ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ދަން ޖައްސާތަން ބަލަން ބޭނުންކަމަށް ބުނުމުން ޒާހިދު ކްރިއޭޓާގެ މައްސަލަ ބަލަނީ!

ޕީއެމްގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުރި އަދި އިދިކޮޅު އެކްޓިވިސްޓު ޒާހިދު ރަމީޒް/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ، އަނިޔާވެރިއެއްކަމަށް ބުނެ ދެން އަންނަ ވެރިކަމެއްގައި އެމަނިކުފާނު ދަންޖައްސަން ޖެހޭކަމަށް ގޮވާލުމުން ޒާހިދު ރަމީޒްގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ޒާހިދަކީ ރާޅުގަނޑު ސަރަހައްދުގައި ތަރައްގީކޮށް ހިންގަމުން އައި ނިއުޕޯޓު ރެސްޓޯރަންޓާއި، ބްރިޖް ވިއުއިން ޕްލެޓްފޯމުގައި ހިންގި ޗާޓައިމްގެ ވެރިޔާ އެވެ.

އިއްޔެ ރައީސް ސޯލިހު ޓްވީޓެއްގައި ޓެގުކޮށް ޒާހިރު ބުނީ ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި، ވެރިން ގައުމަށް ޣައްދާރުވުމުން އެމީހުންނަށް އަންނަނީ މަރުގެ ހުކުމެއް ކަމަށެވެ. އެހެން ކަމުން ދެން އަންނަ ވެރިކަމެއްގައި އޭނާ އެންމެ ދެކެން ބޭނުންވަނީ އިސްލާމީ ޝަރީއާ ތަންފީޒުކޮށް، ރާއްޖޭގެ ގާނޫނުތައް އެގޮތަށް ބަދަލު ކުރެވި ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކޮށް ރައީސް ދަން ޖެއްސުން ކަމަށެވެ.

މި ޓްވީޓާއި އެކު މައްސަލަ ބެލުމަށް ގޮވާލައި، އެމްޑީޕީގެ މެމްބަރުން ޓްވީޓު ކުރަން ފެށުމުން ޒާހިދު ވަނީ އަނިވެރިކަމަށް ހިތްވަރު ދިނުންކަމަށް ވަނީ ހަމައެކަނި އިދިކޮޅުން ބުނާ ބަސްތަކަށްތޯ ސުވާލު އުފައްދާފަ އެވެ. އެގޮތުން އިދިކޮޅުގެ ބައެއް އެކްޓިވިސްޓުން ވަނީ، އެމްޑީޕީގެ މިހާރުގެ ޒިންމާދާރު މަގާމުތަކުގައި ތިބި މީހުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދަން ޖައްސަން ޕެޓިޝަނެއް ހެދުމަށް ގޮވާލި ޓްވީޓުތަކާއި އަދި ރައީސް މައުމޫން އަބްދުލްގައްޔޫމަކީ ދަން ޖައްސަން ޖެހޭ މީހެއްކަމަށް ބުނެ ކުރި ޓްވީޓުތައް ދައުރުކޮށްފަ އެވެ.

މި މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ބުނި ނަމަވެސް، އިތުރު ތަފްސީލެއް ހާމަ ނުކުރެ އެވެ.

މީގެ ކުރިން ވެސް ޒާހިދު ނޫސްވެރިޔާ އަހުމަދު ރިޟްވާނާއި، ބްލޮގާރ ޔާމީން ރަޝީދަށް އަމާޒުކޮށް ކުރި ޓްވީޓުތަކެއްގެ މައްސަލަ ފުލުހުން ބެލި އެވެ. އެ މައްސަލަތަކުގައި މަރު ކޮމިޝަނަށް ވެސް އޭނާ ހާޒިރުކުރި އެވެ.

މައްސަލަ ބަލަން ފެށުމުން އިތުރު ޓްވީޓެއްކޮށް ޒާހިދު ބުނީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި މަގުތަކަށް ނިކުމެ ދަނގެތި ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމާއި، ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ދަން ޖެއްސުމަށް ގޮވާލި ކަމަށެވެ. އަދި އެ ބޭފުޅުން ދިރިއުޅުއްވަމުން ދިޔަ ގެ ކައިރިއަށް އެއްވެ ކުޑަކުދިން ކުރިމަތީ ވެސް އެއީ ދަންޖައްސަން ޖެހޭ މީހުންކަމަށް ބުނެ ހަރު އަޑުން ވާހަކަ ދެއްކެވި ކަމަށެވެ.

“ނަޝީދު އިސްވެ ހުރެ އެމްޑީޕީ ގުންޑާއިން ގޮވައިގެން މާލޭގެ މަގުތަކަށް ނިކުމެ ނާޒިމާއި، ރިޔާޒް ދަން ޖައްސަން ގޮވި. އަދި އެމީހުން ދިރިއުޅޭ ގޭ ދޮށަށް ގޮސް ކުޑަ ކުދިންނާ އާއިލާތަށް ކުރިމަތީގަ ވެސް ދަން ޖައްސަން ގޮވި… އަހަރެން މާލޭގެ ބެއިފުޅަކަށް ނުވީމަ ތަ ގޯސްވީ؟” ޒާހިދު

ރައީސް ސޯލިހަށް ގެއްލުންދޭން ގޮވާލި މީހެއްގެ މައްސަލަ ބެލުމަށް މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ގޮވާލުމުން މެމްބަރަށް ރައްދުދީ ޒާހިދު ކުރި ޓްވީޓުގައި ބުނީ ރައީސް ނަޝިދަކީ ފުލުހުން ބާޣީންނަށް ހަދައި، ކޮންމެ ރެއަކު މާލެއަށް ނިސްބަތްވާ މީހުންނާއި އެކު މަގުތަކަށް ނިކުމެ ފުލުހުންނާ މެދު ނަފުރަތު އުފައްދާ، އަދި ފުލުހުން ގައިގަ ތަޅާނެ ގުރޫޕެއް ހޯދަން ގޮވާލި ބޭފުޅެއް ކަމަށެވެ. އަދި އެމަނިކުފާނު އެހެން ގޮވާލިތާ މާ ގިނަ ދުވަހެއް ނުވެ ކ. ކާށިދޫގަ ވަޅިން ހަމަލަ ދީ ފުލުހަކު މަރާލިކަމަށް ޒާހިދު ލިޔެފައި ވެއެވެ.

މި މައްސަލައިގައި ރާއްޖޭގެ އޮންލައިން ނޫހަކަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ ޒާހިދުގެ މައްޗަށް އަޅާނެ ފިޔަވަޅަކާއި މެދު ފުލުހުން ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމާއި އެކު މަޝްވަރާ ކުރާނެ ކަމަށެވެ. އަދި އެ މައްސަލައި އެޅޭނެ ފިޔަވަޅެއް އޮޅުންފިލުވާނެ ކަމަށެވެ.

ވަރަށް ގަދަ
43%ވަރަށް ގަދަ 29%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 14%ހައިރާންވެއްޖެ 0%ވަރަށް ދެރަ 14%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: