ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަހަރު ދުވަހުން ރާއްޖޭގެ އިންފްލޭޝަން 0.02 އިންސައްތަ މައްޗަށް !

2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހާއި ހަމައަށް މުޅި ރާއްޖޭގެ ކާބޯތަކެތީގެ ބައިގެ އިންފްލޭޝަން ރޭޓު މައްޗަށް ގޮސްފައިވޭ
ޝެއާރކޮށްލާ ކަހަލަދޯ؟

އަހަރު ދުވަހުގެ ތެރޭ ރާއްޖޭގެ ޖުމްލަ އިންފްލޭޝަން 0.02 އިންސައްތަ މައްޗަށް ގޮސްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ނޭޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓީކްސްއިން އާންމުކުރާ ކޮންސިޔުމަރ ޕްރައިސް އިންޑެކްސްގައި ފާހަގަކޮށްފައިވާގޮތުން 2021 ވަނަ އަހަރުގެ ޑިސެމްބަރުމަހު ރާއްޖޭގެ އިންފްލޭޝަން ރޭޓަކީ 0.07- އިންސައްތައެވެ. 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު އިންފްލޭޝަން ހުރީ 0.12 އިންސައްތައިގައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން 2020 ޑިސެމްބަރު މަހުން ފެށިގެން 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހާއި ހަމައަށް އިންފްލޭޝަން ރޭޓް ވަނީ 0.02 އަށް ވަނީ މައްޗަށް ގޮސްފައެވެ. އަދި 2020ގެ ނޮވެމްބަރު މަހުން ފެށިގެން 2021 ވަނަ އަހަރުގެ ނޮވެމްބަރާއި އަޅާބަލާއިރު އިންފްލޭޝަން ރޭޓް ވަނީ 0.13އިން މައްޗަށް ގޮސްފައެވެ.

ޑިސެމްބަރު މަހު މައިގަނޑު ގޮތެއްގައި އަގުތަށް ދަށަށް ގޮސްފައިވާ ބައިތަކުގެ ގޮތުގައި ފާހަގަކުރެވިފައިވަނީ މޯބައިލް ފޯނުގެ މުވާސަލާތީ ހިދުމަތް، މަހުގެ ބާވަތްތަކުންނާއި މޭވާއާއި ތަރުކާރީގެ ބާވަތްތަކުން، ލެބޯޓަރީ ޓެސްޓުތައް، ފައިވާނާއި ބޫޓު އަދި އިންޓަނެޓުގެ ޚިދުމަތްތަކުގެ ބައިންނެވެ. ޑިސެމްބަރު މަހު އަގުތައް އުފުލިފައިވާ ބާވަތްތަކުގެ ތެރޭގައި ކޮންޓެކްޓް ލެންސާއި ސޮލިޔުޝަން، ބޭހުގެ ބާވަތްތައް، ދުފުމަށް ބޭނުންކުރާ ބާވަތްތައް، ގެދޮރު މަރާމާތު ކުރުމަށް ބޭނުންވާ ސާމާނު، އެއްގަމު މަހުގެ ބާވަތްތައް އަދި ކުލީގެ އަގުތައް ހިމެނެއެވެ.

ކާބޯތަކެތީގެ ބާވަތްތަކަށް ބަލައިލާއިރު 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހާއި ހަމައަށް މުޅި ރާއްޖޭގެ ކާބޯތަކެތީގެ ބައިގެ އިންފްލޭޝަން ރޭޓު ވަނީ 2.27 އިންސައްތަ މައްޗަށް ގޮސްފައެވެ. މަހުގެ ބާވަތްތަކަށް ބަލައިލާއިރު 2020 ޑިސެމްބަރުން 2021 ވަނަ އަހަރުގެ ޑިސެމްބަރާއި ހަމައަށް މަހުގެ ބާވަތްތަކުގެ އިންފްލޭޝަން ރޭޓް ވަނީ 2.47 އިންސައްތައިން މައްޗަށް ގޮސްފައެވެ. އަދި 2020 ވަނަ އަހަރުގެ ޑިސެމްބަރުން ފެށިގެން 2021 ވަނަ އަހަރުގެ ޑިސެމްބަރާއި ހަމައަށް ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓްތަކުގެ އިންފްލޭޝަން ރޭޓް ވަނީ 1.21 އިންސައްތައިން މައްޗަށް ގޮސްފައެވެ.

2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު މާލޭގެ އިންފްލޭޝަން މައްޗަށް ދިޔުމަށް އެންމެ ހިއްސާ ކޮށްފައިވަނީ ސިއްހީ ހިދުމަތުގެ ބައިންނެވެ. ކޮންޓެކްޓް ލެންސް އަދި ސޮލިޔުޝަން އަގުންނާއި ހިތުގެ ބައްޔަށް ބޭނުންކުރާ ބޭހުގެ އަގު ވަނީ އުފުލިފައެވެ. ސިއްހީ ދާއިރާގެ ބައިން އަގު ދަށަށް ގޮސްފައިވަނީ ލެބޯޓްރީ ޓެސްޓުތަކުގެ އަގުތަކުން އެކަންޏެވެ.

2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު މާލޭގެ އިންްލޭޝަން ރޭޓް ދަށަށް ދިޔުމުގައި ހިއްސާ ކޮށްފައިވަނީ މައުލޫމާތާއި މުވާސަލާތީ ޚިދުމަތުގެ ބައިންނެވެ. އަދި އަތޮޅުތެރޭގެ އިންފްލޭޝަން ދަށަށް ދިޔުމަށް ހިއްސާކޮށްފައިވަނީ ކާބޯތަކެތީގެ ބައިންނެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: