ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާފުށީ ކުޑަކުދިންނަށް ހާއްސަކޮށް އެލްޓީ ސްޕޯޓްސް އެކަޑެމީ – ކްލާސް!

ސެންޓަރ ފޯ ލަރނިންގް އެންޑް އެކަޑެމިކް ސްޓޫޑެންޓް ސަޕޯޓް ކްލާސް އާއި އެލްޓީ ސްޕޯޓްސް ކްލަބް ގުޅިގެން އެކަޑެމީއެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ކ . މާފުށިގައި އެކަޑެމިކް ސެންޓަރ – ސެންޓަރ ފޯ ލަރނިންގް އެންޑް އެކަޑެމިކް ސްޓޫޑެންޓް ސަޕޯޓް ކްލާސް އާއި އެލްޓީ ސްޕޯޓްސް ކްލަބް ގުޅިގެން އެކަޑެމީއެއް ހުޅުވައިފި އެވެ.

52 ކުދިންގެ ބައިވެރިވުމާއި އެކު މި އެކަޑެމީ ހުޅުވާފައި ވަނީ ހޮނިހިރު ދުވަހު އެކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފުޓް ބޯލް އެސޯސިއޭޝަން (އެފްއޭއެމް) ގެ ޖެނެރަލް ސެކްރެޓަރީ ހުސެން ޖަވާޒެވެ. އަދި އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރ އަހުމަދު ޝަރީފް ވެސް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

ކްލާސްގެ ސީއީއޯ ޝިޒާ ހަސަން ވިދާޅުވީ، މިއީ ކްލާސްއިން އިސްނަގައިގެން މާފުށީގެ ދަރިވަރުންނަށް ފުޓުބޯޅަ ކުޅުމުގެ ފުރުސަތު ހޯދައި ދީ ދަރިވަރުންގެ ހުނަރު ތަރަށްގީކުރުމަށް ކުރިޔަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. އަދި ޕްރޮގްރާމުގެ ސަބަބުން ފުޓްބޯޅައިގެ ދާއިރައަށް ޝައުގު ހުންނަ ކުދިން ކުރިޔަށް ދާން އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.

މި އެކަޑެމީގެ މެއިންސްޕޮންސަރ އަކީ ކާނިހޮޓެލްސް އެވެ.

ކްލާސް އަކީ މިހާރުވެސް މާފުށީގައި 127 ދަރިވަރުންނާއިއެކު ކުރިޔަށްދާ އެކަޑެމިކް ސެންޓަރެއްކަން ފާހަގަ ކުރެވެ އެވެ. މިއީ ތަފާތު ކަންތައްތަކެއް ހިމެނޭގޮތަށް ދަރިވަރުންނަށް ކުޅިވަރުގެ ދާއިރާއާއި އަދި އެ ނޫން ވެސް ދާއިރާތަކުން ހަރަކާތްތައް ރާވާ ހިންގަމުން އަންނަ ސެންޓަރެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: