ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތައުލީމީ ހުރިހާ ދާއިރާއެއްގައި މިނިމަމް ސްޓޭންޑާޑެއް ގާއިމުކުރުން މުހިންމު: މިނިސްޓަރ

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ، އިބްރާހިމް ހަސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ގުރުއާނު އުނގަންނައިދޭ ދާއިރާގެ އިތުރުން ތައުލީމީ އެހެން ދާއިރާތަކުގައި ވެސް މިނިމަމް ސްޓޭންޑާޑެއް ގާއިމުކުރުން މުހިންމުކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ހަސަން ވިދާޅުވެއްޖެއެވެ.

ކީރިތި ގުރުއާނުގެ އިލްމުގެ ތައުލީމީ ޕްރޮގްރާމުގައި ހުންނަންޖެހޭ “މިނިމަމް ސްޓޭންޑަރޑް” ލޯންޗުކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަމުން މިނިސްޓަރ ވިދާޅުވީ ގުރުއާނު އުންގަންނައިދިނުމަށް ހިންގާ ތައުލީމީ ޕްރޮގްރާމުތަކިުގައި ވަކި ސްޓޭންޑާރޑެއް ގާއިމުކުރެވިގެން ދިއުމަކީ މުހިންމު ކަމެއް ކަމުގައެވެ. އަދި ގުރުއާނު ޕްރޮގްރާމުތަކުގެ އިތުރުން ތައުލީމީ އެހެން ޕްރޮގްރާމުތަކުގައިވެސް ވަކި މިންގަނޑެއް އޮތުމަކީ އެންމެ އެކަށީގެންވާ ގޮތް ކަމުގައިވެސް ވިދާޅުވިއެވެ.

އެގޮތުން މިނިސްޓަރ ވަނީ ގުރުއާން އިލްމު އެނގުނުމަށް ހުންނަ ތައުލީމީ ޕްރޮގްރާމުތަކުގައި އުނގަންނައި ދިނުމަށް ހުންނަ ތަފާތުތަކުގެ ސަބަބުން، އެ ޕްރޮގްރާމު ނިންމުމަށް ފަހު ކިޔަވައި ދިނުމުގެ ދާއިރއަށް ނިކުންނަ މީހުންގެ ފެންވަރާއި މެދު ސުވާލު އުފެދުމަށް ޖާގަ އޮންނަ ކަމުގައި ވިދާޅުވެފައެވެ. މި ސަބަބާއި ހުރެ ގުރުއާނުގެ އިލްމު އުނގަންނައިދިނުމަށްޓަކައި މަސައްކަތް ކުރާ ބޭފުލޫންގެ ކަންބޮޑުވުންތައް ގިނަ ކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގެ ދަށުން ވަކި އުސޫލެއް ކަނޑައެޅިގެން ދިއުމަކީ ކަމާއި ގުޅުން ހުރި އެންމެހާ ފަރާތްތަކަށް ލިބިގެންދާ ހިތްހަމަޖެހުމެއް ކަމުގައި މިނިސްޓަރ ވަނީ ފާހަގަކޮށްފައެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓިއަސް ލިބިފައިވާ ބާރުތަކާއި އެކު އެފަރާތަށް މި މައްސަލައިގައި ހައްލު ހޯދުމަށް ލާޒިމް ވެގެންދާ ކަމަށާއި މި މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ކުރެވޭ މުހިންމު ކަމެއްގެ ގޮތުގައި ސްޓޭންޑާޑު ކަނޑައެޅުން ހިމެނޭ ކަމުގައިވެސް ފާހަގަކުރެއްވިއެވެ.

މި އޮތޯރިޓީއިން އިސްނަގައިގެން ގިނަ ބައެއްގެ ކަންބޮޑުވުމަކަށް ވެފައިވާ މައްސަލަ ހައްލު ކުރުމަށްޓަކައި ވަކި ޕެނެލްއެއް އެކުލަވާލައި އެ ޕެނަލް ގެސަބަބުން ގިނަ ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި ޕެނެލް އިން ކުރި މަސައްކަތާއި އެކު ފެންވަރާއި މެދު އޮތް ކަންބޮޑުވުމަސް ނިމުމެއް ގެނެވިފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި ވިދާޅުވީ ފެންވަރާއި މެދު އޮތް ހިތްހަމަނުޖެހުމަށް ވެސް ހައްލެއް ލިބިގެން ގޮސްފައިވާކަމަށެވެ.

” ޕެނެލް އިން ކުރި މަސައްކަތާއި އެކު ފެންވަރާއި މެދު އޮތް ކަންބޮޑުވުމެއް ނިމުމެއް ގެނެވިއްޖެ.. އަދި ފެންވަރާއި މެދު އޮތް ހިތްހަމަނުޖެހުމަށް ވެސް ނިމުމެއް ގެނެވިއްޖެ. ” މިނިސްޓަރ ހަސަން

މީގެ އިތުުރުން މިނިސްޓަރ ހަސަން ވަނީ މަތީ ތައުލިމާއި ބެހޭ މަރުކަޒުގައި ކީރިތި ގުރުއާނާއި ބެހޭ އިލްމު ކިޔަވައި ދޭ ދިނުމުގައި އެކަށީގެންވާ ވަގުތު ކަނޑައަޅައި، މިނިމަމް މުގައްރިރެއް ކަނދައެޅިގެން ދިއުމަކީ ފެންވަރު ހިފެހެއްޓުމަަޓަކައި ކުރެވުނު މަސައްކަތެއް ކަމުގައި ވިދާޅުވެފައެވެ. ގުރުއާނު އިލްމު އުނގަންނައިދޭ ދާއިރާގެ އިތުރުން އެހެން ދާއިރާތަކުގައިވެސް މިފަދަ އުސޫލެއް ގާއިމުކުރެވުމަކީ އެއް މިންގަނޑެއްގައި ތައުލީމީ ޕްރޮގްރާމުތައް ހިފަހައްޓާލެވޭނެ މަގެއް ކަމުގައި މިނިސްޓަރ ހަސަން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: