ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެރިޓައިމް ދާއިރާއިން ރާއްޖެއިން ބޭރުން ތަމްރީންވުމަށް ސްކޮލަޝިޕް ފުރުސަތުތަކަށް ހުޅުވާލައިފި

ސްޓޭޓް ޝިޕިން ކުންފުންޏާއެކު މެރިޓައިމް ދާއިރާ ކުރިއެރުވުމަކީ ސަރުކާރުގެ އެންމެ ބޮޑު އަމާޒު
ޝެއާރކޮށްލާ ކަހަލަދޯ؟

މެރިޓައިމް ދާއިރާއިން ރާއްޖެއިން ބޭރުގައި ތަމްރީންވުމަށް ސްކޮލަޝިޕް ފުރުސަތުތަކަށް ހުޅުވާލައިފިއެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިން ކުންފުނިން ވަނީ އެކުންފުނީގެ ސްކޮލަޝިޕް ޕްރޮގްރާމް “ކަލާސީން”ގެ ދަށުން ތިން ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ.  އެ ތިން ކޯހަކީ ނެވިގޭޝަން އޮފިސަރ ކެޑޭޓް ޓްރެއިނިން ކޯސް، އިންޖީން އޮފިސަރ ޓްރެއިނިން ކޯސް އަދި ރީފަރ ޓެކްނީޝަނެވެ.

ނެވިގޭޝަން އޮފިސަރ ކެޑޭޓް ޓްރެއިނިން ކޯހާއި އިންޖީން އޮފިސަރ ޓްރެއިނިން ކޯހުގެ ސްކޮލަޝިޕް ދެކުއްޖަކަށް ދިނުމަށް ވަނީ ނިންމާފައެވެ. 36 މަސްދުވަހުން ނިންމާ މި ދެކޯހުގައި ބައިވެރިވެވެނީ ފިޒިކްސް މާއްދާއެކު އޭލެވެލްގައި ދެ މާއްދާއިން ފާސްވެފައިވާ ދަރިވަރުންނަށެވެ. މި ދެކޯހުގެ ސްކޮލަޝިޕަށް އެދި ހުށައެޅެނީ 18 އަހަރާއި 21 އަހަރުގެ ޒުވާނުންނަށެވެ. މި ދެކޯސް ފުރިހަމަކުރާ ދަރިވަރުން މޯލްޑިވްސް ސްޓޭޓް ޝިޕިން ކުންފުނީގައި މަސައްކަތްކުރުމަށް 18 މަސްދުވަހުގެ ބޮންޑެއްގައި ސޮއިކުރެވޭނެއެވެ.

ރީފަރ ޓެކްނީޝަންގެ ސްކޮލަޝިޕް ލިބެނީ އެއް ދަރިވަރަށްކަމަށް ކުންފުނިން ބުނެއެވެ. މި ކޯސް 12 މަސްދުވަހުން ނިމޭއިރު މިކޯހުގެ ސްކޮލަޝިޕަށް އެދި ހުށައަޅާ ދަރިވަރުން ފިޒިކްސް މާއްދާއާއެކު އޯލެވެލް ތިން މާއްދާއިން ފާސްވާންޖެހެއެވެ. 18 އަހަރާއި 25 އަހަރާއި ދެމެދުގެ ޒުވާނުންނަށް މިސްކޮލަޝިޕަށް އެދި ކުރިމަތިލެވޭއިރު މި ކޯސް ފުރިހަމަކޮށް ސްޓޭޓް ޝިޕިން ކުންފުނީގައި މަސައްކަތްކުރުމަށް 12 މަސްދުވަހުގެ ބޮންޑެއްގައި ސޮއިކުރެވޭނެއެވެ.

ކޯސްތަކުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ފޯމް ފުރިހަމަކުރުމަށްފަހު 27 ފެބްރުއަރީ 2022ގެ 2:00ގެ ކުރިން ކުންފުނީގެ މެއިލްއަށް ފޮނުވުމަށް ވަނީ އެދިފައެވެ. ޕްރޮގްރާމާއި ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް ރަސްމީ ބަންދުނޫން ދުވަސްތަކުގެ ހެނދުނު  9:00އިން ފެށިގެން 12:00އަށް އަދި މެންދުރު 2:00އިން ފެށިގެން ހަވީރު 4:00އާއި ދެމެދު ކުންފުނީގެ ނަމްބަރަށް ގުޅައި މައުލޫމާތު ސާފުކުރުމަށް ކުންފުނިން ވަނީ އެދިފައެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިން ކުންފުންޏަކީ އިގްތިސާދީ މިނިވަންކަން ހޯދުމަށްޓަކައި އިންވެސްޓްމަންޓުތަކާއެކު އަމިއްލަ އުފެއްދުންތެރިކަން އިތުރުކޮށްގެން އައު އިގްތިސާދީ ގޮތްތަކެއް ހޯދުމުގެ ބޭނުމުގައި އުފެއްދި ކުންފުންޏެކެވެ. ދިވެހި ސަރުކާރުން އާ ޝިޕިން ލައިނެއް އުފައްދާ، ރަސްމީކޮށް މިހިދުމަތް އަލުން ދޭން ފަށާފައިވަނީ 2020 ވަނަ އަހަރުގެ ތެރޭގައެވެ. ކުންފުންޏަކީ އެސްޓީއޯގެ 99.99 އިންސައްތަ އަދި ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ 0.01 އިންސައްތަ ހިއްސާ ހިމެނޭ ކުންފުންޏެކެވެ.

ކުންފުނީގެ އަމިއްލަ ބޯޓެއް ގެނެސް، އެބޯޓުންވެސް ރާއްޖެއަށް މިވަގުތު އަންނަނީ މުދާ އެތެރެކުރަމުންނެވެ. ސްޓޭޓް ޝިޕިން ލައިނާއެކު ލާމަރުކަޒީ ނިޒާމު އިތުރަށް ފުޅާވެ ޒުވާނުންނަށާއި ޚާއްސަކޮށް އަންހެނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: