ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޯނު ފައިސާ ހޯދުމަށް ކޯޓަށް ދާން ޖެހިއްޖެނަމަ ދާނަން: ޑރ ހަސަން

ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ އިބްރާހިމް ހަސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ފައިސާ ހޯދުމަށްޓަކައި ކޯޓަށް ދާންޖެހޭ ހިސާބަށް ދިޔުމުން ކޯޓަށް ވެސް ދާނެކަމަށް ހަޔާރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއެއްގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ވަރަށް ގިނަ ދަރުވަރުން ލޯނު ދައްކާކަމަށެވެ. މިނިސްޓަރު ފާހަގަކުރެއްވީ ލޯނު ނުދައްކާ ދަރިވަރުންގެ އަތުން ފައިސާ ހޯދުމަށްޓަކައި ސަރުކާރުން މަސައްކަތްތަކެއްކުރަމުން އަންނަކަމަށެވެ.

ލޯނުގެ ގޮތުގައި ދޭ ފައިސާ ހޯދުމަށް އެކުލަވާލާ އުސޫލު މިހާރު އޮތީ އެ އުސޫލު އެކުލަވާލުމުގެ އެންމެ ފަހުގެ މަރުހަލާގައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ލޯނު އަބުރާ ދެއްކުން ވަރަށް މުހިންމުކަމަށް ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، މުސްތަގުބަލުގައި އެހެން ސަރުކާރުތަކަށް ލޯނު ފައިސާ ދޫކުރެވޭނީ ލޯނު އަބުރާ ލިބިގެންކަމަށެވެ.

މިހާރު މިނިސްޓްރީ އޮފް އެޑިއުކޭޝަންއިން ޓްރަސްޓް ފަންޑުވެސް އެކުލަވާލާފައިކަމަށާއި، ލޯނު ފައިސާ ޖަމާވާނީ އެ ފަންޑަށްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ ފަންޑަށް ޖަމާވާ ފައިސާއަކީ ރޮޓޭޓްވާ ފައިސާތަކެއްކަމަށްވެސް ވިދާޅުވިއެވެ. އެއްވެސްކަމެއްގެ ސަބަބުން ފައިސާދެއްކުމަށް ދަރިވަރަށް އުގަނގޫވާނަމަ ދަރަނި ރީސްޓްރަކްޗާކޮށްދެންކަމަށް ފާހަގަކުރެއްވިއެވެ. އަދި އެއީ ހާލަތާއި ގުޅިގެން ގެންނަ ބަދަލުތަކެއްކަމަށް ވިދާޅުވިއެވެ.

ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ފައިސާ ހޯދުމަށްޓަކައި ކޯޓަށް ދާންޖެހޭ ހިސާބަށް ދިޔުމުން ކޯޓަށް ވެސް ދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ދަރިވަރުންނަށް ލޯނު ދިނުމަށްޓަކައި ސަރުކާރުން ވަރަށް ބޮޑު ގުރުބާނީއެއް އަދި ހޭދައެއްކޮށްގެންކަމަށެވެ. ރާއްޖޭގައި ހިންގަންޖެހޭ މަޝްރޫއުތައްވެސް ހުރިއިރު، އަދި ކޮވިޑްގެ ދަތި ހާލުގަިއވެސް ސްޓޫޑަންޓް ލޯނު ދޫކުރަނީ މީހުން ބިނާކުރުމަކީ މުހިންމުކަމެއްކަމުގައިވާތީކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މުސްތަގުބަލުގައި މި ފުރުސަތުތައް ފަހި ޥާނީ އަދި މުސްތަގުބަލު ބިނާވާނީ ލޯނުގެ ގޮތުގައި ދޫކުރާ ފައިސާ އަބުރާ ލިބިގެންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: