ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި އޮސްޓްރޭލިއާގެ ހައިކޮމިޝަނެއް ހުޅުވަނީ!

ރާއްޖޭގައި އޮސްޓްރޭލިޔާ ހައިކޮމިޝަނެއް ހުޅުވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އޮސްޓްރޭލިއާގެ ހައި ކޮމިޝަނެއް ހަދަން ނިންމާފައިވާ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ހާމަކޮށްފި އެވެ.

އޮސްޓްރޭލިއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވާގޮތުން، މާލޭގައި އެ ގައުމުގެ ހައި ކޮމިޝަނެއް ގާއިމުކުރަން ނިންމި ނިންމުމަކީ ރާއްޖެ އާއި އެ ގައުމާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ނިންމި ނިންމުމެއް ކަމުގައެވެ.

މިކަން ހާމަކޮށްފައިވަނީ އޮސްޓްރޭލިޔާގެ ހާރިޖީ ވަޒީރު މެރިސް ޕޭން ކޮށްފައިވާ ޓްވީޓެއްގައެވެ.

އެ ނިންމުމަށް މަރުހަބާ ދަންނަވައި ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ކުރެއްވިި ޓްވީޓެއްގައި ވިދާޅުވީ މީގެ ސަބަބުން ދެ ގައުމުގެ ގުޅުންތަށް އިތުރަށް ހަރުދަނާވެގެންދާނެ ކަމުގައެެވެ.

އޮސްޓްރޭލިއާ ހައި ކޮމިޝަން މެދުވެރިކޮށް، މެރިޓައިމް ސެކިއުރިޓީ ހަރުދަނާކުރުމާއި އެއްގައުމަށް ވުރެ ގިނަ ގައުމުތައް ހިމެނޭ ގޮތަށް ހިންގާ ކުށްތަކާ މެދު ފިޔަވަޅު އެޅުމާއި، ތިމާވެއްޓަށް އަންނަ ބަދަލުތަކާއި ގުޅިގެން  އެކުގައި މަސައްކަތްކުރުމާއި އެކު އިގްތިސާދު  ކުރިއެރުވުމުގެ ގޮތުން ދެގައުމު ގުޅިގެން މަސައްކަތްކުރުން ކަމުގައި ވެސް ވެއެވެ.

ރާއްޖޭގައި އަލަށް ގާއިމުކުރާ މި ހައިކޮމިޝަނާ އެކު ދެ ގައުމުގެ ޑިމޮކްރަޓިކް ގުޅުން  އިތުރަށް ބަދަހިވާނެ ކަމުގައި ވެސް އެގައުމުގެ ބަޔާނުގައިވެއެވެ.

ހައި ކޮމިޝަން މެދުވެރިކޮށް ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދީ އިންޑިއާ ކަނޑުގެ އިރު އުތުރުގައި އިންވެސްޓްތައް ކުރުމަށް މަގުފަހިކޮށްދޭނެ ކަމަށްވެސް އެބަޔާނުގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: