ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުވަސްވީ މީހެއްގެ ގަޔަށް އޮޅިގެން ވެކްސިންގެ 4 ވަނަ ޑޯޒް ޖެހި މައްސަލައެއް

ގއ. ދާންދޫ
ޝެއާރކޮށްލާ ކަހަލަދޯ؟

ގއ. ދާންދޫގައި އުމުރުން ދުވަސްވީ މީހެއްގެ ގަޔަށް ކޮވިޑް ވެކްސިންގެ ހަތަރު ވަނަ ޑޯޒު ޖަހައިފިއެވެ.

އެނގިފައިވާ ގޮތުގައި ވެކްސިންގެ 4 ވަނަ ޑޯޒް ޖަހާފައި ވަނީ އުމުރުން 80 އަހަރުގެ އަންހެނަކަށެވެ. އެމީހާގެ ގަޔަށް އެ ޑޯޒް ޖެހީ އިއްޔެއެވެ

ހަތަރު ވަނަ ޑޯޒް ޖެހުމާ ގުޅިގެން މިހާރު އެމީހާ އެރަށު ސިއްހީ މަރުކަރުގައި އޮބްޒާވް ކުރަން ބާއްވާފައިވާ ކަމަށާއި އަދި އެމީހާގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ.

ހެލްތް މިނިސްޓްީން ވަނީ މިފަދަ ހާދިސާއެއް ދާންދޫގައި ހިނގާފައިވާކަން ބައެއް މީޑީއާތަކަށް ކަށަވަރުކޮށްދީފައެވެ. އަދި މިކަން މިނިސްޓްރީ އާއި ދާންދޫ ސިއްހީ މަރުކަޒުންވެސް ބަލަމުންދާކަމަށް ހެލްތުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: