ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިއުޕޯޓު ބިން 25 ދުވަހުގެ ތެރޭގައި ހުސް ކުރަން އަންގައި ޒާހިދަށް ސަރުކާރުގެ ނޯޓިސްއެއް!

ރާޅުގަނޑު ސަރަހައްދުގައި ހަދާފައިވާ ނިއުޕޯޓު ރެސްޓޯރަންޓު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ރާޅުގަނޑު ސަރަހައްދުގައި ހަދާފައިވާ ނިއުޕޯޓް ރެސްޓޯރަންޓާއި، އެތަނާއި އިންވެގެން ހުންނަ ބްރިޖް ވިއުއިން ޕްލެޓްފޯމު ބިން ހުސްކޮށް ސަރުކާރާއި ހަވާލު ކުރުމަށް ސްޓާޑާ ކުންފުންޏަށް އަންގައިފި އެވެ.

ސިނަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށް ދިޔަ ގޮތް ބެލުމަށް ޕްލެޓްފޯމަކާއި ފުޑް އައުޓްލެއް އަދި ފުޓްސަލް ދަނޑެއް ތަރައްގީ ކުރުމުގެ މަސައްކަތް، ސްޑްރާޑާ ޕްރައިވެޓް ލިމިޓެޑާ ހަވާލު ކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ. ނަމަވެސް ކުލި ނުދައްކާ ހުރުމުގެ ސަބަބުން 2018 ގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ދައްކަންޖެހޭ ޖުރިމަނާގެ އަދަދު 1.4 މިލިއަން ރުފިޔާއަށް އަރާފައިވުމާއި ގުޅިގެން ހައުސިން މިނިސްޓްރީ އާއި ސްޓްރާޑާއާ ދެމެދު އެއްބަސްވުން ގާއިމްކޮށްފައި ވާ ތިން އަހަރު ދުވަހުގެ އެއްބަސްވުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވަނީ ބާތިލުކޮށްފައެވެ.

ޕްލޭނިން މިނިސްޓްރީން ޒާހިދުއަށް ބިން ހުސް ކުރަން އެންގި އެނގުމާއި ދިމާވަނީ އޭނާ ސޯޝަލް މީޑިއާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަމާޒުކޮށް ޓްވީޓުތަކެއް ކުރި މައްސަލައެއް ފުލުހުން ބަލަން ފެށި ދަނޑިވަޅަކާއި އެވެ. ސްޓްރާޑާއަކީ ޕީޕީއެމްގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުރި އަދި އިދިކޮޅު އެކްޓިވިސްޓު ޒާހިދު ރަމީޒްގެ ކުންފުންޏެކެވެ. މިހާރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ އޭނާގެ އަނބި ކަނބަލުން މަލަކާ އަބްދުލް ހަކީމެވެ.

އޭގެ ފަހުން ވެސް އެ ބިިން ސްޓްރާޑާ ކުންފުނިން ބޭނުން ކޮށްފައިވާ ކަމަށް ބުނެ ދައުލަތަށް ނުދައްކާ އޮތް ކުއްޔާއި ޖޫރިމަނާގެ އިތުރުން ބަދަލު ނަގައި ދިނުމަށް އެދި ޕްލޭނިން މިނިސްޓްރީން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. އެ މައްސަލާގައި ކޯޓުން ހުކުމް ކުރީ ބިން ހަވާލުކޮށް، ކުއްޔާއި، ޖޫރިމަނާގެ އިތުރުން ބަދަލުގެ ގޮތުގައި ޖުމްލަ 1،149،271 ރުފިޔާ ދައުލަތަށް ދެއްކުމަށެވެ.

2019 ގައި މީޑިއާގައި ނިއުޕޯޓުގެ ވާހަކަ ވަރަށް ގިނައިން ދެކެވުނެވެ. އޭރު ބަޔާނެއް އާއްމުކޮށް ކުންފުނިން ބުނީ ބިމުގެ ކުލި ކޮންމެ މަހަކު ވެސް ދައްކަންޖެހޭނެކަން ގަބޫލު ކުރާ ކަމަށެވެ. ނަމަވެސް ބްރިޖް ވިއުގައި ޗާޓަމް ހިންގި ބިން އެއްވެސް ބަދަލަކައި ނުލައި އަތުލާފައިވާ ކަމަށާއި އެ ބިން ނަގާފައިވަނީ ގާނޫނު އަސާސީ އާއި ހިލާފަށް، ކޯޓު އަމުރެއް ނެތި ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ސްޓްރާޑާ އިން ސަރުކާރަށް ދައްކަންޖެހޭ ކުލި ނުދެއްކުނީ ޗާޓައިމް ހިންގި ބިން އަތުލުމުގެ ސަބަބުން ލިބުނު ގެއްލުމާއެކު ކުންފުނި ހުއްޓުމަކަށް އައުމުން ކަމަސްވެސް ސްޓްރާޑާ އިން ބުނެ އެވެ. އަދި އެ ގެއްލުމުގެ ބަދަލުވެސް ސަރުކާރުން ދީފައި ނުވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. ނަމަވެސް ޒާހިދު ވަނީ އޭނާ ދައްކަން ޖެހޭ ޖުރިމަނާއަށް ވުރެ ދައުލަތުން އެނާއަށް ބަދަލެއްގެ ގޮތުގައި ދޭން ޖެހޭ އަދަދު ބޮޑުވާނެ ކަމަށެވެ.

ޗާޓައިމް ތަޅާލުމުގެ ބަދަލުގައި ކުރީގެ ހައުސިން މިނިސްޓްރީން ސްޓްރާޑާއަށް ދޭން އުޅުނީ 14.4 މިލިއަން ރުފިޔާއެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ޒާހިދަށް އެންގީ 25 ދުވަހުގެ ތެރޭގައި ބިން ހުސްކުރުމަށެވެ. އެ މުއްދަތުގައި ބިން ހުސްނުކޮށްފި ނަމަ ސަރުކާރުން ތަން ހުސްކުރާނެކަމަށާއި، އެކަމުގެ ތެރެއިން މުދަލަކަށް ލިބޭ އެއްވެސް ގެއްލުމަކަށް ޒިންމާ ނުވާނެކަމަށް އެންގުމުގައި ވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: