވަނީ އެޕްރެންޓިސްޝިޕް ޕްރޮގްރާމްއެއް ކުރިއަށް ގެންގޮސްފިއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ މޯލްޑިވްސް ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ (ޓިވެޓް)ގެ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ އުސޫލުތަކާއި ހަމަތަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. މި ޕްރޮގްރާމްގެ ދަށުން ހެވީވެހިކަލް، ވެލްޑިންގ، މޭޝަނަރީ، ގާރޑަނިންގ، އިލެކްޓްރިކަލް އަދި ކޮންސްޓްރަކްޝަން ދާއިރާއިން މީހުން ވަނީ ތަމްރީނު ކުރެވިފައެވެ.

މި ޕްރޮގްރާމް ފުރިހަމަ ކުރި ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫލުކުރާ ނެޝަނަލް ލެވެލް 3 ގެ ސަނަދެއް ވަނީ ލިބިފައެވެ. 6 މަސްދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގެ ބައިވެރިންނަށް އެލަވަންސްއެއްގެ ގޮތުން ކޮންމެ މަހަކު 6000 ރުފިޔާ ވަނީ ދީފައެވެ. 2021 ވަނަ އަހަރުގައި ބޭއްވުނު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި 56 މީހުން ބައިވެރިވެ، ޤައުމީ ލެވެލް 3 ގެ ސަނަދެއް ވަނީ ހާސިލްކޮށްފައެވެ. އަދި މީގެތެރެއިން، 24 ބައިވެރިންނަށް ވަނީ އެޗް.ޑީ.ސީގެ ފަރާތުން ވަޒީފާގެ ފުރުސަތު ދެވިފައެވެ. މީގެ ތެރޭގައި، 5 އެސިސްޓެންޓް ވެލްޑާސް، 2 އެސިސްޓެންޓް ގާރޑްނާސް، 6 އެސިސްޓެންޓް ކޮންސްޓްރަކްޝަން އޮފިސަރސް، 5 އެސިސްޓެންޓް އިލެކްޓްރީޝަން، 5 ހެވީ ވެހިކަލް ޑްރައި އަދި 1 އެސިސްޓެންޓް މޭސަން ހިމެނެއެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވެ ގިނަ ދާއިރާތަކުން ހުނަރުވެރި ޒުވާނުންތަކެއް އުފެދިގެން ދިއުމަކީ މި ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ. އަދި މުސްތަގްބަލުގައި މިކަހަލަ ޕްރޮގްރާމްތައް ކުންފުނީގެ ފަރާތުން ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖައްސާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: